Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުމައިދު ހޯދުމުގެ މަސައްކަތް

ސުމައިދު ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓައެއް ނުލާ: އެމްއެންޑީއެފް

4 ސެޕްޓެމްބަރު 2017 | ހޯމަ 08:43

ޑިންގީ ބަންޑުން ޖަހާލިކަން ކަށަވަރެއް ނުވޭ: ފުލުހުން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 4 ސެޕްޓެމްބަރު 2017 | ހޯމަ 08:43
ގެއްލުނު ސުމޭދު: އަދިވެސް ހޯދުން ހުއްޓައެއް ނުލާ

ގެއްލުނު ސުމޭދު: އަދިވެސް ހޯދުން ހުއްޓައެއް ނުލާ

ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ޑިންގީއެއްގައި މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނު މުހައްމަދު ސުމައިދު ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް ޢާޒިމް "ރާއްޖެއެމްވީ"އަށް ހޯމަ ދުވަހު ވިދާޅުވީ ސުމައިދު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށާއި މިކަމުގައި ފުލުހުންނަށް އެހީތެރިކަން ފޯރު ކޮށްދެމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އުމުރުން 27 އަހަރުގެ ޕޮލިސް ކޯޕްރަލް މުޙައްމަދު ސުމައިދު ގެއްލުނު ސަރަޙައްދުގެ ބޮޑުބައެއް މިހާތަނަށް ބަލާފައިވާ އިރު، މިހާތަނަށް ބެލިބެލުމުން އޭނާގެ ފޯނު ފެނުން ނޫން އިތުރު ކުރިއެރުމެއް، ލިބިފައެއް ނުވެއެވެ.

މި މައްސަލަ ތަހުގީގުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓީމެއް އައްޑުއަށް ގޮސްފައިވާއިރު ސުމައިދުގެ ފޯނު ފެނުނީ، ޝަންގްރިއްލާ ރިސޯޓް ކައިރީ އޮންނަ "މަޑިހެރާ" ކިޔާ ފަޅުރަށުގެ ކައިރިން، ހަ މީޓަރު އަޑިންނެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރުމަށްޓަކައި ފުލުހުން ގެންދަނީ ފަޅު ރަށްތައް ވެސް ބަލަމުންނެވެ.

މިމައްސަލާގައި ސުވާލު ކުރަން ޖެހޭ މީހުންނާ ސުވާލު ކުރަމުން އަންނަ ކަމަށާއި ތަހުގީގު ކުރިއަށް ދާތީ މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް އަދި ދެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ.

ސުމައިދާ އެކު މަހަށް ދިޔަ ސ. ފޭދޫ ފަހާގޭ ހުސައިން ސައީދު ބައެއް މީޑިޔާތަކަށް ކިޔައި ދީފައިވާ ގޮތުގައި އެ މީހުން މަހަށް ދިޔަ 17 ފޫޓުގެ ޑިންގީ ބަންޑުން ޖަހާލީ، ނެގި ބޮޑު ރާޅަކާ އެކުގަ އެވެ. މި ހާދިސާގައި ސުމައިދުއާ އެކު މަހަށް ދިޔަ އަނެއް ދެ މީހުން ސަލާމަތްވީ ފަތާފައި ގޮސް ޝަންގްރިއްލާ ރިސޯޓަށް އެރުމުންނެވެ.

"ބަންޑުން ޖަހާލި" ޑިންގީ ފަޅު ރަށުން ފެނުނު އިރު، އޭގެ ތެރެއިން ޑިންގީގައި ހުރި ގިނަ ސާމާނުތައް ހުއްޓެވެ. އެހެންވެ ސުމައިދުގެ އާއިލާ އިން ވަނީ ޑިންގީ ބަންޑުން ޖަހާލި ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބުނެފަ އެވެ. އަދި ފުލުހުން ވެސް ބުނަނީ ޑިންގީ ބަންޑުން ޖަހާލިކަން ކަށަވަރު ނުވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް