Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަހްމަދު އަލީ ސަވާދު

މީޑިއާ ކޮންޓްރޯލް ބިލުން ރައްޔިތުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލިދާނެ: ސަވާދު

މީޑިއާ ކޮންޓްރޯލް ކުރުމުގެ ބިލު ފާސްވެއްޖެނަމަ ސަރުކާރާ ދެކޮޅަށް ހިޔާލު ފާޅުކުރާ ފަރާތްތައް ފެތޭނީ ގައުމީ ސަލާމަތުގެ ގޮޅިއަކަށް

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2025 | އާދީއްތަ 10:17
ކުރީގެ ބަންޑާރަ ނައިބު ޑރ. އަހްމަދު އަލީ ސަވާދު "ހިޔާލާއި ފިކުރު ކަފުނަށް" ފޯރަމްގައި ވާހަކަ ދައްކަވަނީ

ކުރީގެ ބަންޑާރަ ނައިބު ޑރ. އަހްމަދު އަލީ ސަވާދު "ހިޔާލާއި ފިކުރު ކަފުނަށް" ފޯރަމްގައި ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މިނިވަން މީޑިއާތައް ނައްތާލާ ބިލު ފާސްކޮށްފި ނަމަ، ސަރުކާރާ ދެކޮޅަށް ހިޔާލު ފާޅުކުރާ ފަރާތްތައް ފެތޭނީ "ގައުމީ ސަލާމަތުގެ ގޮޅިއަކަށް" ނުވަތަ "ނަފްރަތު ފެތުރުމުގެ ގޮޅިއަކަށް" ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. އަހްމަދު އަލީ ސަވާދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިން އިސްނަގައިގެން "ޚިޔާލާއި ފިކުރު ކަފުނަށް" ގެ ނަމުގައި އާޓިފިޝަލް ބީޗުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން، މި ބިލުގެ ސަބަބުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ސަވާދު ވިދާޅުވިއެވެ.

މި ބިލު ފާސްވުމުން އުފެދޭ ކޮމިޝަނަށް ހިޔާލު ފާޅުކުރުން މާނަކުރުމުގެ ފުރިހަމަ ބާރު ލިބިގެންދާނެ ކަމަށާއި، އެ މާނަކުރާ ގޮތެއްގެ މައްޗަށް ބިނާކޮށް އާންމު ފަރުދުން ވެސް ޖޫރިމަނާ ކުރުމުގެ އިހްތިޔާރު ކޮމިޝަނަށް ލިބިގެންދާނެ ކަމުގެ ކަންބޮޑުވުން ސަވާދު ފާޅުކުރެއްވިއެވެ.

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ވެސް ސިޔާސީ ވާން ޖެހޭ ކަމަށާއި ތަފާތު ނަޒަރިއްޔާތަކަށް އަޅުގަނޑުމެންގެ ވިސްނުން ހިންގަން ޖެހޭކަމަށް ސަވާދު ވިދާޅުވިއެވެ. އަދި ނޫސްވެރިންނަކީ ވެސް އެ ބައެއްގެ ފިކުރަށް ބިނާވެ ހުރެ ހިޔާލު ފާޅުކުރާ ބައެއް ކަމަށް ފާހަގަކުރެއްވިއެވެ. ނަމަވެސް އެގޮތަށް ފާޅުކުރާ ހިޔާލު ފާޅުކުރުމަކީ "ސިޔާސީ ނުފޫޒު" ގެ ގޮތުގައި މަނާކޮށް ގޮޅިއަކަށް ފެއްތުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށްވެސް ސަވާދު ވިދާޅުވި އެވެ

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް ކޮންމެވެސް ނުފޫޒެއްގައި ޖެހިފައި ތިބޭ ބައެއް. ނުފޫޒަކީ ކޮބައިތޯ؟ ނުފޫޒަކީ ފިކުރު. ކޮންމެ މީހެއްގެ ވެސް އޮންނާނެ ނުފޫޒެއް. އެ މީހާގެ ނުފޫޒުގެ މައްޗަށް ބުރަވެ ހުރެ އެ މީހާގެ ބަސް ބުނާނީ. އެއީ އެ މީހާގެ ފިކުރުގެ މައްޗަށް ބުރަވެ ހުރެ. ނޫސްވެރިންނަކީ ވެސް އެ ބައެއްގެ ފިކުރަށް ބިނާވެ ހުރެ އެ ބައެއްގެ ފިކުރު ފާޅުކުރާ ބައެއް
ކުރީގެ ބަންޑާރަ ނައިބު ޑރ. އަހްމަދު އަލީ ސަވާދު

ބިލުގެ 60، 61 އަދި 80 ވަނަ މާއްދާގައި އާންމުންގެ ހިޔާލުތައް ހިމެނޭކަން ފާހަގަކުރައްވަމުން، އިލެކްޓްރޯނިކް މީޑިއާ އަދި އިންޓަނެޓް މެދުވެރިކޮށް ކުރެވޭ މުއާމަލާތްތައް ވެސް މި ބިލުގެ ދަށުން ރެގިއުލޭޓް ކުރެވިގެންދާނެ ކަމަށް ސަވާދު ވިދާޅުވިއެވެ. އެހެން ކަމުން މި ވާގޮތާ ދޭތެރޭ ވިސްނާލާއިރު އެނގިގެންދަނީ ސަރުކާރުން ކަނޑައެޅިގެން މިނިވަން މީޑިއާ ތައް ކޮންޓްރޯލް ކުރަން ފޫގަޅައިގެން ހުރި މިންވަރު ކަމުގައެވެ. އަދި މިބިލުން ސަލާމަތް ވާނީ ރައީސް މުއިއްޒުއާ، މުއިއްްޒުގެ އަގުލަބިއްޔަތުގައި ދެމިއޮންނަ މަޖިލިސް ކަމަށް ސަވާދު ފާހަގަ ކުރެއްވިއެވެ.

ތަހުޒީބީ ޑިމޮކްރަސީތަކުގައި އަބުރަށް އަރައިގަތުމަކީ ޖިނާއީ ކުށެއްގެ ބަދަލުގައި މަދަނީ ކުށެއްގެ ގޮތުގައި ބެލެވޭ ކަމަށް ފާހަގަކުރައްވަމުން، މި ބިލަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުވާލުމަށް އަމާޒުކޮށްފައިވާ ބިލެއް ކަމަށް ސަވާދު ވަނީ ވިދާޅުވެފައެވެ.

އަހްމަދު އަލީ ސަވާދުމީޑިއާ ބިލު މަޖިލީސްދުލާއި ގަލަމުގެ މިނިވަންކަންއާޓިފިޝަލް ބީޗުޕްރެސް ފްރީޑަމް

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ

މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ

27 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
އެތައް މިލިއަން ރުފިޔާއެއް ހަރަދު ކޮށްގެން، 60 ހާސް މީހުންގެ ތެރެއިން އެއްކުރެވުނީ އެންމެ 13 ހާސް މީހުން!

އެތައް މިލިއަން ރުފިޔާއެއް ހަރަދު ކޮށްގެން، 60 ހާސް މީހުންގެ ތެރެއިން އެއްކުރެވުނީ އެންމެ 13 ހާސް މީހުން!

14 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު