Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ-އީރާން

ސައުދީގެ ވަލީ އަހުދު، އީރާންގެ ސަލާމަތީ ކައުންސިލްގެ ސެކްރެޓަރީ ލަރިޖާނީއާ ބައްދަލު ކުރައްވައިފި

17 ސެޕްޓެމްބަރު 2025 | ބުދަ 06:20

ލަރިޖާނީގެ މި ދަތުރުފުޅު ކޮށްފައި މި ވަނީ، އިސްރާއީލް އިން ޤަތަރަށް ދިން ހަމަލާއާ ގުޅިގެން ބޭއްވުނު އަރަބި އިސްލާމިކް ސަމިޓުގެ ކުއްލި ބައްދަލުވުމުގައި ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން، އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާ ވެސް ބައްދަލު ކުރައްވާފައި ވަނިކޮށެވެ.

ސައޫދީ ރަސްގެފާނުގެ ދަރިކަލުން، ކްރައުން ޕްރިންސް މުޙައްމަދު ބިން ސަލްމާން، އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީއާ ރިޔާދުގައި ބައްދަލުކުރައްވައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ސެޕްޓެމްބަރު 2025 | ބުދަ 06:20
ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން, އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލާރިޖާނީއާ ބައްދަލު ކުރައްވަނީ

ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން, އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލާރިޖާނީއާ ބައްދަލު ކުރައްވަނީ

ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން، އީރާންގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރިޖާނީއާ ބައްދަލު ކުރައްވައިފި އެވެ.

ސައުދީގެ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން، ލަރިޖާނީއާ ބައްދަލު ކުރައްވާފައި ވަނީ އަންގާރަ ދުވަހު އެވެ. އެ ބައްދަލުވުމުގައި ދެ ޤައުމުގެ ދެ މެދުގައި ގުޅުމާއި، އަދި ސަރަހައްދީ އެންމެ ފަހުގެ ކަންތައްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

އީރާން ސަރުކާރުގެ ނޫސް އެޖެންސީ (އައިއާރްއެންއޭ) އިން ބުނެފައިވާ ގޮތުގައި، ދެ ބޭފުޅުންގެ މަޝްވަރާ ތަކުގައި ސަރަހައްދުގެ މުސްތަޤުބަލާއި، އިޤްތިޞާދީ އެއްބާރުލުން އިތުރު ކުރުމުގެ ފުރުސަތުތަކާ ގުޅޭ ގޮތުން ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފަ އެވެ.

ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންގެ އިތުރުން، ލަރިޖާނީ ވަނީ ސައުދީގެ ދިފާއީ ވަޒީރު ޕްރިންސް ޚާލިދު ބިން ސަލްމާންއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ވަނީ ސައުދީ އާއި އީރާނާ ދެމެދު ދިފާއީ ގުޅުން ބަދަހިކޮށް، އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

މި ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވާއިރު، މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އީރާންގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ އީރާންގެ ވެރި ރަށް ތެހެރޭގައި، ޕްރިންސް ޚާލިދުއާ ބައްދަލު ކުރައްވައިފަ އެވެ. އެއީ 2006 ވަނަ އަހަރުގެ ފަހުން، ޚާމަނާއީ ސައުދީގެ އިސް އޮފިޝަލަކާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

ލަރިޖާނީގެ މި ދަތުރުފުޅު ކޮށްފައި މި ވަނީ، އިސްރާއީލް އިން ޤަތަރަށް ދިން ހަމަލާއާ ގުޅިގެން ބޭއްވުނު އަރަބި އިސްލާމިކް ސަމިޓުގެ ކުއްލި ބައްދަލުވުމުގައި ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން، އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާ ވެސް ބައްދަލު ކުރައްވާފައި ވަނިކޮށެވެ.

ސައުދީ އަރަބިއްޔާ އާއި އީރާން އިން ވަނީ، 2023 ވަނަ އަހަރު ޗައިނާގެ މެދުވެެރިކަމާ އެކު ޑިޕްލޮމެޓިކް ގުޅުންތައް އަލުން ޤާއިމު ކޮށްފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

ސަޢޫދީ-އީރާންސައުދި އަރަބިއްޔާގެ ވަލީއަހުދު، މުޙައްމަދު ބިން ސަލްމާންޢަލީ ލަރިޖާނީޕްރިންސް ޚާލިދު ބިން ސަލްމާން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
20 ނޮވެމްބަރު 2025

ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

20 ނޮވެމްބަރު 2025
ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި
19 ނޮވެމްބަރު 2025

ނޫސްވެރިޔާ ޚަޝޯގީ މަރާލުމަކީ 'ގޯހެއް' ކަމަށް އެމެރިކާ ދަތުރުފުޅުގައި ސައުދީ ވަލީ އަހުދު ވިދާޅުވެއްޖެ

19 ނޮވެމްބަރު 2025
ނޫސްވެރިޔާ ޚަޝޯގީ މަރާލުމަކީ 'ގޯހެއް' ކަމަށް އެމެރިކާ ދަތުރުފުޅުގައި ސައުދީ ވަލީ އަހުދު ވިދާޅުވެއްޖެ
18 ނޮވެމްބަރު 2025

ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި

18 ނޮވެމްބަރު 2025
ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
17 ނޮވެމްބަރު 2025

ޓްރަމްޕް އާއިލާ އިން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރަނީ

17 ނޮވެމްބަރު 2025
ޓްރަމްޕް އާއިލާ އިން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރަނީ
15 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އިން ބައިވަރު އެފް-35 ފައިޓަރ ޖެޓް ގަންނަން ބޭނުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

15 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އިން ބައިވަރު އެފް-35 ފައިޓަރ ޖެޓް ގަންނަން ބޭނުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
04 ނޮވެމްބަރު 2025

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ

04 ނޮވެމްބަރު 2025
ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ
30 އޮކްޓޯބަރު 2025

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް
23 އޮކްޓޯބަރު 2025

ސައޫދީ އަރަބިއްޔާ އިން ގްރޭންޑް މުފްތީގެ މަގާމަށް ޝައިޚް ސާލިޙް އަލް-ފައުޒާން އައްޔަން ކޮށްފި

23 އޮކްޓޯބަރު 2025
ސައޫދީ އަރަބިއްޔާ އިން ގްރޭންޑް މުފްތީގެ މަގާމަށް ޝައިޚް ސާލިޙް އަލް-ފައުޒާން އައްޔަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް