Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތު

މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ކޯޓުން ދޫކޮށްލީ ގަވާއިދާ ހިލާފަށް ހުއްޓުވުމުން!

މަސްތުވާތަކެތި ބޭނުންކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ޏ.ފުވައްމުލައް، އިބްރާހިމް އަމީލް

އަމްނާ އިމާދު
އަމްނާ އިމާދު | 24 ސެޕްޓެމްބަރު 2025 | ބުދަ 08:18
ޓްރެފިކް ފުލުހުން މަގުމަތި ބަލަހައްޓަނީ-

ޓްރެފިކް ފުލުހުން މަގުމަތި ބަލަހައްޓަނީ-

މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ކޯޓުން ދޫކޮށްލީ ގަވާއިދާ ހިލާފަށް ފުލުހުން އޭނާ ހުއްޓުވުމުން ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

މަސްތުވާތަކެތި ބޭނުންކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ޏ.ފުވައްމުލައް، ދިގުވާނޑު، މެހެލަގެ 38 އަހަރުގެ އިބްރާހިމް އަމީލްއެވެ.

Advertisement - newsAdvertisement

މިމަހުގެ 22 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށްފަހު ކޯޓަށް ހާޒިރު ކުރުމުން ޝަރުތެއްނެތި ވަނީ ދޫކޮށްލާފައެވެ.

ބަންދުން ދޫކޮށްލުމަށް އަމުރުކުރި ސަބަބުގެ ގޮތުގައި ބުނެފައިވަނީ، ފުލުހުން އަމީލް ހުއްޓުވާފައިވަނީ ޕެޓްރޯލް ކުރަމުންދަނިކޮށް އޭނާގެ މައުލޫމާތު ސާފުކުރުމަށެވެ. ކޯޓު އަމުރެއްނެތި މީހަކު ހުއްޓުވާނަމަ، އެކަން ކުރެވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 38 ވަނަ މާއްދާގެ (ރ)ގެ ދަށުން އެ މައްދާގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވުން ކަމަށެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މި މައްސަލައިގައި ވުޖޫދުވެފައި ނުވާކަން ފުލުހުންގެ ބަޔާނުން އެނގޭ ކަމަށް އަމުރުގައިވެއެވެ.

އޭގެ އިތުރުން އޭނާ ހުއްޓުވާފައިވަނީ މައުލޫމާތު ސާފުކުރުމަށް ކަމަށް ބަޔާންކޮށްފައިވާއިރު، މައުލޫމާތު ސާފުކުރުމަށް ހުއްޓުވީ ކޮން ކަމަކަށް ތުހުމަތު ކުރެވިގެން ކަމެއް ބަޔާންކޮށްފައިނުވެއެވެ.

އެހެންކަމުން އަމީލް ހުއްޓުވާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 38 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައި، ބަންދުން ދޫކުރުމަށް ނިންމީ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އަމީލް އިބްރާހިމްފުވައްމުލަކުކްރިމިނަލް ކޯޓްމަސްތުވާތަކެތިޖިނާއީ އިޖުރާއަތުގެ ގާނޫނުމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު