Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ

ސައޫދީގެ މުފްތީ ޢަބްދުލް ޢަޒީޒް އަވަހާރަ ވެއްޖެ

ރޯޔަލް ކޯޓުގެ ބަޔާނުގައި ބުނެފައި ވަނީ، ޢަބްދުލް ޢަޒީޒް އަވަހާރަވެފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ބަޔާނުގައި ބުނެފައި ވަނީ ޢަބްދުލް ޢަޒީޒް އަވަހާރަވުމާ އެކު، ސައުދީ އަރަބިއްޔާ އާއި މުޅި އިސްލާމީ އުންމަތަށް ވަނީ ހިތާމަވެރިކަން ކުރިމަތިވެފައި ކަމަށެވެ.

ސައޫދީ އަރަބިއްޔާގެ މުފްތީ ޝައިޚް އަބްދުލްއަޒީޒް ބިން އަބްދުﷲ އާލް އައްޝައިޚް މިއަދު އަވަހާރަވެއްޖެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ސެޕްޓެމްބަރު 2025 | އަންގާރަ 09:31
ޝައިޚް ޢަބްދުލް ޢަޒީޒް ބިން ޢަބްދުﷲ އާލް އައްޝައިޚް

ޝައިޚް ޢަބްދުލް ޢަޒީޒް ބިން ޢަބްދުﷲ އާލް އައްޝައިޚް

ސައުދީ އަރަބިއްޔާގެ މުފްތީ، ޝައިޚް ޢަބްދުލް ޢަޒީޒް ބިން ޢަބްދުﷲ އާލް އައްޝައިޚް އަވަހާރަ ވެއްޖެ ކަމަށް ސައުދީގެ ރޯޔަލް ކޯޓުން އިއުލާން ކޮށްފި އެވެ.

ސައުދީގެ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ރަސްމީކޮށް ހާމަކޮށްފައިވާ ގޮތުގައި، ރޯޔަލް ކޯޓުން ބުދަ އަންގާރަ ދުވަހު ވަނީ މުފްތީ ޢަބްދުލް ޢަޒީޒް އަވަހާރަވެފައިވާކަން ހާމަކޮށްފަ އެވެ.

ރޯޔަލް ކޯޓުގެ ބަޔާނުގައި ބުނެފައި ވަނީ، ޢަބްދުލް ޢަޒީޒް އަވަހާރަވެފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ބަޔާނުގައި ބުނެފައި ވަނީ ޢަބްދުލް ޢަޒީޒް އަވަހާރަވުމާ އެކު، ސައުދީ އަރަބިއްޔާ އާއި މުޅި އިސްލާމީ އުންމަތަށް ވަނީ ހިތާމަވެރިކަން ކުރިމަތިވެފައި ކަމަށެވެ. އަދި ޢަބްދުލް ޢަޒީޒް އަކީ އިސްލާމްދީނާއި، މުސްލިމުންނަށް ޚިދުމަތް ކުރެއްވުމުގައި ފާހަގަކޮށްލެވޭ ޝަޚުސިއްޔަތެއް ކަަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް އަދި ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން ވަނީ ޢަބްދުލް ޢަޒީޒްގެ އާއިލާއަށާާއި، ސައުދީ އަރަބިއްޔާގެ ރައްޔިތުން އަދި މުޅި އިސްލާމީ އުންމަތަށް ވެސް ތައުޒިޔާ ވިދާޅުވެފައި އެވެ.

ދީނީ ޢިލްމުވެރިންގެ އެންމެ މަތީ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޢަބްދުލް ޢަޒީޒްގެ ޖަނާޒާ އޮންނާނީ، ރިޔާދުގައި ހުންނަ އިމާމް ތުރުކީ ބިން ޢަބްދުﷲ މިސްކިތުގަ އެވެ. އަދި މެންދުރު ނަމާދަށް ފަހު ޢަބްދުލް ޢަޒީޒްގެ ޖަނާޒާ އޮންނާނެ ކަމަށް ވަނީ ބުނެފަ އެވެ.

ޢަބްދުލް ޢަޒީޒް އަވަހާރަވުމާ ގުޅިގެން، ސައުދީގެ ރަސްގެފާނުގެ އަމުރުފުޅަށް، މައްކާ އާއި މަދީނާގެ މިސްކިތްތަކުގައި އަދި ސައުދީ އަރަބިއްޔާގެ އެހެނިހެން މިސްކިތްތަކުގައި ވެސް މެންދުރު ނަމާދަށް ފަހު ޢަބްދުލް ޢަޒީޒްގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރެވޭނެ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

ޝައިޚް އަބްދުލްއަޒީޒްސައޫދީ އަރަބިއްޔާސުލްޠާން ސަލްމާންސައުދި އަރަބިއްޔާގެ ވަލީއަހުދު، މުޙައްމަދު ބިން ސަލްމާން

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
20 ނޮވެމްބަރު 2025

ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

20 ނޮވެމްބަރު 2025
ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި
19 ނޮވެމްބަރު 2025

ނޫސްވެރިޔާ ޚަޝޯގީ މަރާލުމަކީ 'ގޯހެއް' ކަމަށް އެމެރިކާ ދަތުރުފުޅުގައި ސައުދީ ވަލީ އަހުދު ވިދާޅުވެއްޖެ

19 ނޮވެމްބަރު 2025
ނޫސްވެރިޔާ ޚަޝޯގީ މަރާލުމަކީ 'ގޯހެއް' ކަމަށް އެމެރިކާ ދަތުރުފުޅުގައި ސައުދީ ވަލީ އަހުދު ވިދާޅުވެއްޖެ
18 ނޮވެމްބަރު 2025

ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި

18 ނޮވެމްބަރު 2025
ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު