Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

ސޮސިއެޑާޑް ބަލިކޮށް، ރެއާލް އަށް ހަތަރު ވަނަ މޮޅު

މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ބުނެފައި ވަނީ، މެޗުގެ ބޮޑު ބައި ރެއާލް އިން ކުޅެން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށް ކަމަށާއި، ނަމަވެސް ކުޅުންތެރިންގެ ފަރާތުންް ފެނުނީ އާދަޔާ ޚިލާފު ހިތްވަރެއް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2025 | އާދީއްތަ 04:46
މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ އެމްބާޕޭ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ އެމްބާޕޭ އުފާ ފާޅު ކުރަނީ

ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ރެއާލް މެޑްރިޑް އިން އެ ޓީމުގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.

ސޮސިއެޑާޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ރެއާލް އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެއާލް އިން ދެ ލަނޑު ޖެހިއިރު، ފަހު ހާފުގައި ސޮސިއެޑާޑް އިން ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ރެއާލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ، ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. އޭގެ ފަހުން މެޗުގެ 32 ވަނަ މިނެޓުގައި ރެއާލްގެ ޑީން ހައުސަން އަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.

އެއް ކުޅުންތެރިޔަކު މަދުން ކުޅެމުން ދިޔަ ނަމަވެސް، ރެއާލް އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، ރެއާލް އަށް އެ ލަނޑު ޖަހައިދިނީ އާޑާ ގުލާ އެވެ. އޭނާ އެ ލަނޑު ޖަަހަން ފުރުސަތު ތަނަވަސްކޮށްދިނީ އެމްބާޕޭ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ސޮސިއެޑާޑް އިން އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ، އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. ރެއާލްގެ އޭރިޔާ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔެއްގެ އަތުގައި ބޯޅަ ޖެހުމުން، ސޮސިއެޑާޑް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކުރީ މިކޭލް އޮޔާޒަބާލް އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ބުނެފައި ވަނީ، މެޗުގެ ބޮޑު ބައި ރެއާލް އިން ކުޅެން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށް ކަމަށާއި، ނަމަވެސް ކުޅުންތެރިންގެ ފަރާތުންް ފެނުނީ އާދަޔާ ޚިލާފު ހިތްވަރެއް ކަމަށެވެ. އޭނާ ބުނީ މެޗުން މޮޅުވުމަށްޓަކައި ކުޅުންތެރިން އިތުރު ހިތްވަރެއްގައި މަސައްކަތް ކުރި ކަމަށެވެ.

އަލޮންސޯ ބުނީ، މެޗުގައި ރެއާލް އަށް އިތުރު ލަނޑު ޖަހަން ވެސް ފުރުސަތުތަކެއް ލިބުނު ކަމަށާއި، ނަަމަވެސް ބައެއް ވަގުތު ތަކުގައި އުނދަގޫތައް ދިމާވި ކަމަށެވެ. އޭނާ ބުނީ މެޗުގެ ނަތީޖާ ހިފަހައްޓަން ޖެހޭކަން ކުޅުންތެރިންނަށް ވިސްނުނު ކަމަށާއި، ކުޅުންތެރިން ކުޅެމުން ދިޔައީ އެކަމަށް ވަރަށް ބޮޑަށް ވިސްނައިގެން ކަމަށެވެ.

ލީގުގައި މިހާތަނަށް ކުޅެފައިވާ ހަތަރު މެޗުން ވެސް ރެއާލް މޮޅުވެފައިވާއިރު، އެއް ވަނައިގައި އެ ޓީމު އޮތީ 12 ޕޮއިންޓާ އެކު އެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑްރެއާލް ސޮސިއެޑާޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު