Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

މެދު އިރުމަތީގެ ސުލްޙަ އަށް ޓްރަމްޕް ހުށަހެޅުއްވީ 21 ނުކުތާގެ ޕްލޭނެއް

އެ ބައްދަލުވުމުގެ މައުލޫމާތު އިނގޭ މަސްދަރަކުން އަލް އަރަބިއްޔާ އަށް ބުނެފައި ވަނީ، އިސްރާއީލް އިން ވެސްޓް ބޭންކު އެނެކްސް ކުރުމުގެ ފުރުސަތު ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން، އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑަައިގެންނެވި ލީޑަރުންނަށް ޓްރަމްޕް ދެއްވާފައިވާ ކަމަށެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަރަބި އަދި މެދުއިރުމަތީގެ ލީޑަރުންނާއެކު 21 ނުކުތާގެ ސުލްހައިގެ ޕްލޭނެއް ހިއްސާކޮށްފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 08:06
އަރަބި ޤައުމު ތަކުގެ ލީޑަރުންނާ އެކު ޓްރަމްޕް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން

އަރަބި ޤައުމު ތަކުގެ ލީޑަރުންނާ އެކު ޓްރަމްޕް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން

މެދު އިރުމަތީގައި ހިނގަމުން އަންނަ ހަމަ ނުޖެހުންތަކާއި، ޚާއްސަކޮށް އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި ސުލްޙަވެރިކަން ހޯދުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް 21 ނުކުތާގެ ޕްލޭނެއް ހުށަހަޅުއްވައިފި އެވެ.

އެމެރިކާގެ ނިއު ޔޯކުގައި ކުރިއަށް ދިޔަ އދ ގެ ޖެނަރަލް އެސެމްބްލީގެ ބައްދަލުވުމަށް ފަހު ޓްރަމްޕް ވަނީ އިސްލާމީ ޤައުމު ތަކުގެ ލީޑަރުންނާ ބައްދަލު ކުރައްވައިފަ އެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ، ސުލްޙަވެރިކަން ޤާއިމު ކުރުމަށް 21 ނުކުތާގެ ޕްލޭނެއް ލީޑަރުންނާ ހިއްސާ ކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގެ މައުލޫމާތު އިނގޭ މަސްދަރަކުން އަލް އަރަބިއްޔާ އަށް ބުނެފައި ވަނީ، އިސްރާއީލް އިން ވެސްޓް ބޭންކު އެނެކްސް ކުރުމުގެ ފުރުސަތު ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން، އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑަައިގެންނެވި ލީޑަރުންނަށް ޓްރަމްޕް ދެއްވާފައިވާ ކަމަށެވެ.

ޓްރަމްޕްގެ ފަރާތުން ހުށަހަޅުއްވާފައިވާ އެ ޕްލޭނަކީ އިސްރާއީލް އާއި ސަރަހައްދުގެ އެހެން ޤައުމުތަކުގެ ވެސް ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމަށް ފަހު ހުށަހަޅާފައިވާ ޕްލޭނެއް ކަަމަށް، ޓްރަމްޕްގެ ފަރާތުން މެދު އިރުމައްޗަށް ކަނޑައަޅުއްވާފައިވާ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް ވަނީ ވިދާޅުވެފަ އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން މީޑިއާ ތަަކަށް ވިކްޓޮފް ވިދާޅުވެފައި ވަނީ، ކުރިއަށް އޮތް ދުވަސް ތަކުގައި ކުރިއެރުމެއްގެ ވާހަކަ އިއުލާން ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ. އަދި އުންމީދު ކުރެވެނީ ރަނގަޅު މަގުގައި ކަންކަން ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލީޑަރުންގެ ބައްދަލުވުމަށް ފަހު، އެ ބޭފުޅުން ނެރުއްވި ބަޔާނެއްގައި ވަނީ ޓްރަމްޕް އަށް ޝުކުރު އަދާ ކުރެެއްވުމާ އެކު، ޣައްޒާގައި މިހާރު އޮތް ޙާލަތު ފާހަގަ ކުރައްވައިފަ އެވެ. އަދި ޣައްޒާ ހަނގުރާމަ ނިންމައި، ހުރިހާ ރަހީނުން ދޫކޮށްލައި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްކަން ދޭން ޖެހޭ ކަމުގައި ވެސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓާނެ ކަމަށް ތަކުރާރުކޮށް ހާމަކޮށްފަ އެވެ. އަދި އެ ފަދަ ނިންމުންތައް ނިންމާ ޤައުމުތަކާ ދެކޮޅަށް ވެސް އިސްރާއީލް އިން އަންނަނީ ވާހަކަ ދައްކަމުންނެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނެސް، ފަލަސްޠީނުގެ މިނިވަން ދައުލަތާ އެކު، ދެ ދައުލަތުގެ ޙައްލު ހޯދުމަށް ގިނަ ޤައުމު ތަކަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމުގެ ތެރެއިން ގިނަ ޤައުމު ތަކަކުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައިގެންފައިވާއިރު، ޤައުމު ތަކުން އަންނަނީ ހަނގުރާމަ ނިންމުމަށް އެދި ޓްރަމްޕް އަށް އިންތިހާ އަށް ބާރު އަޅުއްވަމުންނެވެ.

މަސްދަރު: އަލް އަރަބިއްޔާ

ޑޮނަލްޑް ޓްރަމްޕްއިޒްރޭލް-ފަލަސްޠީންބެންޖަމިން ނަތަންޔާހޫޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު