Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބަޖެޓް 2026

ވަޒީރުންގެ މެޑިކަލް އިންޝުއަރެންސް ދެގުނަ ބޮޑު ކުރި އިރު އާންމު ރައްޔިތުންގެ ސިއްހީ އިންޝުއަރެންސް ތަންފުކެއް ވެސް ބޮޑު ނުކުރޭ

ޕްރައިވެޓް އިންޝުއަރެންސްއަށް ހަމަޖެއްސި ފައިސާ އިތުރުކޮށް 99 މިލިއަން ރުފިޔާއަށް ގެނެސްފައިވާއިރު އާސަންދައަށް ހަމަޖެއްސި ފައިސާ އިތުރު ކޮށްފަ އެއް ނެތް

ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2025 | އާދީއްތަ 15:54
އާސަންދަ ޚިދުމަތާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއްގެ ތެރެއިން

އާސަންދަ ޚިދުމަތާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއްގެ ތެރެއިން

ރައީސް މުއިއްޒުގެ ސަރުކާރުގެ 2026 ވަނަ އަހަރަށް ރެކޯޑް އަދަދެއްގެ ބަޖެޓް ހުށަހެޅި އިރު، ވަޒީރުންގެ އިންޝުއަރެންސް ދެގުނަ ބޮޑު ކޮށްފައިވާއިރު އާންމު ރައްޔިތުންގެ އާސަންދަ ބަޖެޓް އެންމެ ތަންފުކެއް ވެސް ބޮޑު ނުކުރާކަން ހާމަ ވެއްޖެ އެވެ.

ގިނަ އަދަދެއްގެ އާންމު ރަައްޔިތުންނަށް ބޭސް ފަރުވާ ކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ އިރު މުއިއްޒުގެ ސަރުކާރުން ގެންދަނީ އާސަންދަ ދިނުމުގައި އިތުރަށް ފިއްތުންތައް ކުރިމަތި ކުރުވުމުންނެވެ.

Advertisement - newsAdvertisement

2026 ވަނަ އަހަރަށް ލަފާ ކުރާ 64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ހުށަހަޅާފައިވާއިރު، ބަޖެޓުގައި އާސަންދަ އަށް ކަނޑައަޅާފައިވާ އަދަދު ވަނީ 2 ބިލިއަން ރުފިޔާ ގައި ދަމަހައްޓާފައެވެ.

މިކަން މިހެން އޮތް އިރު، އާސަންދައިން މިހާރުވެސް ދައްކަން ޖެހޭ ބިލުތަކަށް ފައިސާ ދެއްކުމުން ބޭސް ފަރުވާގެ އެހީތެރިކަމަށް އާންމުންނަށް އޮންނާނީ ވަރަށް ކުޑަ އެއްޗެއް ކަމަށް ބެލެވެއެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންއެސްޕީއޭ) އާއި އާސަންދަ އިން ހޮސްޕިޓަލްތަކަށާއި، ކްލިނިކްތަކަށާއި، ފާމަސީތަކަށް 1.15 ބިލިއަން ރުފިޔާއަށް ވުރެ ގިނައިން ފައިސާ ދައްކަންޖެހެއެވެ.

ގައުމީ ސިއްހީ އިންޝުއަރެންސް ނިޒާމަށް މާލީ ބުރަތައް ކުރިމަތިވެފައިވާއިރު، ފައިސާ ދެއްކުން ލަސްވުމުގެ ސަބަބުން ބޭރުގެ ބައެއް ހޮސްޕިޓަލްތަކުން އާސަންދައިގެ ދަށުން ފަރުވާ ކުރުން ވަނީ ހުއްޓާލާފައެވެ.

މިކަންކަން މިހެން އޮތް ނަމަވެސް އާސަންދަ ރަނގަޅު ކުރުމުގެ ބަދަލުގައި ސަރުކާރުން އިސްކަން ދީފައިވަނީ މިނިސްޓަރުންނާއި، މަޖިލިސް މެމްބަރުން ފަދަ މަތީ މަގާމުތަކުގައި ތިބި ފަރާތްތަކުގެ މެޑިކަލް އިންޝުއަރެންސް އިތުރަށް ވަރުގަދަ ކުރުމަށް ކަން ފާހަގަ ކުރެވެއެވެ.

2026 ވަނަ އަހަރުގެ ބަޖެޓުން ޕްރައިވެޓް އިންޝުއަރެންސް އަށް ހަމަޖެއްސި ފައިސާ އިތުރުކޮށް 99 މިލިއަން ރުފިޔާއަށް ވަނީ ބޮޑު ކޮށްފައެވެ. 2025 ވަނަ އަހަރު މި ބަޔަށް ކަނޑައަޅާފައި އޮތީ 55 މިލިއަން ރުފިޔާއެވެ. އަދި 2024 ވަނަ އަހަރުގެ އަދަދަކީ 46 މިލިއަން ރުފިޔާއެވެ. މި ބަޖެޓް ލައިނުގެ ދަށުން ހޭދަކުރާ ފައިސާ އިން ފަނޑިޔާރުންނާއި، މިނިސްޓަރުންނާއި، މަޖިލިސް މެންބަރުންނާއި، އެހެނިހެން އިސް އޮފިޝަލުންނަށް މެޑިކަލް ކަވަރު ކުރާ އިރު މިނިސްޓަރުންނަށް އެކަނި ވެސް އިންޝުއަރެންސް ދެ ގުނަ އިތުރު ކޮށްފައި ވެއެވެ. މި އަހަރު ކަނޑައަޅާފައި އޮތް 2.5 މިލިއަން ރުފިޔާއިން 2026 ވަނަ އަހަރު 5.3 މިލިއަން ރުފިޔާއަށް މިނިސްޓަރުންގެ އިންޝުއަރެެންސް ވަނީ ބޮޑު ކޮށްފައެވެ.

ބަޖެޓް 2026އާސަންދަ

ކޮމެންޓް

އިތުރަށް ކިޔާލަން

އޮކްސިޖަން މެޝިނެއްގެ އެހީ އާއި ނުލާ ދިރިހުރެވެން ނެތް، ސަރުކާރު ގައި އާދޭސް ކުރާތާ އެތައް ދުވަހެއް

އޮކްސިޖަން މެޝިނެއްގެ އެހީ އާއި ނުލާ ދިރިހުރެވެން ނެތް، ސަރުކާރު ގައި އާދޭސް ކުރާތާ އެތައް ދުވަހެއް

07 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
8 މަސް ވީއިރުވެސް އައިސީޔޫ ހަރަދު އެންސްޕާ އިން ޖަމާ ނުކުރޭ!

8 މަސް ވީއިރުވެސް އައިސީޔޫ ހަރަދު އެންސްޕާ އިން ޖަމާ ނުކުރޭ!

04 ޑިސެމްބަރު 2025
ބޭސް ނުލިބޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރު: ކުޑޫ ވިދާޅުވީ ބޭސް ލިބުމުގައި ދަތިކަން އުޅޭކަން މަޖިލީހަށް ގަބޫލު ނުކުރެވުނު ކަމަށް

ބޭސް ނުލިބޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރު: ކުޑޫ ވިދާޅުވީ ބޭސް ލިބުމުގައި ދަތިކަން އުޅޭކަން މަޖިލީހަށް ގަބޫލު ނުކުރެވުނު ކަމަށް

26 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު