Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޔުކްރެއިން މައްސަލައިގައި އޭނާގެ އުންމީދުތަކާ ޚިލާފަށް ޕުޓިން އަމަލު ކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އޭނާ އާއި ޕުޓިންއާ ދެމެދު ވަރަށް ގާތް އަދި ރަނގަޅު ގުޅުމެއް އޮތް ކަމަށް ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެ ގުޅުމުގެ ސަބަބުން ހަނގުރާމައިގެ މައްސަލަ ހައްލު ކުރުމަށް ފަސޭހަ ވާނެ ކަމަށް އޭނާ ޤަބޫލު ކުރެއްވި އެވެ.

ޓްރަމްޕް ވިދާޅުވެފައިވަނީ ޔޫކްރެއިންގެ ހަނގުރާމައިގެ މައްސަލައިގައި ޕިއުޓިން ވަނީ އެމަނިކުފާނުގެ އުންމީދުތަކާ ޚިލާފަށް ޢަމަލުކުރައްވާފައި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ސެޕްޓެމްބަރު 2025 | ހުކުރު 08:23
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ރަޝިޔާ އިން ޔުކްރެއިންގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓުވުމަކަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގައި، އޭނާގެ އުންމީދުތަކާ ޚިލާފަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އަމަލު ކޮށްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

ހަނގުރާމަ ނިންމުމަކަށް ގެންނާނެ ކަމަށް ވައުދުވެ ވަޑައިގެންފައިވާ ޓްރަމްޕް ވިދާޅުވީ، އޭނާ އެންމެ ބޮޑަށް ހިތާމަ ކުރަަނީ ހަނގުރާމަ ނިންމުމަކަށް ގެނެވިފައި ނުވާތީ ކަމަށެވެ.

އެގޮތުން އޭނާ އާއި ޕުޓިންއާ ދެމެދު ވަރަށް ގާތް އަދި ރަނގަޅު ގުޅުމެއް އޮތް ކަމަށް ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެ ގުޅުމުގެ ސަބަބުން ހަނގުރާމައިގެ މައްސަލަ ހައްލު ކުރުމަށް ފަސޭހަ ވާނެ ކަމަށް އޭނާ ޤަބޫލު ކުރެއްވި އެވެ. ނަމަވެސް، ޕުޓިންގެ އަމަލުތައް ހުންނަ ގޮތުން އޭނާގެ އުންމީދުތައް ފުނޑު ފުނޑުވެފައިވާ ކަމުގައި ޓްރަމަޕް ވިދާޅުވެފައިވެ އެވެ،

މީގެ ކުރިން ވެސް ޕުޓިން އަށް ފާޑު ވިދާޅުވެ، އަދި ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ޓްރަމްޕް ވަނީ، ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލުމަށް ޤައުމު ތަކަށް ގޮވާލައްވައިފަ އެވެ. އެހެން ނަމަވެސް، އެމެރިކާ އިން ރަޝިޔާއާ ދެކޮޅަށް އިތުރު އެއްވެސް ފިޔަވަޅެއް އެޅުމަށް މިހާތަނަށް ނިންމާފައި ނުވެ އެވެ.

ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް މަސައްކަތް ކުރައްވަމުން އަންނަ ޓްރަމްޕް ވަނީ، މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި އެމެރިކާގެ އެލަސްކާގައި ޕުޓިންއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު ޓްރަމްޕްގެ ސިޔާސަތު ތަކުގެ ސަބަބުން އެމެރިކާގެ ބައިވެރިން ވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

އެ ބައްދަލުވުމުގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެފައި ވަނީ، ޔުކްރެއިންގެ މައްސަލައިގައި އެމެރިކާގެ ރައީސް ޕުޓިން އާއި ޔޫރަޕުގެ ބާރު ތަކުން ގުޅުން ބަދަހި ކުރަން ޖެހޭ ކަމަށާއި، އެކުގައި މަސައްކަތް ތަކެއް ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ރަޝިޔާ އާއި އެ ޤައުމުގެ ރައީސް ޕުޓިންއާ ދެކޮޅަށް އިތުރު ފިޔަވަޅު ތަކެއް އަޅަން ޖެހޭ ކަމަށް ސްޓާމާ ވަނީ ވިދާޅުވެފަ އެވެ. އެކަން ފާހަގަ ކުރައްވަމުން ސްޓާމާ ވިދާޅުވީ، ޕުޓިންއާ ދެކޮޅަށް ޓްރަމްޕް ފިޔަވަޅު އަޅުއްވާ ކޮންމެ ފަހަރަކު، ޕުޓިންގެ ފަރާތުން އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ.

އިތުރަށް އެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު އޮތް މައްސަލަ ޙައްލުވެ، އެ ހަނގުރާމަ ހުއްޓުމަކަށް އަންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް، އެކަން ހައްލު ކުރުމަށް އަޅާނެ އެއްވެސް ފިޔަވަޅެއްގެ ތަފްސީލެއް ޓްރަމްޕް ދެއްވާފައި ނުވެ އެވެ.

މަސްދަރު: އޭއެފްޕީ

ޑޮނަލްޑް ޓްރަމްޕްވްލަޑިމިއަރ ޕުޓިންކިއަ ސްޓާމާހަނގުރާމަރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު