Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސްރީދޭވީގެ މަރު

ސްރީދެވީގެ އެންމެ ފަހު ވަގުތުކޮޅު: ތައްޔާރުވަމުންދިޔައީ ފިރިމީހާއާއެކު ޑޭޓަކަށް ދިއުމަށް!

ސްރީދޭވީ މަރުވީ އުމުރުން 54 އަހަރުގައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 26 ފެބުރުއަރީ 2018 | ހޯމަ 08:16
ސްރީދޭވީ އާއި ފިރިމީހާ ބޮނީ ކަޕޫރު

ސްރީދޭވީ އާއި ފިރިމީހާ ބޮނީ ކަޕޫރު

ބޮލީވުޑްގެ ފިލްމުތަކުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ސްރީދޭވީ އުމުރުން 54 އަހަރުގައި މަރުވެފައިވާ އިރު އޭނާގެ ހަޔާތުގެ އެންމެ ފަހުވަގުތު ހޭދަކޮށްފައިވަނީ ދުބާއީގެ ހޮޓެލް ރޫމްގަ އެވެ.

ތައްޔާރުވަމުންދިޔައީ ފިރިމީހާ ބޮނީ ކަޕޫރާއިއެކު ހާއްސަ ކެޔުމަކަށް ދިއުމަށެވެ. ހޮނިހިރު ދުވަހު 05:30 ގައި ޕްރިޑިއުސަރ ބޮނީ މުންބާއީ އިން ދުބާއީގެ ޖުމެއިރާ އެމިރޭޓްސް ޓަވާސް ހޮޓެލްއަށް ދިޔައީ އަންހެނުން ސްރީދޭވީއަށް " ސަޕްރައިޒް" އެއް ދިނުމަށެވެ.

ހޮނިހިރު ދުވަހުގެ ހަވީރު 05:30 ހާ އިރު ހޮޓެލްއަށް ދިޔަ އިރު އަންހެނުން އޮތީ ނިދާފަ އެވެ. ސްރީދޭވީ ނިދިން ހޭލައްވާލުމަށް ފަހު، 15 ވަރަކަށް މިނެޓް ވަންދެން ދެމަފިރިން ވާހަކަދައްކަން ތިއްބެވެ. އެއަށްފަހު ހާއްސަ ކެއުމަކަށް ދިއުމަށް ބޮނީ ސްރީދޭވީއަށް ދައުވަތު ދިނެވެ. ދެމަފިރިން "ޑިނަރ ޑޭޓް" އަކަށް ދިޔުމަށް ރޭވުމަށްފަހު ތައްޔާރުވުމަށް ސްރީދޭވީ ވަނީ ފާހާނާއަށެވެ.

ސްރީދޭވީ ތައްޔާރުވުމަށް ފާހާނާއަށް ވަދެ އެތައް އިރެއް ވީއުރުވެސް ނުނުކުތެވެ. ހަބަރެއް ނުވުން ބޮނީ ގޮސް ދޮރުގައި ޓަކިޖެހި އެވެ. އެހެން ނަމަވެސް ހަބަރެއް ނުވި އެވެ. އެންމެފަހުން ލަސްވެގެން، ބޮނީ ގޮސް ދޮރު ގަދަކަމުން ހުޅުވި އެވެ.

އެވަގުތު ފެނުނީ އޭނާ އުންމީދު ވެސް ނުކުރާފަދަ މަންޒަރެކެވެ. އޭނާއަށް ފެނުނީ ސްރީދޭވީ، ބާތްޓަބްގައި އެއްވެސް ހަރަކާތެއް ނެތި އޮތް މަންޒަރެވެ. ފެން ފުރާ ހުރި ބާތްޓަބްގެ ތެރެއިން ސްރީދޭނީ ހޭ އެރުވޭތޯ ބޮނީ މަސައްކަތް ކުރުވި އެވެ. ހަދާނެ ގޮތް ހުސްވުމުން ބޮނީ ގުޅީ އޭނާގެ ރައްޓެއްސަކަށެވެ. އަދި އެއަށްފަހު ފުލުހުންނަށް އެ މައުލޫމާތުދިނެވެ.

ފުލުހުންނާއި ޕެރަމެޑިކްސް ޓީމް ހޮޓެލް ރޫމަށް އައެވެ. އެއަށް ފަހު އޭނާ މަރުވެފައިވާ ކަން އިއުލާނުކުރި އެވެ.

ސްރީދޭވީއާއި ބޮނީ އާއި އެދެމަފިރިންގެ އަންހެން ދަރިފުޅު ހުށީ ކަޕޫރު ދުބާއީގެ ރަސް އަލް ކާއިމާއަށް ދިޔައީ ސްރީދޭވީއަށް ބޮޑުދައިތަ ކިޔާ މޯހިތް މަރްވާގެ ކައިވެނި ހަފްލާގައި ބައިވެރިވުމަށެވެ.

ކައިވެންޏަށް ފަހު ފިރިމީހާ ބޮނީ މުމްބާއީއަށް އެނބުރިދިޔަ އެވެ. އެހެންނަމަވެސް އަނބުރާ ދުބާއީއަށް އައީ އަންހެނުންނަށް ސަޕްރައިސްއެއް ދިނުމަށެވެ. އެހެން ނަމަވެސް އެންމެ ފަހުން ސަޕްރައިސް ލިބިގެން މިދިޔައީ އޭނާއަށެވެ. ދުބާއީއަށް ދިޔަ ދުވަސްވީ އަންހެނުން ދުނިޔޭގައި ހޭދަކުރި އެންމެ ފަހު ދުވަހަށެވެ.

އުމުރުން 4 އަހަރުގައި ތަމަޅަ ފިލްމު، ތުނައިވަން އިން ފިލްމީ ދާއިރާއަށް ނުކުތް ސްރީދޭވީ އަކީ އިންޑިއާގެ ޓެމިލް ނާޑޫއަށް އުފަން ފަންނާނެކެވެ.

ޓެމިލް އަދި ޓެލުގޫ ގިނަ ފިލްމުތަކެއްގައި އެކްޓް ކުރުމަށް ފަހު ސްރީދޭވީ ބޮލީވުޑްގެ ފިލްމުތަކަށް ތަޢާރުފުވީ 1979 ވަނަ އަހަރު އެވެ. ނަމަވެސް ސްރީދޭވީއަށް މަޝްޙޫރުކަން ލިބިގެން ދިޔައީ އޭގެ 4 އަހަރުފަހުން ޖީތެންދްރާ އާއި އެކު ކުޅުނު ހިންމަތުވާލާއިންނެވެ.

އިންޑިއާގެ ސަރުކާރުން 2013 ވަނަ އަހަރު ސްރީދޭވީއަށް ޕަދްމާޝްރީގެ ޝަރަފު އަރުވާފައިވާއިރު، ސްރީދޭވީގެ ކެރިއަރުގައި އޭނާ ވަނީ 41 އެވޯޑް ހޯދާފައެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017
"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!
23 މާރިޗު 2017

ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ ކުޅޭ ފިލްމުގެ ފުރަތަމަ މަންޒަރު

23 މާރިޗު 2017
ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ ކުޅޭ ފިލްމުގެ ފުރަތަމަ މަންޒަރު
20 މާރިޗު 2017

ޑްރޭކަށް ފަހު ޖޭލޯ އެލެކްސް ރޮޑްރިގެޒްއާ އެކު؟

20 މާރިޗު 2017
ޑްރޭކަށް ފަހު ޖޭލޯ އެލެކްސް ރޮޑްރިގެޒްއާ އެކު؟
08 މާރިޗު 2017

ނޫރަށް ފަހު ނޫސްވެރިންނަށް ކުރާ އިޚުތިރާމް އިތުރުވެއްޖެ: ސޮނާކްޝީ

08 މާރިޗު 2017
ނޫރަށް ފަހު ނޫސްވެރިންނަށް ކުރާ އިޚުތިރާމް އިތުރުވެއްޖެ: ސޮނާކްޝީ
08 މާރިޗު 2017

ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި

08 މާރިޗު 2017
ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު