Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ ޑރ. އިޔާޒް

"ރައީސް މުއިއްޒު ވެރިކަމަށް ގެންނަން ސޮއިކުރެއްވި 100 އިލްމުވެރިން ޣާފިލުކަމުގެ ނިދިން ހޭލަންޖެހޭ"

ރައީސް މުޢިއްޒުގެ ވެރިކަމުގައި އިންޑިޔާގެ ފަރާތްތަކާއެކު ސަރުކާރުގެ އިސްވެރިން ބައިވެރިވެގެން ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 24 ސެޕްޓެމްބަރު 2025 | ބުދަ 13:38
ޑރ މުހައްމަދު އިޔާޒް

ޑރ މުހައްމަދު އިޔާޒް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމަށް ގެންނަން ސޮއިކުރެއްވި ސަތޭކަ ޢިލްމުވެރިން ޣާފިލްކަމުގެ ނިދިން ހޭލަން ޖެހިއްޖެކަމަށް ދީނީ އިލްމްވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުޙައްމަދު އިޔާޒު ވިދާޅުވެއްޖެ އެވެ.

އެކްސް މެދުވެރިކޮށް ޕޯސްޓެއް ރިޓްވީޓް ކުރައްވަމުން ޑރ. އިޔާޒު ފާހަގަކުރެއްވި ގޮތުގައި ކަންކަން ހުއްދަވެފައި ޙަރާމްވަނީ ވަކިބަޔަކު ވެރިކަމުގައި ތިބުމަކުން ނޫނެވެ. ޑރ. އިޔާޒް ރިޓްވީޓް ކުރެއްވި ޕޯސްޓްގައި ވާގޮތުން ރައީސް މުއިއްޒުގެ ވެރިކަމުގައި އިންޑިޔާގެ ފަރާތްތަކާއެކު ސަރުކާރުގެ އިސްވެރިން ބައިވެރިވެގެން ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކޮށްފައިވެ އެވެ. އަދި ފަހުން ފެނިގެންދިޔައީ ރައީސް މުއިއްޒުގެ ކެބިނެޓް މިނިސްޓަރުން ބައިވެރިވެވަޑައިގެން ދިވެހިންގެ މެދުގައި ޔޯގާ އާންމުކުރުމަށް ޔޯގާ ސްޓޫޑިއޯއެއް ހުޅުވި މަންޒަރުކަމުގަ އެވެ.

ޑރ. އިޔާޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރައީސް މުއިއްޒުގެ ސަރުކާރު ގެންނަން ސޮއިކުރެއްވި ސަތޭކަ ޢިލްމުވެރިން ﷲ އަށް ބިރުވެތިވެ، އިޚްލާޞްތެރިކަމާއެކު ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތް މަނާކުރަން މިހާރު މިއޮތީ ޖެހިފަ އެވެ.

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ވަބާވެރިކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ މި އިލްމުވެރިންކަމަށް ޑރ. އިޔާޒު ފާހަގަކުރެއްވިއެވެ. އަދި މި އިލްމުވެރިން އެބޭފުޅުންގެ ޒިންމާ އަދާނުކުރައްވާނަމަ، ޤިޔާމަތް ދުވަހުން އެބޭފުޅުންގެ ޙައްޤު މާފެއް ނުކުރެވޭނެކަމަށްވެސް ޑރ. އިޔާޒު ވަނީ ވިދާޅުވެފަ އެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް 2021 ވަނަ އަހަރު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް އޭރު ބަޔަކު ހުރަސް އަޅައި ހުއްޓުވި އެވެ. އޭގެތެރޭގައި މިހާރުގެ ސަރުކާރުގެ އިސް ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ޕީއެންސީގެ މަޖިލިސް މެންބަރުން ވެސް ހިމެނިވަޑައިގެންނެވި އެވެ. އަދި ޔޯގާ ހެދުން ކުށްވެރިކޮށް އޭރު ވަަރަށް ގިނަ އިލްމުވެރިން އަޑުއުފުލާފައިވެއެވެ. ނަމަވެސް މިހާރު އޭގެ ތެރެއިން ބައެއް އިލްމުވެރިން އެކަން ކުށްވެރިނުކުރާތީ ގިނަ ރައްޔިތުންގެ ފާޑުކިޔުންތައް އެ އިލްމުވެރިންނަށް ވަނީ އަމާޒުވެފަ އެވެ.

ރައީސް މުއިއްޒުޑރ. މުހައްމަދު އިޔާޒްއަދާލަތު ޕާޓީޔޯގާޝެއިޚުންމޯލްޑިވްސް-އިންޑިއާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު