Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމަތިންދާބޯޓު ހާދިސާ

ފަސިންޖަރުންނާއެކު އުދުހެމުން ދިޔަ ބޯޓެއްގެ އިންޖީނު ނިއްވާލަން މަސައްކަތް ކުރި ކަމަށް ޕައިލެޓް އެއްބަސްވެއްޖެ

7 ސެޕްޓެމްބަރު 2025 | އާދީއްތަ 02:31

ސައިކެޑެލިކް މަޝްރޫމް ބޭނުންކޮށްގެން ހުރި ކުރީގެ ޕައިލެޓަކު، 80 ފަސިންޖަރުން ތިބި މަތިންދާބޯޓެއްގެ އިންޖީނު ދަތުރުގެ މެދުތެރެއިން ހުއްޓާލަން މަސައްކަތްކޮށްފައިވާ ކަމަށް ކޯޓުގައި ވަނީ އިއުތިރާފު ވެފައި.

ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2025 | އާދީއްތަ 02:31
އެލަސްކާ އެއަރލައިންގެ މަތިންދާ ބޯޓެއް ދަތުރު ކުރަމުން ދަނީ

އެލަސްކާ އެއަރލައިންގެ މަތިންދާ ބޯޓެއް ދަތުރު ކުރަމުން ދަނީ

ފަސިންޖަރުންނާއެކު ދަތުރުކުރަމުން ދިޔަ މަތިންދާބޯޓެއްގެ އިންޖީނު ދަތުރުގެ މެދުތެރެއިން ނިއްވާލަން މަސައްކަތްކުރި ކަމަށް އެ ބޯޓުގެ ކުރީގެ ޕައިލެޓެއް ކޯޓުގައި އިއުތިރާފު ވެއްޖެއެވެ.

ކޯޓު ލިޔުންތަކާ ހަވާލާ ދީ ރިޕޯޓުތައް ބުނާ ގޮތުގައި ޖޯސެފް ޑޭވިޑް އެމަރސަން ކިޔާ މި މީހާ އަކީ އެލާސްކާ އެއަރލައިންސްގެ ފްލައިޓެއްގައި ޑިއުޓީ އިން ބޭރުން ކޮކްޕިޓްގައި ދަތުރު ކުރަމުން ދިޔަ މީހެކެވެ. ކޯޓު ލިޔެކިޔުންތަކުން ދައްކާގޮތުގައި އޭނާ ވަނީ ޕައިލެޓުންނާ ދިމާލަށް "އަހަރެން ރަނގަޅެއް ނޫން" ކަމަށް ބުނުމަށްފަހު ބޯޓުގެ އިންޖީނު ނިއްވާލަން މަސައްކަތް ކޮށްފައެވެ.

އެމަރސަން ފުލުހުންގެ ތަހުގީގު ގައި ބުނެފައި ވަނީ އޭނާ ނުރައްކާތެރި ވިހަ އެއް އެކުލެވޭ ހަންޑިކުޑައިގެ ބާވަތެއް ބޭނުން ކޮށްފައިވާ ކަމަށާއި، ނަފްސާނީ ބައްޔެއްގައި އޭނާ އުޅެމުން އައިސްފައިވާ ކަމަށެވެ.

އޭނާގެ އިއުތިރާފުވުމުގެ އެއްބަސްވުމުގެ ދަށުން، ޕްރޮސިކިއުޓަރުންނަށް އެއް އަހަރުގެ ޖަލު ޙުކުމެއް ހުށަހެޅިދާނެއެވެ. އެހެން ނަމަވެސް ބަންދުގައި އޭނާ ހޭދަ ކޮށްފައިވާ މުއްދަތައް ރިއާޔަތްކޮށް އޭނާގެ ވަކީލުން އިތުރު ޖަލު މުއްދަތެއް ނުދިނުމަށް ވަކާލާތު ކުރާނެ ކަމަށް ބެލެވެއެވެ.

ސްޓޭޓް ކޯޓުން އޭނާ އަށް 50 ދުވަހުގެ ޖަލު ޙުކުމެއް ކޮށްފައިވެއެވެ. މި މުއްދަތު އޭނާ ވަނީ ހަމަކޮށްފައެވެ. މީގެ އިތުރުން 5 އަހަރުގެ ޕްރޮބޭޝަން އާއި އޭނާ ނުރައްކަލަށް ހުށަހެޅި ކޮންމެ މީހަކަށް 8 ގަޑިއިރުގެ ރޭޓުން 664 ގަޑިއިރުގެ ކޮމިއުނިޓީ ސަރވިސް އަދި 60,659 ޑޮލަރުގެ ބަދަލު ދެއްކުމަށް ޙުކުމް ކޮށްފައި ވެއެވެ.

ހުކުރު ދުވަހު ކޯޓުގައި، އެމަރސަން ބުނެފައި ވަނީ މަޝްރޫމް ބޭނުން ކުރުމަށްފަހު ޙަޤީޤަތް ވަޒަން ކުރުމުގެ ޤާބިލުކަން ގެއްލިފައިވާ ކަމަށެވެ. "އެހެން ވިޔަސް ކުރެވުނީ ރަނގަޅު ކަމެއް ނޫން،" ކަމަށް އޭނާ ބުނެފައިވެއެވެ.

22 އޮކްޓޯބަރ 2023 ގައި ހިނގި މި ހާދިސާގެ ފްލައިޓަކީ 80 ފަސިންޖަރުންނާއެކު ވޮޝިންގްޓަނުން ސެން ފްރާންސިސްކޯ އަށް ދަތުރު ކުރަމުން ދިޔަ ފްލައިޓެކެވެ. އެހެން ނަމަވެސް ބޯޓު ތެރޭގައި ހިނގި މި ހަމަނުޖެހުމާ އެކު މި ފްލައިޓް ވަނީ ޕޯޓްލަންޑް އަށް ޑައިވާޓް ކޮށްފައެވެ.

ޖިނާއީ ދައުވާ ގައި ބުނެފައިވާ ގޮތުގައި އެއް ޕައިލެޓް ބުނެފައި ވަނީ އެމަރސަން ގެ އުނދަގޫ ހުއްޓެންދެން އޭނާއާ ތަޅާފޮޅަން ޖެހުނު ކަމަށެވެ. އޭގެފަހުން އޭނާ ކޮކްޕިޓުން ނެރެވުނެވެ. މުޅި ހާދިސާ ގައި ހޭދަވެފައިވަނީ 90 ސިކުންތުގެ ވަގުތުކޮޅެކެވެ.

މަސްދަރު: ބީބީސީ

މަތިންދާބޯޓު ހާދިސާއެލަސްކާ އެއަރލައިން

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ

05 ޑިސެމްބަރު 2025
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ
26 މާރިޗު 2018

ވިލް ސްމިތު މައާމީގައި: އަލްޓްރާ މިއުޒިކް ފެސްޓިވަލް 2018 ބަލަން ދިޔަ ފަރާތްތަކަށް 'ސަޕްރައިޒް'އެއް

26 މާރިޗު 2018
ވިލް ސްމިތު މައާމީގައި: އަލްޓްރާ މިއުޒިކް ފެސްޓިވަލް 2018 ބަލަން ދިޔަ ފަރާތްތަކަށް 'ސަޕްރައިޒް'އެއް
26 ފެބުރުއަރީ 2018

ސްރީދެވީގެ އެންމެ ފަހު ވަގުތުކޮޅު: ތައްޔާރުވަމުންދިޔައީ ފިރިމީހާއާއެކު ޑޭޓަކަށް ދިއުމަށް!

26 ފެބުރުއަރީ 2018
ސްރީދެވީގެ އެންމެ ފަހު ވަގުތުކޮޅު: ތައްޔާރުވަމުންދިޔައީ ފިރިމީހާއާއެކު ޑޭޓަކަށް ދިއުމަށް!
21 ޖެނުއަރީ 2018

މުދިމު ފަތިސް ނަމާދަށް ދިޔަ ދަނޑިވަޅު ބަލާފައި މުދިމުގެ އަނބިމީހާ ގާތައް ވަދެއްޖެ!

21 ޖެނުއަރީ 2018
މުދިމު ފަތިސް ނަމާދަށް ދިޔަ ދަނޑިވަޅު ބަލާފައި މުދިމުގެ އަނބިމީހާ ގާތައް ވަދެއްޖެ!
08 ޖެނުއަރީ 2018

ގޯލްޑަން ގްލޯބް އެވޯޑްސް 2018: އާ ކަންތަކެއް ފެނިގެން ދިޔަ ހަފްލާއެއް

08 ޖެނުއަރީ 2018
ގޯލްޑަން ގްލޯބް އެވޯޑްސް 2018: އާ ކަންތަކެއް ފެނިގެން ދިޔަ ހަފްލާއެއް
28 ޑިސެމްބަރު 2017

ކްރިކެޓާއި ދުރަށް ދިޔައީ ކައިވެނިކުރުމަށް: ވިރާތު ކޯލީ

28 ޑިސެމްބަރު 2017
ކްރިކެޓާއި ދުރަށް ދިޔައީ ކައިވެނިކުރުމަށް: ވިރާތު ކޯލީ
20 ޑިސެމްބަރު 2017

އެވޯޑް ހަފްލާގައި އެންމެ ކަމުދިޔަ ހުށަހެޅުމަކީ އައްޒައާއި ޖުމާގެ ހުށަހެޅުން

20 ޑިސެމްބަރު 2017
އެވޯޑް ހަފްލާގައި އެންމެ ކަމުދިޔަ ހުށަހެޅުމަކީ އައްޒައާއި ޖުމާގެ ހުށަހެޅުން
30 އޯގަސްޓު 2017

މަގުމަތީގައި ނަށަމުންދިޔަ 14 އަހަރުގެ ކުޑަ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި

30 އޯގަސްޓު 2017
މަގުމަތީގައި ނަށަމުންދިޔަ 14 އަހަރުގެ ކުޑަ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި
21 މާރިޗު 2017

އިންޖީނުލީ އެއްޗެހި ނުދުއްވަން އެއްބަސްވާ ޖަޕާނުގެ މުސްކުޅިންނަށް އެމީހުންގެ ޖަނާޒާއިން 15 ޕަސެންޓް ޑިސްކައުންޓް ދެނީ

21 މާރިޗު 2017
އިންޖީނުލީ އެއްޗެހި ނުދުއްވަން އެއްބަސްވާ ޖަޕާނުގެ މުސްކުޅިންނަށް އެމީހުންގެ ޖަނާޒާއިން 15 ޕަސެންޓް ޑިސްކައުންޓް ދެނީ
23 ޖެނުއަރީ 2017

ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި

23 ޖެނުއަރީ 2017
ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް