Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނޯބެލް އިނާމު

އަމިއްލަ އަށް ޕްރޮމޯޓުވާން ޓްރަމްޕް ދައްކާ ވާހަކަ އަށް ނުބަލާނެ ކަމަށް ނޯބެލް ކޮމެޓީ އިން ބުނެފި

އުމުރުފުޅުން 79 އަހަރުގެ ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ ނޯބެލް ސުލްޙައި އިނާމު ލިބެން ވާނީ އޭނާ އަށް ކަމަށެވެ. މިހާރު އެމެރިކާގެ ރައީސް ކަމުގެ ދެ ވަނަ ދައުރު ފުރިހަމަ ކުރަމުން ގެންދަވާ ޓްރަމްޕް ވިދާޅުވީ، މިހާތަނަށް އައިއިރު ހަ ހަނގުރާމަ ނިންމުމަށް ގެނައުމުގައި އޭނާގެ ދައުރު އޮންނާނެ ކަމަށެވެ.

ނޯބެލް ކޮމިޓީން ބުނެފައިވަނީ ޓްރަމްޕްގެ އަމިއްލަ ޕްރޮމޯޝަނަށް އެއްވެސް ސަމާލުކަމެއް ނުދޭނެކަން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2025 | ހުކުރު 07:36
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ނޯބެލް ސުލްޙައިގެ އިނާމު ހޯދުމުގެ މަޤުސަދުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަމިއްލަ އަށް ޕްރޮމޯޓުވާން ދައްކާ އެއްވެސް ވާހަކަ އަކަށް ނުބަލާނެ ކަމަށް، ނޯބެލް އިނާމު ކޮމެޓީ އިން ބުނެފި އެވެ.

އޭއެފްޕީ އަށް ދެއްވި އިންޓަވިޔުއެއްގައި ނޯބެލް ކޮމެޓީގެ ސެކްރެޓަރީ ޖެނަރަލް ބާގް ހާޕްވިކެން ވިދާޅުވީ، ވަކި ކެންޑިޑޭޓަކަށް މީޑިއާގެ ސަމާލުކަން ލިބުނު ކަމުގައި ވީ ނަމަވެސް، އެކަމަކީ ކޮމެޓީގެ މަޝްވަރާތަކަށް އެއްވެސް އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށެވެ.

އުމުރުފުޅުން 79 އަހަރުގެ ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ ނޯބެލް ސުލްޙައި އިނާމު ލިބެން ވާނީ އޭނާ އަށް ކަމަށެވެ. މިހާރު އެމެރިކާގެ ރައީސް ކަމުގެ ދެ ވަނަ ދައުރު ފުރިހަމަ ކުރަމުން ގެންދަވާ ޓްރަމްޕް ވިދާޅުވީ، މިހާތަނަށް އައިއިރު ހަ ހަނގުރާމަ ނިންމުމަށް ގެނައުމުގައި އޭނާގެ ދައުރު އޮންނާނެ ކަމަށެވެ.

ނަމަވެސް، އެމެރިކާާގެ ރިޔާސީ ކެމްޕެއިންގައި ޓްރަމްޕް އެންމެ ގަދަ އަށް ދެެއްކެވީ އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އާއި، ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިމުމަކަށް ގެންނާނެ ވާހަކަ އެވެ. ނަމަވެސް، ވެރި ކަމަށް އަށް މަސް ދުވަަސް ވެގެން ދިޔައިރު ވެސް، އެކަމުގައި ޓްރަމްޕް އަށް ކާމިޔާބު ހޯދިފައި ނުވެ އެވެ.

މިއަހަރުގެ ނޯބެލް ސުލްޙައިގެ އިނާމަށް ޓްރަމްޕްގެ ނަން ހުށަހަޅާފައިވާ ކަމަށް ބައެއް ޤައުމު ތަކުން ވަނީ ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި އިސްރާއީލް ހިމެނޭއިރު، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ނޯބެލް އިނާމު ކޮމެޓީ އަށް ފޮނުވި ސިޓީ ވެސް ޓްރަމްޕް އަށް ރައްދު ކޮށްފަ އެވެ. އިސްރާއީލްގެ އިތުރުން އަޒަރުބައިޖާން ފަދަ ޤައުމު ތަކުން ވެސް ވަނީ ނޯބެލް އިނާމަށް ޓްރަމްޕްގެ ނަމަށް ތާއީދު ކުރާ ކަމަށް ހާމަކޮށްފަ އެވެ.

ނޯބެލް ކޮމެޓީގެ ސެކްރެޓަރީ ޖެނަރަލް ވިދާޅުވީ އިނާމަށް ނަން ހުށަހެޅުމަކީ މާ ބޮޑު ކާމިޔާބެއް ނޫން ކަމަށާއި، އަސްލު ކާމިޔާބަކީ އިނާމު ލިބުން ކަމަށެވެ. އިނާމަށް ނަން ހުށަހެޅުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި ދުނިޔޭގެ ހުރިހާ ޤައުމެއްގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި، ވަޒީރުންނާއި، ބައެއް ޔުނިވާސިޓީ ތަކުގެ ޕްރޮފެސަރުން ވެސް ހިމެނެ އެވެ.

މިއަހަރުގެ ނޯބެލް އިނާމު ލިބޭ ފަރާތް އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެވެ. މިއަހަރުގެ އިނާކަށް 338 ފަރާތަކަށް ވުރެ ގިނަ ފަރާތްތަކުން ނަން ހުށަހަޅާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މަސްދަރު: އޭއެފްޕީ

ޑޮނަލްޑް ޓްރަމްޕްނޯބެލް ސުލްޙައިގެ އިނާމުއިސްރާއީލް-ޣައްޒާރަޝިޔާ-ޔުކްރެއިންޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 އެޕްރީލު
އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި
20251 އަހަރު ކުރިން
ރާއްޖެ

އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު
20242 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް
20215 އަހަރު ކުރިން
ދުނިޔެ

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟
20197 އަހަރު ކުރިން
ރިޕޯޓު

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު