Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ގޯލްޑަން ގްލޯބް އެވޯޑްސް 2018

ގޯލްޑަން ގްލޯބް އެވޯޑްސް 2018: އާ ކަންތަކެއް ފެނިގެން ދިޔަ ހަފްލާއެއް

ގިނަ ތަރިންތަކެއް ހަފްލާއަށް ހާޒިރުވެފައި ވަނީ ކަޅު ހެދުން ލައިގެން

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 8 ޖެނުއަރީ 2018 | ހޯމަ 04:20
އޯޕްރާ ވިންފްރީ

އޯޕްރާ ވިންފްރީ

ގޯލްޑަން ގްލޯބް އެވޯޑްސް 2018 ވެގެން ދިޔައީ ގިނަ އާ ކަންތަކެއް ފެނިގެން ދިޔަ ހަފްލާއަކަށެވެ.

އެގޮތުން ގިނަ ތަރިންތަކެއް ހަފްލާއަށް ހާޒިރުވެފައި ވަނީ ކަޅު ހެދުން ލައިގެންނެވެ. އެއީ ނިމިގެން ދިޔަ އަހަރު ހޮލީވުޑްގައި ޖިންސީ ފުރައްސާރައިގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވުމާ ގުޅިގެން، އެކަމާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ބޭއްވި ސުލްހަވެރި މުޒާހަރާގައި ބައިވެރިވުމުގެ ގޮތުންނެވެ.

މެރީލް ސްޓްރީޕް، ލައުރާ ޑަރން، ވައޯލާ ޑޭވިސް، މަރާޔާ ކެރީ، ޖެސިކާ ބީލް އަދި އެންޖަލީނާ ޖޯލީ ފަދަ ހޮލީވުޑްގައި ފާހަގަކުރެވޭ ތަރިން ވަނީ މި ސުލްހަވެރި މުޒާހަރާގައި ބައުވެރިވެފައެވެ. އަދި ފިރިހެން ތަރިން ކަޅު ސޫޓްތަކުގައި ފެނިގެން ދިޔަ އިރު، ގިނަ ފިރިހެން ތަރިން ވަނީ ޖެކެޓްގައި "ޓައިމްސް އަޕް" ޕިން ހަރުކޮށްފައެވެ. "ޓައިމްސް އަޕް"އަކީ ވަޒީފާގެ މާހައުލުގައި ހިނގާ މިފަދަ ޖިންސީ ފުރައްސާރަ ކުރުމުގެ އަމަލުތައް ކުށްވެރިކޮށް، އެކަމަށް ހޭލުންތެރި ކުރުމަށް ބައެއް ތަރިން އިސްނަގައިގެން ފަށާފައިވާ ކެމްޕޭނެކެވެ.

މީގެ އިތުރުން، ހަފްލާ ހުށަހަޅައި ދިން، މަޝްހޫރު ލޭޓް ނައިޓް ހޯސްޓް ކަމަށްވާ ސެތު މެޔަރސް ވެސް ވަނީ އޭނާގެ އޯޕަނިންގ މޮނޮލޮގްގައި މިކަމަށް އަލި އަޅުވާލައި، ގިނަ އަންހެން ފަންނާނުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވިފައިވާ ހާވީ ވައިންސްޓައިން ފަދަ ފަރާތްތަކަށް ފާޑުކިޔާފައެވެ.

އެވޯޑްތައް ލިބުނު ފަރާތްތަކަށް ބަލާލިއަސް އާ ގިނަ ކަންތަކެއް ފެނިގެން ދިޔައެވެ.

އެގޮތުން، "ދިސް އިޒް އަސް"ގެ ތަރި، ސްޓަރލިންގ ކޭ ބްރައުން އަށް ޑްރާމާ ކެޓަގަރީން ބެސްޓް އެކްޓަރ ލިބިފައިވާއިރު، މިއީ ކަޅު އެފްރިކަން-އެމެރިކަން ނަސްލުގެ މީހަކަށް މި އިނާމް ލިބިގެން ދިޔަ ފުރަތަމަ ފަހަރެވެ. އަދި ބެސްޓް އެކްޓަރ އިން އަ ޓީވީ ކޮމެޑީ އަށް ހޮވުނު "މާސްޓަރސް އޮފް ނަން" ގެ ތަރި އަޒީޒް އަންސާރީއަކީ ގޯލްޑަން ގްލޯބެއް ހާސިލް ކުރި ފުރަތަމަ އޭޝިއާގެ އެކްޓަރެވެ.

މީގެ އިތުރަށް މި އަހަރުގެ ސިސީލް ބީ ޑެމިލް އެވޯޑް ވެސް ކާމިޔާގު ކުރީ ކަޅު ނަސްލުގެ އަންހެނެކެވެ. މަޝްހޫރު ޓީވީ ހޯސްޓް އޮޕްރާ ވިންފްރީއަކީ މި އިނާމް ހާސިލް ކުރި ފުރަތަމަ ކަޅު ނަސްލުގެ އަންހެން ތަރިއަށްވާއިރު، އޭނާ އިނާމް ހޯދުމަށް ސްޓޭޖަށް އެރުމުން ތަރިންތައް ވަނީ އޭނާއަށް ސްޓޭންޑިންގ އޮވޭޝަނެއް ދީފައެވެ.

"މީޑިއާ މިއޮތީ ހިފެހެއްޓިފައި، އަހަރެން ކުރިއަށް ވުރެ ބޮޑަށް މިހާރު މީޑިއާ ވެލިއު ކުރަން. ތެދަކީ އަހަރަމެންގެ އަތުގައި އޮތް އެންމެ ވަރުގަދަ ހަތިޔާރު،" އޯޕްރާގެ ސްޕީޗްގައި ފާހަގަކުރިއެވެ. އަންހެން ފަންނާނުންނަށް ދިމާވި ހާދިސާތައް ދުނިޔެއަށް ހާމަކޮށްދީފައިވާތީ ޝުކުރު އަދާކޮށް، އަންހެނުންނަށް ޖިންސީ ފުރައްސާރަކުރާ "ބާރު ގަދަ" ފިރިހެނުންގެ ވަގުތު ހަމަވެއްޖެ ކަމަށް އޭނާ ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

8ވަނަ ދިވެހި ފިލްމު އެވޯޑްސް މިރޭ

8ވަނަ ދިވެހި ފިލްމު އެވޯޑްސް މިރޭ

19 ޑިސެމްބަރު 2017
ޒީ ސިނަމާ އެވޯޑްސްގެ ޑާންސަކަށް ޕްރިޔަންކާ ހުށައެޅީ ފަސް ކުރޯޑް ރުޕީސް

ޒީ ސިނަމާ އެވޯޑްސްގެ ޑާންސަކަށް ޕްރިޔަންކާ ހުށައެޅީ ފަސް ކުރޯޑް ރުޕީސް

18 ޑިސެމްބަރު 2017
ފިލްމު އެވޯޑްސްގެ ނޮމިނޭޝަންސްތައް އިއުލާން ކޮށްފި

ފިލްމު އެވޯޑްސްގެ ނޮމިނޭޝަންސްތައް އިއުލާން ކޮށްފި

13 ޑިސެމްބަރު 2017
އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގެ ނޮމިނޭޝަން ނައިޓް މާދަމާރޭ

އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގެ ނޮމިނޭޝަން ނައިޓް މާދަމާރޭ

11 ޑިސެމްބަރު 2017
"ގޯލްޑަން ހޯސް ފިލްމު އެވޯޑް" ގެ ސަޕޯޓިން އެކްޓްރެސް އަކަށް ވިކީ ޗެންއަށް

"ގޯލްޑަން ހޯސް ފިލްމު އެވޯޑް" ގެ ސަޕޯޓިން އެކްޓްރެސް އަކަށް ވިކީ ޗެންއަށް

26 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު