Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

އިނގިރޭސިވިލާތުން މި ހަފުތާ ބަންދުގެ ތެރޭގައި ރަސްމީކޮށް ފަލަސްޠީނުގެ ދައުލަތް ބަލައި ގަންނަނީ

ޓައިމްސް ނޫހުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ވަޑައިގެންނެވުމުން، އިނގިރޭސިވިލާތުން ފަލަސްޠީނުގެ މިނިވަން ދައުލަތް ރަސްމީކޮށް ބަަލައި ގަންނާނެ އެވެ. ނަމަވެސް، އެއީ ޓްރަމްޕް ދެކޮޅު ހައްދަވާ ކަމެއް ކަމަށް އެ ނޫހުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

ބްރިޓެއިން އިން މި ހަފްތާ ނިމުމުގެ ކުރިން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެކަމަށް ރިޕޯޓްކޮށްފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2025 | ބުރާސްފަތި 06:23
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ، އަދި ފަލަސްޠީނުގެ ރައީސް މަޙުމޫދު އައްބާސް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ، އަދި ފަލަސްޠީނުގެ ރައީސް މަޙުމޫދު އައްބާސް

ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމަށް، މި ހަފުތާ ބަންދުގެ ތެރޭގައި އިނގިރޭސިވިލާތުން ރަސްމީކޮށް ނިންމާނެ ކަމަށް އެ ޤައުމުގެ ބައެއް މީޑިއާ ތަކުގައި ބުނެފި އެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވަނީ، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތައް ހުއްޓައި ނުލައިފި ނަމަ، މި މަހު އޮންނަ އދ ގެ ޖެނަރަލް އެސެމްބްލީގައި އިނގިރޭސިވިލާތުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނާނެ ކަމަށް ހާމަކޮށްފަ އެވެ.

ޓައިމްސް ނޫހުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ވަޑައިގެންނެވުމުން، އިނގިރޭސިވިލާތުން ފަލަސްޠީނުގެ މިނިވަން ދައުލަތް ރަސްމީކޮށް ބަަލައި ގަންނާނެ އެވެ. ނަމަވެސް، އެއީ ޓްރަމްޕް ދެކޮޅު ހައްދަވާ ކަމެއް ކަމަށް އެ ނޫހުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނާނެ ކަމަށް ސްޓާމާ އިއުލާން ކޮށްފައި ވަނީ މިއަހަރުގެ ޖުލައި މަހު އެވެ. އެއީ އިސްރާއީލް އިން ޣައްޒާ ހަނގުރާމަ ހުއްޓާލައި، ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީތެރިކަން އެތެރެ ކުރުމަށް ފުރުސަތު ދީ، ޣައްޒާ ދޫކޮށް ނުގޮސްފި ނަމަ އަޅާނެ ފިޔަވަޅެއް ކަމަށް ސްޓާމާ ވިދާޅުވެފައިވެ އެވެ.

އިނގިރޭސިވިލާތުގެ އިތުރުން، ފްރާންސް، ކެނެޑާ އަދި އޮސްޓްރޭލިއާ އިން ވެސް ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނާނެ ކަމަށް ހާމަކޮށްފަ އެވެ. ނަމަވެސް، އެކަމާ ގުޅޭ ގޮތުން އިސްރާއީލް އިން ބުނަމުން ގެންދަނީ އެއީ ހަމާސް ޖަމާއަތަށް ލިބޭ ވަރަށް ބޮޑު އިނާމެއް ކަމަށެވެ.

ޓައިމްސް ނޫހުގައި ބައެއް މަސްދަރުތަކާ ހަވާލާދީ ބުނެފައި ވަނީ، އިނގިރޭސިވިލާތުން އެކަން އިއުލާން ކުރާނީ ބުރާސްފަތި ދުވަހުގެ ފަހުންނެވެ. އެކަމާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓްރީގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބު ވެފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ.

ޓްރަމްޕް މިހާރު ގެންދަވަނީ އިނގިރޭސިވިލާތަށް ދަތުރުފުޅެއް ކުރައްވަމުންނެވެ. މިއީ ރިޔާސީ ދެ ވަނަ ދައުރަކަށް ވަޑައިގެންނެވި ފަހުން، ޓްރަމްޕް ކުރައްވާ ދެ ވަނަ ސްޓޭޓް ދަތުރުފުޅެވެ. މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައި ވަނީ، އިނގިރޭސިވިލާތުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމުމާ މެދު އޭނާގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ. ނަމަވެސް، ފަހުން އެމެރިކާ އިން ވަނީ ޔޫރަޕުގެ ބައިވެރިން އެފަދަ ފިޔަވަޅެއް އެޅުމަށް އެ ޤައުމުން ތާއީދު ނުކުރާ ކަމަށް ބުނެފަ އެވެ.

އިނގިރޭސިވިލާތުގައި ވެރިކަން ކުރަމުން އަންނަ ލޭބާ ޕާޓީ އަށް ނިސްބަތްވާ މެމްބަރުން ވެސް ގެންދަވަނީ، އިސްރާއީލްއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބޮޑު ވަޒީރު ސްްޓާމާ އަށް ބާރު އަޅުއްވަމުންނެވެ. އިނގިރޭސިވިލާތުގެ ރައްޔިތުންގެ ފަރާތުން ވެސް ސްޓާމާ އަށް އެތައް ޕްރެޝަރެއް ކުރިމަތިވެފައި ވަނިކޮށް، ސްޓާމާ ވަނީ އިސްރާއީލްގެ އަމަލު ތަަކަށް ހުއްޓުމެއް އަތު ނުވެއްޖެ ނަމަ، ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނާނެ ކަމަށް އިއުލާން ކޮށްފަ އެވެ.

އިނގިރޭސިވިލާތުން އަބަދު ވެސް ތާއީދު ކުރަނީ ސަރަހައްދުގެ ހަނގުރާމަ ނިންމުމަށް، ދެ ދައުލަތުގެ ޙައްލެއް ޤާއިމު ކުރުމަށެވެ. އިނގިރޭސިވިލާތުން މީގެ ކުރިން ބުނަމުން އައިސްފައި ވަނީ، އެކަން ކުރެވޭނީ އެންމެ އެކަށީގެންވާ ވަގުތުގައި ކަމަށެވެ.

މަސްދަރު: ރޮއިޓާސް

ބްރިޓެއިން-ފަލަސްތީންޑޮނަލްޑް ޓްރަމްޕްކިއަ ސްޓާމާއިސްރާއީލް-ހަމާސްޣައްޒާޣައްޒާ ހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު