Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޕީއެންސީ ޖަލްސާ

އެތައް މިލިއަން ރުފިޔާއެއް ހަރަދު ކޮށްގެން، 60 ހާސް މީހުންގެ ތެރެއިން އެއްކުރެވުނީ އެންމެ 13 ހާސް މީހުން!

ޕީއެންސީން އެތައް މިލިއަން ރުފިޔާއާއި ސަރުކާރު ވަސީލަތްތައް ހަރަދުކޮށް، 60،000 މެންބަރުންގެ ތެރެއިން 13،000 މީހުން ޖަލްސާއަށް ގެނެވުމަކީ ރައީސް މުއިއްޒު ފާހަގަކުރެއްވި ކަމުގައިވިޔަސް، ބޮޑު ނާކާމިޔާބީ އެއްކަމަށް ސިޔާސީ ފަރާތްތަކުން ފާހަގަކުރެ އެވެ. ރައްޔިތުންގެ ދިރިއުޅުން އުދަގޫވެފައިވާ ދަނޑިވަޅެއްގައި ޓެކްސްގެ ފައިސާއިން ސިޔާސީ ޕާޓީގެ ޖަލްސާއަކަށް މިހާ ބޮޑު ހަރަދެއް ކުރުމަކީ ކަންބޮޑުވާކަމެއްކަން ގިނަ ފަރާތްތަކަކުން ފާހަގަކުރެ އެވެ.

ޕީއެންސީން ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި 60،000 މެމްބަރުންގެ ތެރެއިން އެންމެ 13،000 މެމްބަރުން އެއްކުރެވުނީ ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށް އެތައް މިލިއަން ރުފިޔާ ހަރަދުކުރުމަށްފަހު

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2025 | ހުކުރު 19:55
ޕީއެންސީ ޖަލްސާގައި ރައީސް މުއިއްޒު

ޕީއެންސީ ޖަލްސާގައި ރައީސް މުއިއްޒު

ޕީއެންސީން ހުކުރު ދުވަހުގެ ރޭގައި އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު ޖަލްސާގައި އެއްކުރެވުނީ އެ ޕާޓީގައި ތިބި 60،000 އަށްވުރެ ގިނަ މެމްބަރުންގެ ތެރެއިން އެންމެ 13،000 މެމްބަރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. މި ޖަލްސާއަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށް، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ހުރިހާ ހިސާބަކުން މީހުން ގެނައުމަށް މަސައްކަތް ކުރިއިރު، ބޮޑު މަންޒަރެއް ދެއްކުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާކަން މި އަދަދުތަކުން ހާމަވެ އެވެ.

ޖަލްސާގައި ވާހަކަ ފައްޓަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި ރޭ ބޭއްވޭ ބައްދަލުވުމަކީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި މިހާތަނަށް އެންމެ ގިނަ މީހުން ބައިވެރިވާ ބައްދަލުވުން ކަމަށެވެ. އާޓިފިޝަލް ބީޗު ސަރަހައްދުގައި މިވަގުތު 13،000 އަށްވުރެ ގިނަ މީހުން ތިބި ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މި އަދަދަކީ ޕީއެންސީގެ އިސް ފަރާތްތަކުން ކުރިން ލަފާކުރި އަދަދަށްވުރެ ވަރަށް ދަށް އަދަދެކެވެ.

މި ބައްދަލުވުމަކީ. އަޅުގަނޑު ބަލައިލިއިރުގަ ރާއްޖޭގެ ސިޔާސީ ހަޔާތުގަ ބޭއްވޭ އެންމެ މީހުން ގިނަ ބައްދަލުވުން. މިވަގުތު ވެސް މިތަނުގައި 13،000 އަށްވުރެ ގިނަ ރައްޔިތުން އެބަތިބިކަމުގެ ޔަގީންކަން އަޅުގަނޑު މި އަރުވަނީ،
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

ޑީއެންއާރުން ބޮޑެތި ވައްކަން ކޮށްގެން 60،000 މެމްބަރުން ހަމަކުރި ޕީއެންސީގެ ބައެއް އިސް ފަރާތްތަކުން މީގެ ކުރިން ބުނެފައިވަނީ، މި ޖަލްސާއަށް މަދުވެގެން 15،000 މީހުން އެއްތަންކުރާނެ ކަމަށެވެ. އެހެންނަމަވެސް، އެ އަދަދަށް ވުރެ ވަރަށް މަދު މީހުން ޖަލްސާގައި ބައިވެރިވުމަކީ ޕީއެންސީއަށް ލިބުނު ބޮޑު ނާކާމިޔާބީ އެއް ކަމަށް ސިޔާސީ ގިނަ ފަރާތްތަކުން ފާހަގަކުރެ އެވެ.

ޕީއެންސީގެ ބޮޑު ޖަލްސާއަށް މީހުން ގެނައުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ މިއިން ޒަމާނަކު ރާއްޖޭގެ ސަރުކާރަކުން ސިޔާސީ ޕާޓީއެއްގެ ޖަލްސާއަކަށް މީހުން ގެނައުމަށް ނުކުރާހާ ގިނަ މަސައްކަތް ކޮށްފަ އެވެ. ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް، ރާއްޖޭގެ ހުރިހާ ހިސާބަކުން ޖަލްސާއަށް މީހުން ގެނައުމަށް ބޮޑެތި ކަންކަން ރާވާފައިވާކަން ގިނަ ފަރާތްތަކުން ފާހަގަކުރެ އެވެ.

ޖަލްސާއަށް މީހުން ގެނެސްގެން ރައީސް މުއިއްޒުގެ ލޯބި ހޯދަން ޕީއެންސީގެ އިސް ފަރާތްތަކުން ވަނީ ބުރަ މަސައްކަތެއް ކޮށްފަ
ޖަލްސާއަށް މީހުން ގެނެސްގެން ރައީސް މުއިއްޒުގެ ލޯބި ހޯދަން ޕީއެންސީގެ އިސް ފަރާތްތަކުން ވަނީ ބުރަ މަސައްކަތެއް ކޮށްފަ

މި ޖަލްސާއަށް އެތައް މިލިއަން ރުފިޔާއެއް ޕީއެންސީގެ ފަރާތުން ހަރަދުކުރާނެ ކަމަށް، އެ ޕާޓީއަށް ނިސްބަތްވާ އިސް ފަރާތްތަކުން ވަނީ މީގެ ކުރިން ފަހުރުވެރިކަމާއެކު ވިދާޅުވެފަ އެވެ. މި ޖަލްސާއަށް 50 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ވެސް ވަނީ ވިދާޅުވެފަ އެވެ. އަބްދުއްރަހްމާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީއެންސީގެ ޖަލްސާގައި ބޮޑު މަންޒަރު ދެއްކުމަށް އަންލިމިޓެޑް ބަޖެޓެއް އޮތް ވާހަކައިގެ އިތުރުން، 50 މިލިއަން ރުފިޔާ ހަރަދުވާ ވާހަކަ ވެސް އަޑުއިވިފައިވާ ކަމަށެވެ.

އަންލިމިޓެޑް ބަޖެޓެއް ލިބިގެން، 60،000 މީހުންގެ ތެރެއިން އެންމެ 13،000 މީހުން އެއްކުރެވުމަކީ ބޮޑު ނާކާމިޔާބީއެއްކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. މި އަދަދުތަކުން ދައްކާ ގޮތުގައި، ޕީއެންސީގެ މެމްބަރުންގެ ތެރެއިން ޝައުގުވެރިކަމެއް އުފެދިގެން ޖަލްސާގައި ބައިވެރިވީ ވަރަށް މަދު ބައެއްކަން އެނގެ އެވެ. މީގެ އިތުރުން، ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން މީހުން ގެނައުމަށް ކުރި މަސައްކަތުން ވެސް ބޮޑު ނަތީޖާއެއް ނުނެރެވުނުކަން ހާމަވެއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، ރައްޔިތުންނަށް ދިރިއުޅުމުގެ ހަރަދު އުފުލަން އުދަގޫވެފައިވާ ދަނޑިވަޅެއްގައި، ސަރުކާރު ހިންގާ ޕާޓީއެއްގެ ޖަލްސާއަކަށް މިހާ ބޮޑު އަދަދެއްގެ ފައިސާ ހަރަދުކުރަނީ ކޮން ގޮތަކުން ހޯދައިގެންތޯ ގިނަ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. ރައްޔިތުންގެ ޓެކްސްގެ ފައިސާއިން ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ވަސީލަތްތައް ސިޔާސީ ޕާޓީއެއްގެ ޖަލްސާއަކަށް ބޭނުންކުރުމަކީ ގާނޫނީ ގޮތުން ވެސް މައްސަލަ އުފެދޭ ކަމެއްކަމަށް ގާނޫނީ ދާއިރާގެ ބޭފުޅުންވެސް ފާހަގަކުރެ އެވެ.

މި ޖަލްސާއަށް ބޮޑު ތައްޔާރީތަކެއް ކުރިއިރު، ރާއްޖޭގެ އެކި ހިސާބުތަކުން މީހުން ގެނައުމަށް ސަރުކާރުގެ ފަރާތުން ބޮޑެތި ހަރަދުތަކެއް ކުރިކަން ވެސް ފާހަގަކުރެވެ އެވެ. ބައެއް ރަށްރަށުން މީހުން ގެނައުމަށް ސަރުކާރުގެ ފަރާތުން ހާއްސަ ފެރީތަކާއި ސްޕީޑް ބޯޓްތަކާއި ފްލައިޓް ތައް ހަމަޖައްސައި ދީފައިވާކަމަށް ބުނެއެވެ. އަދި ބައެއް ސަރުކާރު މުވައްޒަފުންނަށް ޖަލްސާގައި ބައިވެރިވުމަށް ޕްރެޝަރު ކުރިކަމުގެ ޝަކުވާތައް ވެސް ވަނީ ލިބިފަ އެވެ.

ޖަލްސާ އަށް ހާޒިރުވި ގިނަ މެންބަރުންނަކީ އެ ޕާޓީގެ ސިޔާސަތުތަކާ ދެކޮޅު، އެހެން ނަމަވެސް ވަޒީފާގެ ބިރައްޓަކައި ހާޒިރުވި މެންބަރުންނެވެ.

މި ޖަލްސާގެ ނަތީޖާއިން ދައްކަނީ، ޕީއެންސީގެ މެންބަރުންގެ ތެރޭގައި ވެސް އެ ޕާޓީގެ ލީޑަރޝިފާ ދޭތެރޭ އިތުބާރު ނެތްކަމެވެ. އެތައް މިލިއަން ރުފިޔާއިން ޚަރަދުކޮށް، ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވެސް، ބޮޑު އަދަދެއްގެ ބަޔަކު ޖަލްސާއަށް ހާޒިރުކުރުމަށް ނުކުޅެދުމަކީ، ޕީއެންސީއަށް ކުރިމަތިވި ސިޔާސީ ނާކާމިޔާބީ އެއް ކަމަށް ގިނަ ފަރާތްތަކުން ދެކެ އެވެ.

ޕީއެންސީރައީސް މުއިއްޒުއާޓިފިޝަލް ބީޗު

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު