Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑރ. މުހައްމަދު މުއިއްޒު

މުޢިއްޒުގެ ސަރުކާރުގައި ކޮރަޕްޝަނާއި ރިޝްވަތު އެބަ ހިނގާ، މިސަރުކާރުން ވަރަށް އަނިޔާ އެބަ ކުރޭ: ޑރ. ޖަމީލް

22 ސެޕްޓެމްބަރު 2025 | ހޯމަ 05:04

ދީނުގައި ކަންތައް އޮންނަ ގޮތަށް ޢިލްމުވެރިން ބަސް ވިދާޅުނުވުމަކީ ޢިލްމު ފޮރުވުން ކަމަށް ޑރ ޖަމީލް ވިދާޅުވި

އަލީ ޝާހީން
އަލީ ޝާހީން | 22 ސެޕްޓެމްބަރު 2025 | ހޯމަ 05:04
ކުރީގެ ރައީސް ޔާމީންގެ ޤާނޫނީ ވަލީކް ޑޮކްޓަރު މުޙައްމަދު ޖަލީމް އަޙުމަދު

ކުރީގެ ރައީސް ޔާމީންގެ ޤާނޫނީ ވަލީކް ޑޮކްޓަރު މުޙައްމަދު ޖަލީމް އަޙުމަދު

ރައީސް މުޢިއްޒުގެ ސަރުކާރުން ކޮރަޕްޝަނާއި ރިޝްވަތު އެބަ ހިނގާ ކަމަށާއި މިސަރުކާރުން ވަރަށް އަނިޔާ ކުރާ ކަމަށް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވީ، މަޝްހޫރު އިލްމުވެރިޔާ ޝައިހް މުހައްމަދު ލަތީފް މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖަކަށް ރައްދު ދެއްވަމުންނެވެ. ޖަމީލް ވިދާޅުވީ، މިހާރުގެ ސަރުކާރުގައި ކޮރަޕްޝަނާއި ރިޝްވަތުގެ ޢަމަލުތައް ހިނގަމުންދާ ކަމަށާއި މިސަރުކާރު އައިފަހުން އަނިޔާކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އަދި ގާނޫނުތަކުން ދުލާއި ގަލަމުގެ ޙައްގު ނިގުޅައިގަތުމާއި، ރައްޔިތުންގެ ވެރިކަމުގެ ބާރުތައް ނެގުމާއި، މީހުންގެ މެދުގައި ތަފާތުކުރުމާއި، ސިޔާސީގޮތުން މަގާމުތައް ދީ ނާޖާއިޒު ފައިދާ ނެގުމާއި، ބައިތުލްމާލުގެ ބާރު ވެރިމީހާ ނެގުން ފަދަ ކަންކަމަކީ ބަސްބުނަންޖެހޭ ކަންތައްތައް ކަމަށް ޖަމީލް ވިދާޅުވި އެވެ.

އޭގެ އިތުރުން ކެމްޕޭންގައި ރައީސް ޔާމީނުގެ ހުސްގޮނޑި ދައްކައިގެން ވަޢުދުވެފައިވާތީ، އެއީ ދީނީ ގޮތުން ބަލާއިރު ފުއްދަންޖެހޭ އަމާނާތެއްކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި ދީނުގައި ކަންތައް އޮންނަ ގޮތަށް ޢިލްމުވެރިން ބަސް ވިދާޅުނުވުމަކީ ޢިލްމު ފޮރުވުން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

އެހެން ބަޔަކު ވެރިކަމުގައި ތިބިއިރު ބަސް ވިދާޅުވީ ޙަސަދައިން ކަމަށް މިއަދު ތިޔަ ބަސްފުޅުން މާނަ ނަގަންވީތޯ؟ ނުވަތަ މިއަދު ކަންހިނގާ ގޮތާމެދު ދީނުގައި އޮތްގޮތް ވަންހަނާ ކުރަނީތޯ؟
ޑރ. މުޙައްމަދު ޖަމީލް އަޙްމަދު

މީގެއިތުރުން، ސަމޯއާ އެއްބަސްވުމުގައި ސޮއިކުރުމާއި، ކުރިން ރަނގަޅުނުވި ޔޯގާ ދުވަސް ފާހަގަކުރުން ފަދަ ނުރަނގަޅު ކަންތައްތައް މިސަރުކާރުން ކޮށްފައިވާ ކަމަށް ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވި ގޮތުގައި، މީގެކުރީގެ ވެރިކަންތަކުގައި ގޯސްކަމަށް ބުނި ކަންތައްތައް މިއަދުވެސް ހިނގަމުންދާއިރު، އަދި ފެންނަ ގޯސްތަކަށް ބަސް ވިދާޅުނުވެވޭނަމަ، ދިވެހި ގައުމުގެ ޒުވާން ޖީލު ދީނާމެދު ދެކޭނެ ގޮތާމެދު ކަންބޮޑުވާ ކަމަށެވެ. އަދި މިފަދަ ކަންކަން ހިނގަމުންދާއިރު ދީނުގައި ކަންތައް އޮންނަ ގޮތަށް ޢިލްމުވެރިން ބަސްވިދާޅު ނުވުމަކީ ޢިލްމު ފޮރުވުން ކަމުގައި ޙަދީސުން ދަލީލު ދައްކަވައި ވިދާޅުވިއެވެ.

ޑރ. މުހައްމަދު މުއިއްޒުކޮރަޕްޝަން ސަމޯއާ އެއްބަސްވުންއިލްމު ފޮރުވުން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް