Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އެކުވެރި ޤައުމު ތަކުން ފަލަސްޠީނުގެ ދައުލަތް ބަލައި ގަންނަނީ "ދައްކާލަން" ކުރާ ކަމެއްގެ ގޮތުގައި ކަމަށް އެމެރިކާ އިން ބުނެފި

22 ސެޕްޓެމްބަރު 2025 | ހޯމަ 07:50

ޤައުމު ތަކުން އެކަން އިއުލާން ކުރުމާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ، އެމެރިކާގެ އަމާޒަކީ މިވަގުތު ސީރިއަސް ޑިޕްލޮމަސީއެއް ގެންގުޅުން ކަމަށާއި، ދައްކާލުމުގެ ނިޔަތުގައި ކުރާ ކަންކަމަށް އެ ޤައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށެވެ.

އެމެރިކާއިން ބުނީ ފަލަސްޠީން ދައުލަތެއް ގަބޫލުކުރުމަށް ބައެއް އެކުވެރި ގައުމުތަކުން ނަގާފައިވާ ފިޔަވަޅަކީ ދައްކާލުމަށް ކުރާ ކަމެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ސެޕްޓެމްބަރު 2025 | ހޯމަ 07:50
އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް

އެމެރިކާއާ އެކުވެރި ބައެއް ޤައުމު ތަކުން ފަަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމަނީ، "ދައްކާލަން" ކުރާ ކަމެއްގެ ގޮތުގައި ކަމަަށް އެ ޤައުމުން ބުނެފި އެވެ.

އިނގިރޭސިވިލާތާއި، އޮސްޓްރޭލިއާ، ކެނެޑާ އަދި ޕޯޗުގަލް އިން ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ޤަބޫލު ކުރުމަށް ނިންމައިފަ އެވެ. އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާގެ އިތުރުން، އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީސް އަދި ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ ވަނީ އެކަން ރަސްމީކޮށް އިއުލާން ކުރައްވައިފަ އެވެ. މި ތިން ޤައުމަކީ ވެސް އެމެރިކާއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ތިން ޤައުމެވެ.

ޤައުމު ތަކުން އެކަން އިއުލާން ކުރުމާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ، އެމެރިކާގެ އަމާޒަކީ މިވަގުތު ސީރިއަސް ޑިޕްލޮމަސީއެއް ގެންގުޅުން ކަމަށާއި، ދައްކާލުމުގެ ނިޔަތުގައި ކުރާ ކަންކަމަށް އެ ޤައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށެވެ.

އެގޮތުން ހަމާސް އިން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުމާއި، އިސްރާއީލްގެ ސަލާމަތާއި، ހަމާސްގެ ނުފޫޒުން އެއްކިބާވެފައިވާ ސަރަހައްދެއް ހޯދައި، ސުލްހަ އާއި ފާގަތިކަން ޤާއިމު ކުރުމަކީ އެމެރިކާ އިން އިސްކަން ދެމުން އަންނަ ކަންތައްތައް ކަމަށް ތަރުޖަމާނު ވިދާޅުވެފައިވެ އެވެ.

އިނގިރޭސިވިލާތާއި، އޮސްޓްރޭލިއާ އަދި ކެނެޑާ އިން ފަލަސްޠީނުގެ މިނިވަން ދައުލަތް ޤަބޫލު ކުރުމަކީ، އަނެއްކާ ވެސް މަޝްރަހަށް އަންނާނެ ވަރަށް ބޮޑު ބަދަލެއް ކަމަށް ތަޖުރިބާ ކާރުން ވަނީ އަންދާޒާ ކޮށްފަ އެވެ. އެ ނިންމުމާ ގުޅިގެން އެމެރިކާ އާއި އިސްރާއީލް އިން ވެސް ވަނީ އެ ޤައުމު ތަކަށް ނުރުހުން އަމާޒު ކޮށްފަ އެވެ.

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤަބޫލު ކުރަން ނިންމާފައިވާކަން ޤައުމު ތަކުން އިއުލާން ކުރުމާ އެކު، ފަލަސްޠީނުގެ ރައީސް މަޙުމޫދު އައްބާސް ވަނީ އެ ނިންމުމަށް މަރުޙަބާ ވިދާޅުވެފަ އެވެ. އަދި ޣައްޒާގެ ގިނަ ރައްޔިތުން ވެސް ވަނީ އެ ނިންމުން ބަލައި ގަންނަން ނިންމައިފަ އެވެ. އެކަމާ ގުޅިގެން އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ކޯފާވެފައިވާއިރު، އޭނާ ވިދާޅުވެފައި ވަނީ ފަލަސްޠީނުގެ ދައުލަތެއް ދުވަހަކު ވެސް ވުޖޫދަށް ނާންނާނެ ކަމަށެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އާއި، ލާއިންސާނީ އަމަލު ތަކުގެ ސަބަބުން އެތައް ޕްރެޝަރެއް އެ ޤައުމަށް ވަނީ ކުރިމަތިވެފަ އެވެ. މި ޤައުމު ތަކުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމީ ވެސް، އިސްރާއީލްގެ އަނިޔާވެރިކަން ހައްދުފަހަނަ އަޅާ ދިޔުމުންނެވެ. އެއާއެކު، ބައިނަލްއަޤުވާމީ ފެންވަރުގައި ވެސް އިސްރާއީލް އަށް އަންނަނީ ގިނަ ފާޑު ކިޔުންތައް އަމާޒު ވަމުންނެވެ.

ނަތަންޔާހޫ ވިދާޅުވެފައި ވަނީ، ފަަލަސްޠީނުގެ މިނިވަން ދައުލަތް ޤަބޫލު ކުރުމަކީ މޮޔަ ކަމެއް ކަމަށެވެ. އަދި އެކަމުން އިސްރާއީލްގެ ސިޔާދަތަށް ވެސް ނުރައްކާ ވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ނަތަންޔާހޫ ވިދާޅުވެފައި ވަނީ "ޖޯޑަންގެ ކޮޅުފައި މަގުގެ ހުޅަނގުގައި ފަލަސްޠީނުގެ ދައުލަތެއް ޤާއިމު ނުކުރެވޭނެ" ކަމަށެވެ.

މަސްދަރު: އޭއެފްޕީ

އިޒްރޭލް-ފަލަސްޠީންބެންޖަމިން ނަތަންޔާހޫޣައްޒާހަމާސްއެމެރިކާޣައްޒާ ހަނގުރާމަދެ ދައުލަތުގެ ހައްލު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
07 ޑިސެމްބަރު 2025

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް