Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހިޔާލުފާޅު ކުރުމުގެ މިނިވަންކަން

އިސްލާމީ ހަޟާރާތް ކުރިއަރައިގެންދިޔައީ އިންސާނުންގެ ސިކުނޑީގައި ތަޅުއަޅުވައިގެނެއް ނޫން: އަލީ ހުސެއިން

ރައީސް މުއިއްޒަށް ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގުގެ މުހިންމުކަން އެނގިވަޑައިނުގަންނަވާ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2025 | އާދީއްތަ 08:21
ފަލަސުރުހީ ޕްރޮގްރާމްގައި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން ވާހަކަދައްކަވަނީ - ފައިލް ފޮޓޯ

ފަލަސުރުހީ ޕްރޮގްރާމްގައި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން ވާހަކަދައްކަވަނީ - ފައިލް ފޮޓޯ

އިންސާނާގެ ސިކުނޑީގައި ތަޅުއަޅުވައިގެން ލިބޭނެ ކުރިއެރުމެއް ނޯންނާނެ ކަމަށާއި، އިސްލާމީ ހަޟާރާތް ކުރިއަރައިގެންދިޔައީ ވެސް އެގޮތަށް އަމަލުކޮށްގެން ނޫން ކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަލީ ހުސެއިން ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒަށް ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގުގެ މުހިންމުކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އިސްލާމްދީނުގެ ނަޒަރަކުން ރައީސް މުއިއްޒު ވާހަކަ ދައްކަވާއިރު، އިސްލާމީ ހަޟާރާތް ވެސް ކުރިއަރައިގެންދިޔައީ އެ ހައްގު އެގައުމުތަކުގެ ރައްޔިތުންނަށް ދީގެން ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

Advertisement - newsAdvertisement

އަލީ ހުސެއިން ވިދާޅުވީ އިންސާނާގެ ސިކުނޑީގައި ތަޅުއަޅުވައިގެން ލިބޭނެ ކުރިއެރުމެއް ނޯންނާނެ ކަމަށާއި، ސިކުނޑިތަކަށް ފުރިހަމަ މިނިވަންކަން ދޭންޖެހޭ ކަމަށެވެ.

ރައީސް މުއިއްޒު އެވިދާޅުވާ އިސްލާމިކް ރިނާސަސްއަށް ދިއުމަށްޓަކައި ކިހައި މުހިންމު ހައްގެއްކަމެއް އެނގިވަޑައިނުގަންނަވާ. އުމަވީ ދައުލަތުގެ އިސްލާމީ ހަޟާރަތް ކުރިއަރައިގެން ދިޔައީ އައްބާސިޔަގެ ބަގުދާދުގައި އޭގެ ސައިންސާއި، ޓެކްނޮލޮޖީއާ ބޭސްވެރިކަމާއި ހުރިހާ ފަންނުތަކެއް މުސްލިމުން ކުރިއަރައިގެންދިޔައީ. އަންދަލުސްގައި އޮތް ސްޕެއިންގައި އޮތް އިސްލާމީ ހަޟާރަތުގައި މިހާރު މިބޭނުންކުރާ އަލްޖިބްރާއާއި، އަލްގޮރިދަމްއާ މިހުރިހާ އެއްޗެއް ހެދީ ބަލަ. ސިކުނޑިތަޅުލައިގެން ތިބިބައެއް ނޫނޭ އެކަންކުރީއެއް. ވާހަކައެއް ދެއްކީމަ އެމީހުން ހިފާ ހައްޔަރުކުރީއެއް ނޫނޭ. ހޮޅިވިފައިހުރީ. އިންސާނާ ބޭނުންވާ ވަރަކަށް އޭނާގެ ސިކުނޑިއާ ބުއްދިއާ ފިކުރު ހުޅުވައިގެން އޭނާއަށް ފެންނަ އެއްޗެއް ލިޔުމުގެ މިނިވަންކަންދީގެން ހޯދި ކުރިއެރުމާ ތަމައްދުނާ ތަހުޒީބޭ މުސްލިމުން ހޯދާފައި ހުރީ.
މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން

ރާއްޖޭގެ ގިނަ މީޑީއާތައް މިހާރު ކޮންޓްރޯލް ކުރަމުންދަނީ މިސަރުކާރުންކަން ފާހަގަކުރައްވައި އަލީ ހުސެއިން ވިދާޅުވީ މިއީ ބިރުވެރިކަމެއް ކަމަށާއި، އަސްލު މަންޒަރު ގެނައުމަށް އުދަނގޫވާނެ ކަމަށެވެ.

މީގެ އިތުރުން އަލީ ހުސެއިން ވިދާޅުވީ ގާނޫނު އަސާސީން ލިބިދޭ ހައްގުތަކުގެ ތެރެއިން އެންމެ މުހިންމު ދެ ހައްގަކީ ދިރިހުރުމުގެ ހައްގާއި، ހިޔާލުފާޅު ކުރުމުގެ ހައްގު ކަމަށެވެ. އަދި ގާނޫނު އަސާސީން ލިބިދީފައިވާ އެހެން ހުރިހާ ހައްގެއް ސަރުކާރުން ގެންދިޔަ ނަމަވެސް މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ދެ ހައްގު ބާއްވާފައި ހުރިހާ ހައްގެއް ގެންދަވާ. އަޅުގަނޑު ރެޑީ. އަޅުގަނޑު ތައްޔާރު. ދިރިހުރުމުގެ ހައްގާއި، ހިޔާލުފާޅު ކުރުމުގެ ހައްގާއި މި ދެ ހައްގު ބާއްވާފައި ހުރިހާ ހައްގެއް ގެންދެވިޔަސްއަޅުގަނޑުމެންނަށް ހެޔޮ. އަޅުގަނޑަށް މައްސަލައެއް ނެތް. އެހައިވެސް މުހިންމު ދެ ހައްގު މިއީ. ހަގީގަތުގައި ދެން ހުރި ހުރިހާ ހައްގެއްގެ ފައުންޑޭޝަން މިއީ. އެއްވެ އުޅެނީ ކީއްކުރަން. ހިޔާލު ފާޅުކުރަން. ސިޔާސީ ޕާޓީ ހެދުމުގެ ހައްގު. ކީއްކުރަން. ސިޔާސީ ޕާޓީ އުފައްދަނީ. ވަކި ފިކުރެއް ކުރިއަރުވަން. އެވެސް ގޮސް ގުޅެނީ ހިޔާލު ފާޅުކުރުމުގެ ހައްގާއި، ނޫސް މީޑިއާ ހިންގުމުގެ ހައްގު. މިވެސް ހިޔާލު ފާޅުކުރުމުގެ ހައްގާ ގުޅެނީ އެނގޭތޯ. މިހެން ގޮސް ވަރަށް ގިނަ ހައްގުތަކަކީ ހަގީގަތުގައި ގޮސް ގުޅެނީ އޭގެ މަންމައަކީ ހަގީގަތުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެ ހައްގު.
މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން

އަލީ ހުސެއިން ވިދާޅުވީ ހުރިހާ ހައްގެއްގެ މަންމައަކީ ހިޔާލު ފާޅު ކުރުމުގެ ހައްގު ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ޑިމޮކްރެޓިކް މުޖުތަމައުއެއްގައި މި ހައްގާ ނުލައި ރަނގަޅު މިސްރާބަކަށް ކުރިއަށް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ހުސެއިންރައީސް މުއިއްޒުދުލާއި ގަލަމުގެ މިނިވަންކަންއިސްލާމީ ހަޟާރާތް

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު