Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މީހުން ގާތައް ވަނުން

މުދިމު ފަތިސް ނަމާދަށް ދިޔަ ދަނޑިވަޅު ބަލާފައި މުދިމުގެ އަނބިމީހާ ގާތައް ވަދެއްޖެ!

މައްސަލަ ދަނީ ކޯޓުން ބަލަމުން، ހުކުމް ކުރުން ފެބްރުއަރީ 18 ގައި

ރާއްޖެ އެމްވީ | 21 ޖެނުއަރީ 2018 | އާދީއްތަ 17:57
ޑުބާއީގެ މަޝްހޫރު މިސްކިތެއް

ޑުބާއީގެ މަޝްހޫރު މިސްކިތެއް

މުދިމު ފަތިސް ނަމާދަށް ދިޔަ ދަނޑިވަޅު ބަލާފައި މުދިމުގެ އަނބިމީހާގެ ގާތައް ވަތް މީހެއްގެ މައްސަލަ ޑުބާއީގެ ކޯޓަކުން ބަލަން ފަށައިފިއެވެ.

މިސްކިތާ އިންވެގެން ހުންނަ މުދިމު ދިރިއުޅޭ ކޮޓަރީގައި ނިދާފައި އޮތް އޭނާގެ އަނބިމީހާ ގާތައް ވަނީ އުމުރުން 36 އަހަރުގެ ޕާކިސްތާނުގެ ފިރިހިނެއް ކަމަށް ޚަލީޖް ޓައިމްސްގައި ބުނެފައިވެއެވެ.

މައްސަލައިގެ ތަހުގީގު ރިޕޯޓުގައިވާ ގޮތުން ފަތިސް ނަމާދަށް ބަންގި ގޮވުމަށް މުދިމު ކޮޓަރިން ނުކުތް ވަގުތު ބަލާފައި މި ފިރިހެން މީހާ ނިދާފައި އޮތް އޭނާގެ އަނބިމީހާ ގާތައް ވަދެ މޫނުގައި ފިރުމާ މޫނުގައި ދޮންދީ ހަދާފައިވެއެވެ.

މުދިމުގެ އަނބިމީހާ ތަހުގީގައް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އޭނާގެ ފިރިމީހާ މިސްކިތާ އިންވެގެން ހުންނަ ކޮޓަރިން ނުކުތީ ފަތިސް ނަމާދަށް ބަންގި ގޮވުމަށާއި އިމާމުވެ ނަމާދު ކުރުމަށް ކަމުގައެވެ.

"އަހަރެން ނިދާފައި އޮއްވާ އަހަންނަށް އިހުސާސް ކުރެވުނު މީހަކު މަގޭ ނިތްކުރީގައި ދޮންދީ މޫނުގައި ފިރުމާ ހަދާކަން. އަހަރެން ހީކުރީ ފިރިމީހާ ކަމަށް. އެކަމަކު ހަމަ އެވަގުތު މިސްކިތުން އަހަރެންގެ ފިރިމީހާގެ އަޑުން ބަންގި ގޮވާ އަޑު އިވިއްޖެ. ދެން އަހަރެން ލޯ ހުޅުވާ ބަލާލި އިރު އެމީހާ އަހަރެންގެ މޫނާ ދިމާލަށް އޭނާގެ މޫނު ގެންނަނީ. ދެން އަހަރެން ހަޅޭއްލަވައި ގަތުމުން އޭނާ ދުއްވައިގަތީ" އަންހެން މީހާ މި ހާދިސާ ހިނގި ގޮތް ކިޔައިދެމުން ބުނެފައިވެއެވެ.

އަންހެން މީހާ ހަޅޭއްލަވައިގަތުމުން މި މީހާ ދުވެފައި ގޮސް ވަދެ އިނީ މިސްކިތުގައި ކަމަށް ވެއެވެ. މުދިމު ބުނި ގޮތުގައި މިކަން ކުރި މީހާ އޭނާ އަށް މިސްކިތުގައި އިންކަން ވަނީ ފާހަގަވެސް ވެފައެވެ.

"ނަމާދު ކޮށް ނިމިގެން މިސްކިތުގައި ހުރި އަހަރެންގެ ކޮޓަރި އަށް އެނބުރި ދިޔަ އިރު އޭނާ މިސްކިތުގައި އިން، ކޮޓަރި އަށް ވަތް އިރު އަންހެނުން ހުރީ ވަރަށް ބިރުގަނެފައި، އޭނާ ތުރުތުރު އަޅާ، އަންހެނުން ބުނި މީހަކު އޭނާގެ ކައިރިއަށް ވަތް ވާހަކަ އަދި އޭނާ ދެނެގަންނަން އެނގޭނެ ވާހަކަވެސް" މުދިމު ބުނެފައިވެއެވެ.
"އަހަރެން ވަގުތުން އެނބުރި ވަނީ މިސްކިތް ތެރެއަށް އަދި ޝައްކު ކުރެވޭ މީހާ ކައިރީ އެވާހަކަ އެހުމުން އޭނާ ވަގުތުން އެކަމަށް އެއްބަސްވި އަދި އެކަމަށް މާފަށް އެދި ފުލުހުންނަށް ނޭންގުމަށްވެސް އެދުނު" މިހާދިސާ އާ ބެހޭ ގޮތުން އިތުރަށް މުދިމު ބުނެފައި ވެއެވެ.

މި ހާދިސާ ހިނގީ މި ދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މައްސަލައިގެ ހުކުމް ކުރުން އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 18 ގައި ކަމަށް ޚަލީޖްޓައިމްސްގައި ބުނެފައިވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިޕީކާ އާއި ރަންވީރު ސްރީ ލަންކާއަށް ދިޔައީ ކީއްކުރަން؟

ދިޕީކާ އާއި ރަންވީރު ސްރީ ލަންކާއަށް ދިޔައީ ކީއްކުރަން؟

22 ޖެނުއަރީ 2019
އިޝްގްބާޒް އިން ފެނިގެންދިޔަ އޯމް ކައިވެނި ކޮށްފި

އިޝްގްބާޒް އިން ފެނިގެންދިޔަ އޯމް ކައިވެނި ކޮށްފި

21 ޑިސެމްބަރު 2018
ވިލް ސްމިތު މައާމީގައި: އަލްޓްރާ މިއުޒިކް ފެސްޓިވަލް 2018 ބަލަން ދިޔަ ފަރާތްތަކަށް 'ސަޕްރައިޒް'އެއް

ވިލް ސްމިތު މައާމީގައި: އަލްޓްރާ މިއުޒިކް ފެސްޓިވަލް 2018 ބަލަން ދިޔަ ފަރާތްތަކަށް 'ސަޕްރައިޒް'އެއް

26 މާރިޗު 2018
ސްރީދެވީގެ އެންމެ ފަހު ވަގުތުކޮޅު: ތައްޔާރުވަމުންދިޔައީ ފިރިމީހާއާއެކު ޑޭޓަކަށް ދިއުމަށް!

ސްރީދެވީގެ އެންމެ ފަހު ވަގުތުކޮޅު: ތައްޔާރުވަމުންދިޔައީ ފިރިމީހާއާއެކު ޑޭޓަކަށް ދިއުމަށް!

26 ފެބުރުއަރީ 2018
ގޯލްޑަން ގްލޯބް އެވޯޑްސް 2018: އާ ކަންތަކެއް ފެނިގެން ދިޔަ ހަފްލާއެއް

ގޯލްޑަން ގްލޯބް އެވޯޑްސް 2018: އާ ކަންތަކެއް ފެނިގެން ދިޔަ ހަފްލާއެއް

08 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު