Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޑޮނަލްޑް ޓްރަމްޕް

އދ އިން އަޅުގަނޑަށް ލިބުނުހާ ވެސް އެއްޗަކީ ހަލާކުވެފައިވާ އެސްކަލޭޓަރަކާއި ހަލާކުވެފައިވާ ޓެލެޕްރޮމްޓަރެއް: ޓްރަމްޕް

ޓްރަމްޕް އެ އިޝާރާތް ކުރެއްވީ އދ ގައި ތަޤުރީރު ކުރެއްވުމަށް އޭނާ ވަޑައިގެންނެވި ފަހު ހިނގައި ދިޔަ ކަންތައް ތަކަށެވެ. އެގޮތުން ޓްރަމްޕް އާއި އޭނާގެ އަނބިކަނބަލުން މެލޭނިއާ ޓްރަމްޕް އދ ގެ މައި މަރުޒަކަށް ވަޑައިގެން، ކަރަންޓު ސިޑި އަށް އަރައިވަޑައިގެންނެވި ވަގުތު، ކުއްލި އަކަށް އެ ސިޑި ވަނީ ހުއްޓިފަ އެވެ. ޓްރަމްޕް އާއި އަނބިކަނބަލުން އަރައި ވަޑައިގެންނެވުމުގެ ކުރިން އެ ސިޑި ހުރީ ރަނގަޅަށެވެ.

ޓްރަމްޕް އދ އަށް ކުރެއްވި ޒިޔާރަތުގައި އެސްކަލޭޓަރާއި ޓެލެޕްރޮމްޕްޓަރ ހުއްޓުމުން ވައިޓް ހައުސްއިން އެކަން ތަޙްޤީޤު ކުރުމަށް ގޮވާލައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2025 | ބުދަ 07:42
އދ ގެ މައި މަރުކަޒުގައި ހުންނަ ކަރަންޓު ސިޑި އަކަށް ޓްރަމްޕް އާއި އަނބިކަނބަލުން މެލޭނިއާ އަރައިވަޑައިގެންނެވި ވަގުތު ސިޑި ހުއްޓުމުން ޓްރަމްޕް ބަލަހައްޓައިގެން

އދ ގެ މައި މަރުކަޒުގައި ހުންނަ ކަރަންޓު ސިޑި އަކަށް ޓްރަމްޕް އާއި އަނބިކަނބަލުން މެލޭނިއާ އަރައިވަޑައިގެންނެވި ވަގުތު ސިޑި ހުއްޓުމުން ޓްރަމްޕް ބަލަހައްޓައިގެން

އދ އިން ލިބިވައިޑައިގެންނެވީ ހަލާކުވެފައިވާ ކަރަންޓު ސިޑި އަކާއި، ހަލާކުވެފައިވާ ޓެލެޕްރޮމްޓަރެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވީ އދ ގެ ޖެނަރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުންނެވެ.

އދ ގެ ޖެނަރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އޭނާގެ މަސައްކަތާއި، އިސްނެގުމުގެ މަތިން ހަތް ހަނގުރާމަ ހުއްޓުމަކަށް ގެެނެސްފައިވާ ކަމަށެވެ. އެގޮތުން އެތައް ޤައުމެއްގެ އިސްވެރިންނާއެކު ވާހަކަ ދައްކަވައި، އެތައް މަޝްވަރާތަކެއް ވެސް އެކަމުގައި ކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އެހެން ނަމަވެސް، އެކަމުގައި އޭނާ އަށް އދ ގެ އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އދ ގެ ފަރާތުން ލިބުނީ ހަލާކުވެފައިވާ، ނުވަތަ ހުއްޓިފައިވާ ކަރަންޓު ސިޑި އަކާއި ޓެލެޕްރޮމްޓާއެއް ކަމަށެވެ.

ޓްރަމްޕް އެ އިޝާރާތް ކުރެއްވީ އދ ގައި ތަޤުރީރު ކުރެއްވުމަށް އޭނާ ވަޑައިގެންނެވި ފަހު ހިނގައި ދިޔަ ކަންތައް ތަކަށެވެ. އެގޮތުން ޓްރަމްޕް އާއި އޭނާގެ އަނބިކަނބަލުން މެލޭނިއާ ޓްރަމްޕް އދ ގެ މައި މަރުޒަކަށް ވަޑައިގެން، ކަރަންޓު ސިޑި އަށް އަރައިވަޑައިގެންނެވި ވަގުތު، ކުއްލި އަކަށް އެ ސިޑި ވަނީ ހުއްޓިފަ އެވެ. ޓްރަމްޕް އާއި އަނބިކަނބަލުން އަރައި ވަޑައިގެންނެވުމުގެ ކުރިން އެ ސިޑި ހުރީ ރަނގަޅަށެވެ.

ކަރަންޓު ސިޑި ހުއްޓުމާ އެކު، ޓްރަމްޕް އާއި މެލޭނިއާ ވަނީ ހިންގަވާފައި އެ ސިޑިން މައްޗަށް އަރައި ވަޑައިގެންފަ އެވެ އެކަމަށް އިޝާރާތް ކުރައްވަމުން ޓްރަމްޕް ވިދާޅުވީ އޭނާގެ އަނބިކަނބަލުން ރަނގަޅު ޞިއްޙަތެއްގައި ނެތް ނަމަ، ވެއްޓުނީސް ކަމަށެވެ. މެލޭނިއާ ހުންނެވީ ރަނގަޅު ޞިއްޙަތެއްގައި ކަމަށް ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އޭނާ ވެސް ހުންނެވީ ރަނގަޅު ޞިއްޙަތެއްގައި ކަމަށެވެ.

އޭގެ ފަހުން އދ ގެ ޖެނަރަލް އެސެމްބްލީގައި ޓްރަމްޕް ތަޤުރީރު ކުރައްވަން ފެއްޓެވުމާ އެކު، އޭނާގެ ކުރިފުޅުމަތީގައި ހުރި ޓެލެޕްރޮމްޓަރ ހުއްޓުނެވެ. ޓެލެޕްރޮމްޓާ މަސައްކަތް ކުރުމުގައި މައްސަލަތަކެއް ދިމާވުމުން ޓްރަމްޕް ވިދާޅުވީ، ޓެލެޕްރޮމްޓާ އޮޕަރޭޓް ކުރާ މީހާ ވަރަށް ބޮޑު އުނދަގުލެއްގައި ޖެހޭނެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ އދ އިން އޭނާ އަށް ލިބިވަޑައިގެންނެވީ ދެ އެއްޗެއް ކަމަށެވެ. އެއީ ހަލާކުވެފައިވާ ކަރަންޓު ސިޑި އަކާއި ހަލާކުވެފައިވާ ޓެލެޕްރޮމްޓަރ އެއް ކަމަށެވެ. އަދި ވިދާޅުވީ އެކަމަށްޓަކައި އދ އަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

"ޔުނައިޓެޑް ނޭޝަންސްއިން އަޅުގަނޑަށް ލިބުނީ ދެ އެއްޗެއް - ހަލާކުވެފައިވާ އެސްކަލޭޓަރެއް އަދި ހަލާކުވެފައިވާ ޓެލެޕްރޮމްޕްޓަރެއް،" ޓްރަމްޕް 193 މެމްބަރުންގެ މައްޗަށް އެކުލެވޭ އެސެމްބްލީ ގައި ވިދާޅުވިއެވެ.

އެސްކަލޭޓަރު ހުއްޓުނު މައްސަލަ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލައިން ލެވިޓް ވަނީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައެވެ.

"ޔޫއެންގެ މީހަކު ގަސްތުގައި ރައީސާއި ފަސްޓް ލޭޑީ އެސްކަލޭޓަރަށް އަރަމުންދަނިކޮށް ހުއްޓުވާލައިފިނަމަ، އެމީހަކު ވަޒީފާއިން ވަކިކޮށް ތަޙުޤީޤު ކުރަންޖެހޭނެ،" އޭނާ މި ހާދިސާއަށްފަހު އެކްސްގައި ކުރި ޕޯސްޓެއް ގައި ބުނެފައިވެއެވެ.

އދ. ގެ ތަރުޖަމާނު ސްޓެފާން ޑުޖަރިކް ވިދާޅުވީ އެސްކަލޭޓަރުގެ ސެންޓްރަލް ޕްރޮސެސިންގ ޔުނިޓްގެ ރެކޯޑު ތަކުން ދައްކާގޮތުގައި "އެސްކަލޭޓަރުގެ މަތީކޮޅުގައި ހަރުކުރެވިފައިވާ ކޮމް ސްޓެޕްގެ ސޭފްޓީ މެކޭނިޒަމް ޓްރިގަރވުމުން" އެސްކަލޭޓަރު ހުއްޓުނީއެވެ.

އޭނާ ވިދާޅުވީ އެހެން ދިމާވީ ޓްރަމްޕްގެ ވީޑިއޯގްރާފަރު ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕްއާއެކު ވަޑައިގަތުން ވީޑިއޯ ކުރުމަށް އެސްކަލޭޓަރު ދަތުރު ކުރި ކޮޅާ އިދިކޮޅަށް ހިނގާފައިވާ ކަމަށެވެ. އަދި އެގޮތައް ހަރަކާތްތެރި ވުމުގައި ނޭނގި އޭނާ އަށް އެސްކަލޭޓަރު ހުއްޓާލާ ލެވުނީ ކަމުގައެވެ.

"ވީޑިއޯގްރާފަރަށް އޮޅުމެއްގެ ތެރޭގައި ސޭފްޓީ ފަންކްޝަން ޓްރިގަރ ކޮށްފައިވެދާނެ،" ޑުޖަރިކް ބަޔާނެއްގައި ވިދާޅުވިއެވެ. "ސޭފްޓީ މެކޭނިޒަމް ފަރުމާކުރެވިފައިވަނީ މީހުން ނުވަތަ ތަކެތި އެކްސިޑެންޓަކުން ޖެހި ހިފެހެއްޓި ނުވަތަ ގިއަރިންގއަށް ދަމައިގަނެވުން ހުއްޓޭ ގޮތަށެވެ."

ޓްރަމްޕް ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް ޓެލެޕްރޮމްޕްޓަރު ހުއްޓުމުން އޭނާ އަށް ޖެހިވަޑައިގަތީ ޕޯޑިއަމް ގައި އޮތް ކޮޕީ ބައްލަވައިގެން ވާހަކަފުޅު ދައްކަވާށެވެ.

ޓެލެޕްރޮމްޓަރ ހުއްޓުމާ ގުޅޭގޮތުން، ޓްރަމްޕް ޖެނެރަލް އެސެމްބްލީ އަށް ވިދާޅުވީ: "މި ޓެލެޕްރޮމްޕްޓަރު އޮޕަރޭޓް ކުރާ މީހާ އަށް ވަރަށް ބޮޑު މައްސަލައެއް ކުރިމަތިވާނެ،" ކަމުގައެވެ.

ނަމަވެސް، ޔޫއެންގެ އޮފިޝަލެއް ވިދާޅުވީ ޓެލެޕްރޮމްޕްޓަރު އޮޕަރޭޓް ކުރީ ވައިޓް ހައުސް އިން އަމިއްލައަށް ކަމުގައެވެ.

ޓްރަމްޕް ވާހަކަފުޅު ނިންމެވުމަށްފަހު، ޔޫއެން ޖެނެރަލް އެސެމްބްލީގެ ރައީސާ އަންނަލެނާ ބެއަރބޮކް ވިދާޅުވީ: "ޔޫއެންގެ ޓެލެޕްރޮމްޕްޓަރުތައް ދަނީ ރަނގަޅަށް މަސައްކަތް ކުރަމުންނެވެ."

މަސްދަރު: އޭއެފްޕީ

ޑޮނަލްޑް ޓްރަމްޕްމެލާނިއާ ޓްރަމްޕްއދކެރޮލައިން ލެވިޓް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު