Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ޓޮމްގެ މަސައްކަތަށް އިންފަންޓީނޯގެ ތައުރީފު

އިންފަންޓީނޯ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ވިދާޅުވެފައި ވަނީ، ޓޮމްއާ އެކު ބޭއްވި ބައްދަލުވުމުގައި ގިނަ ކަންކަމާ މެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ފީފާ އާއި އެފްއޭއެމް ގުޅިގެން ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2025 | ބުރާސްފަތި 04:35
އެފްއޭއެމްގެ ރައީސް އަޙުމަދު ޠާރިޤު އަދި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ

އެފްއޭއެމްގެ ރައީސް އަޙުމަދު ޠާރިޤު އަދި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙުމަދު ޠާރިޤު (ޓޮމް)، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލު ކުރައްވައިފި އެވެ.

މިއީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެފްއޭއެމްގެ ރައީސް ކަމަށް ވަޑައިގެންނެވި ފަހުން، ޓޮމް އިންފަންޓީނޯއާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

އެ ބައްދަލުވުމުގެ ފޮޓޯ ހިއްސާ ކުރައްވައި، އިންފަންޓީނޯ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ވިދާޅުވެފައި ވަނީ، ޓޮމްއާ އެކު ބޭއްވި ބައްދަލުވުމުގައި ގިނަ ކަންކަމާ މެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ފީފާ އާއި އެފްއޭއެމް ގުޅިގެން ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އިންފަންޓީނޯ ވިދާޅުވެފައި ވަނީ، މީގެ ކުރިން ފުޓުބޯޅަ ކުޅުންތެރިޔެއްގެ ގޮތުގައި ވެސް ކުޅެފައިވާ ޓޮމްގެ ލީޑަރޝިޕްގެ ދަށުން ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހަތް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ ތައްޓެއް ރާއްޖެ އިން ކާމިޔާބު ކޮށްފައިވާ ކަމަށް ވަނީ ފާހަގަ ކުރައްވައިފަ އެވެ. ރާއްޖެ އިން ވަނީ ދާދި ފަހުން ސްރީ ލަންކާގައި ކުރިއަށް ދިޔަ ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ.

ޓޮމް އިންފަންޓީނޯއާ ބައްދަލު ކުރައްވާފައިވާއިރު، ޖުލައި މަހު އޮތް އެފްއޭއެމްގެ އިންތިޚާބު ޓޮމް ކާމިޔާބު ކުރެއްވީ ވެސް އެފްއޭއެމްގެ މެމްބަރު ކުލަބު ތަކުގެ ފުރިހަމަ ތާއީދާ އެކު އެވެ. ދެ ވަނަ ފަހަރަށް އެފްއޭއެމްގެ ރައީސް ކަމަށް ޓޮމް އިންތިޚާބު ވެފައި ވަނީ، ދިވެހި ފުޓުބޯޅަ އިން ގެއްލިފައިވާ ފޯރި އާއި، ރޫޙު އަލުން ގެނެސް ދޭނެ ކަމުގެ ވައުދާ އެކު އެވެ.

ފީފާފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަޙުމަދު ތާރިޤު (ޓޮމް)ޖިއާނީ އިންފަންޓީނޯ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
ވޯލްޑް ކަޕް ގެ ގުރު ނަގައިފި

ވޯލްޑް ކަޕް ގެ ގުރު ނަގައިފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު