Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލުބުނާން

އިސްރާއީލުން ބުރާސްފަތި ދުވަހު ދެކުނު ލުބުނާންގެ ފަސް އަވަށަކަށް ބޮން އަޅައިފި

ހަނގުރާމަ ހުއްޓާލުމަށް ހިޒްބުﷲ އާއެކު އިސްރާއީލުން އެއްބަސްވުމަށް ފަހުގައި ވެސް އިސްރާއީލުން ދެކުނު ލުބުނާނުގެ ސަރަހައްދުތަކަށް ހަމަލާ ދިނުން ހުއްޓުމަކަށް އައިސްފައެއް ނުވެއެވެ. ލުބުނާން ގެ ރައީސް އިސްރާއީލުން މި ދިން ހަމަލާތައް ކުށްވެރިކުރައްވައި، ގައުމުގެ މިނިވަންކަމަށް ފާޅުގައި ދެވޭ މިފަދަ ހަމަލާތަކަށް ނިމުމެއް ގެނައުމަށް ގޮވާލައްވައިފިއެވެ.

ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2025 | ހުކުރު 09:35
ސެޕްޓެމްބަރު 18، 2025 ގައި އިސްރާއީލުން ލުބުނާނުގެ ދެކުނުގެ އަވަށެއް ކަމަށްވާ ޑެބިން އަށް ދިން ހަމަލާތަކަށް ފަހު އެ ސަރަހައްދުން ދުން އަރަނީ

ސެޕްޓެމްބަރު 18، 2025 ގައި އިސްރާއީލުން ލުބުނާނުގެ ދެކުނުގެ އަވަށެއް ކަމަށްވާ ޑެބިން އަށް ދިން ހަމަލާތަކަށް ފަހު އެ ސަރަހައްދުން ދުން އަރަނީ

ބުރާސްފަތި ދުވަހު އިސްރާއީލުން ދެކުނު ލުބުނާންގެ ފަސް އަވަށަކަށް ބޮން އަޅައިފިއެވެ.

އިސްރާއީލުން އެ ސަރަހައްދުތަކަށް ބޮން އެޅީ މީހުން ނުކުމެގެން ދިއުމަށް އިންޒާރު ދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަމަށް ލުބުނާނުގެ ސަރުކާރު މީޑިއާ އަދި އިސްރާއީލު މިލިޓަރީން ބުނެފައިވެއެވެ.

ލުބުނާންގެ ސަރުކާރުގެ ނޭޝަނަލް ނިއުސް އެޖެންސީން ރިޕޯޓުކުރި ގޮތުގައި މައިސް އަލް-ޖަބަލް އަށް ބޮން އަޅާފައިވާއިރު މިއީ މިދިޔަ އަހަރު އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު ހިނގި ހަނގުރާމައިގައި ވީރާނާވެފައިވާ ބޯޑަރު ރަށެކެވެ. ސިއްހީ ވުޒާރާ އިން ބުނި ގޮތުގައި އެކަކަށް އަނިޔާވެފައިވެއެވެ.

ނޮވެމްބަރުގައި ސޮއިކުރެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހުގައި ވެސް އިސްރާއީލުން ދެކުނުލުބުނާނަށް ހަމަލާ ދިނުން ހުއްޓުމަކަށް އައިސްފައެއް ނުވެއެވެ.

އޭގެ އިތުރުން އިސްރާއީލުން ދެކުނު ލުބުނާނުގެ ފަސް ސަރަހައްދެއްގައި އަދި ވެސް ސިފައިން ބައިތިއްބާފައި އެބަތިއްބެވެ.

ލުބުނާނުގެ ރައީސް ޖޯސެފް އައުން މި ހަމަލާތައް ކުށްވެރިކޮށް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ސްޕޮންސަރ ކުރި ގައުމުތަކުން ހިމޭނުން ތިބޭތީ އެކަމަށް ފާޑު ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ އިސްރާއީލުގެ "އިތުރު އަނިޔާވެރިކަމަށް ހިތްވަރުދޭ" ކަމެކެވެ.

އޭނާ އިތުރަށް ވިދާޅުވީ "ލުބުނާނުގެ މިނިވަންކަމަށް ފާޅުކަން ބޮޑު ގޮތެއްގައި އަރައިގަތުން ނިމުމަކަށް ގެންނަންޖެހޭ ވަގުތު ވަނީ އައިސްފައި،" ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ދެކުނު ލުބުނާނުގައި ހިޒްބުﷲ ގެ އެލީޓް ސިފައިންގެ ހަތިޔާރު ރައްކާކުރާ ތަންތަނަށް ވަނީ ހަމަލާ ދީފައެވެ.

އިސްރާއީލަށް ކުރިމަތިވާ ކޮންމެ ނުރައްކަލެއް ނައްތާލުމަށް މަސައްކަތް ކުރާނެ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.

ބުރާސްފަތި ދުވަހުގެ ހަމަލާތަކުގެ ކުރިން، ލުބުނާންގެ ބޮޑުވަޒީރު ނަވާފް ސަލާމް އިސްރާއީލުން އެ ގައުމަށް ދޭ ހަމަލާތައް ހުއްޓުވުމަށް އެޅެން އޮތް "އެންމެ ބޮޑު ބާރެއް" އެޅުމަށް ދުނިޔެ އަށް ގޮވާލައްވާފައިވެއެވެ.

މަސްދަރު: އޭއެފްޕީ

އީރާން-ލުބުނާންހިޒްބުﷲޖޯސެފް އައުންނަވާފް ސަލާމްދެކުނު ލުބުނާން

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

29 ނޮވެމްބަރު 2025
ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

22 ނޮވެމްބަރު 2025
އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ

އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ

19 ނޮވެމްބަރު 2025
ލުބުނާން އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ގެންދާތީ އިޒްރޭލަށް ފިޔަވަޅު އަޅާ އަދަބު ދިނުމަށް އީރާނުން ގޮވާލައިފި

ލުބުނާން އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ގެންދާތީ އިޒްރޭލަށް ފިޔަވަޅު އަޅާ އަދަބު ދިނުމަށް އީރާނުން ގޮވާލައިފި

07 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު