Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލީވާން އަލީ ނާސިރު

އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން ވަރަށް އަނިޔާވެރިކޮށް ހައްޔަރުކޮށްފި

ލީވާން ހައްޔަރުކުރި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި ދައުރުވަމުންދޭ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 16 ސެޕްޓެމްބަރު 2025 | އަންގާރަ 12:38
ނޫސްވެރިޔާ ލީވާން ހައްޔަރުކޮށްގެން ގެންދަނީ

ނޫސްވެރިޔާ ލީވާން ހައްޔަރުކޮށްގެން ގެންދަނީ

މިނިވަން މީޑިއާ ކަފުންކުރުމާ ދެކޮޅަށް މަޖިލިސް ދޮށުގައި ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވަރަށް އަނިޔާވެރިކޮށް ހައްޔަރުކޮށްފިއެވެ.

ލީވާން ހައްޔަރުކުރި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި މިހާރު ދައުރުވަމުން ދާއިރު، އެ ވީޑިއޯގައި ފެންނަނީ ތިން ފުލުހަކު ވެގެން ލީވާން އަނިޔާވެރިކޮށް ގެންދާ މަންޒަރެވެ.

Advertisement - newsAdvertisement

މުޒާހަރާ ތެރެއިން ލީވާން ގެއްލިގެން ފުލުހުންނާ ސުވާލު ކުރުމުން އޭނާ ހައްޔަރު ކުރިކަން ހާމަ ކުރަން ފުލުހުން ވަނީ ދެކޮޅު ހަދާފައެވެ.

މުޒާހަރާގެ ތެރެއިން ލީވާން ގެއްލުނު ކަމަށް އިއުލާންކުރީ އަދަދުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާނެވެ.

އަޅުގަނޑުމެންނާ އެއްކޮށް މިއަދު ނިކުތް ނޫސްވެރިންގެ ތެރެއިން ލީވާން އަލީ ނާސިރު... އަދަދުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވީތަނެއް ނޭނގޭ، ގެންދިޔަތަނެއް ނޭނގޭ، ހައްޔަރުކުރީ ކަމެއް، ވީގޮތެއް އަޅުގަނޑުމެންނަކަށް ނޭނގެ، އެހެން ވީމާ އެކަން އާއްމުކޮށް އަންގާ އިއުލާނުކުރަން.....ލީވާން އަލީ ނާސިރާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ބޭފުޅަކަށް ލިބިފަވާކަމަށްވާނަމަ އަޅުގަނޑުމެންނަށް އަންގާލަދެއްވާ، ލީވާން އަލީ ނާސިރު އެއީ މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެމްބަރެއް، އަދަދުގެ ނޫސްވެރިޔެއް. ގެއްލިއްޖެ، ގެއްލިއްޖެ، ގެއްލިއްޖެ،....ވަކިވަކިން ހުރިހާ ނޫސްވެރިން ގެންގޮސް ބަންދު ކުރިޔަސް އަޅުގަނޑުމެން މި އަޑު އުފުލާނަން، އަޅުގަނޑުމެންގެ އަޑެއް ނުކެނޑޭނެ....
މުހައްމަދު ޝަހުޒާން

އަންގާރަ ދުވަހު ހެނދުނުން ފެށިގެން މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް އާންމުންނާއި ނޫސްވެރިން ދިޔައީ މުޒާހަރާކުރަމުންނެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ހާލަތާ އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފައެވެ. ބައެއް ނޫސްވެރިންގެ ބޮލަށް ކަކުލުން އަރައި، އަތް އަނބުރައި، އަންނައުނަށް ގެއްލުންދީ، ހަށިގަނޑުން ލޭ އޮހޮރުވާލާފައިވެއެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ފާސްކުރަން ސަރުކާރުން މަސައްކަތްކުރަމުންދާއިރު، ބިލާ ދެކޮޅަށް މަސައްކަތްކުރާ އަދަދު ނޫހުގެ އަހުމަދު އާއިދު، މުހައްމަދު ޝަހުޒާން އަދި ދައުރު ނޫހުގެ އަހުމަދު ނާއިފް ފަދަ ނޫސްވެރިންނަށް ވަނީ މަރުގެ އިންޒާރު ލިބިފައެވެ.

ކައުންސިލް ޖެނެރަލްގެ ލަފާ ހޯދުމަކާ ނުލައި ކޮމިޓީން ބިލު ފާސްކޮށްފައިވާއިރު، އަންގާރަ ދުވަހުގެ ހަވީރު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ޖަލްސާގައި މީޑިއާ ނެތިކޮށްލާ ބިލު ފާސްކުރުމަށް ވޯޓަށް އަހާނެ ކަމަށް ބެލެވެއެވެ.

ލީވާން އަލީ ނާސިރުއަދަދު ނޫސްމީޑިއާ ކައުންސިލްމީޑިއާ ބިލު މަޖިލީސްނޫސްވެރިން-ފުލުހުން

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް
27 ނޮވެމްބަރު 2025

މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ

27 ނޮވެމްބަރު 2025
މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ
19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
29 އޮކްޓޯބަރު 2025

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު