Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ޖީ-20 ސަމިޓު އަމިއްލަ މިއާމީ ގޯލްފް ރިސޯޓުގައި ބާއްވަން ޓްރަމްޕް ނިންމަވައިފި

7 ސެޕްޓެމްބަރު 2025 | އާދީއްތަ 04:42

އޭނާގެ ރިޔާސީ ފުރަތަމަ ދައުރުގެ ތެރޭގައި ވެސް ޓްރަމްޕް ވަނީ، އެ ތަނުގައި ޖީ-20 ސަމިޓު ބޭއްވުމަށް މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް، އޭރު ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އެންމެ ފަހުން ޓްރަމްޕް އަށް ޖެހިވަޑައިގެންނެވީ އެކަން ދޫކޮށްލެއްވުމަށެވެ.

ޓްރަމްޕް 2026 ވަނަ އަހަރުގެ ޖީ-20 ސަމިޓް އޭނާގެ މަޔާމީ ގޯލްފް ރިސޯޓުގައި ބޭއްވުމަށް ނިންމައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ސެޕްޓެމްބަރު 2025 | އާދީއްތަ 04:42
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޖީ-20 ސަމިޓު މިއާމީގައި ބާއްވަން އިއުލާން ކުރައްވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޖީ-20 ސަމިޓު މިއާމީގައި ބާއްވަން އިއުލާން ކުރައްވަނީ

އަންނަ އަހަރުގެ ޖީ-20 ސަމިޓު، މިއާމީގައި ހުންނަ އޭނާގެ އަމިއްލަ ގޯލްފް ރިސޯޓުގައި ބާއްވަން ނިންމާފައިވާ ކަމަށް، އެެމެރިކާގެ ރައީސް ޑޮނަލްްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، 2026 ވަނަ އަހަރުގެ ޖީ-20 ސަމިޓު އޭނާގެ އަމިއްލަ ގޯލް ރިސޯޓު، ޓްރަމްޕް ނެޝަނަލް ޑޮރާލްގައި ބޭއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

މިކަން ޓްރަމްޕް އިއުލާން ކުރެއްވިއިރު، އޭނާގެ ރިޔާސީ ފުރަތަމަ ދައުރުގެ ތެރޭގައި ވެސް ޓްރަމްޕް ވަނީ، އެ ތަނުގައި ޖީ-20 ސަމިޓު ބޭއްވުމަށް މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް، އޭރު ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އެންމެ ފަހުން ޓްރަމްޕް އަށް ޖެހިވަޑައިގެންނެވީ އެކަން ދޫކޮށްލެއްވުމަށެވެ.

ހޮނިހިރު ދުވަހު ޓްރަމްޕް ވިދާޅުވީ އެ ރިސޯޓުގައި ޖީ-20 ސަމިޓު ބޭއްވުމަށް ނިންމާފައި ވަނީ އެތަނަކީ ވަރަށް ހިތްގައިމު، ހިތްހަމަ ޖެހޭ ތަނަކަށް ވެފައި، ފްލޮރިޑާގެ މޫސުން ރަނގަޅުވުމާ އެކު ކަމަށެވެ. އަދި ޖީ-20 ސަމިޓު ބޭއްވުމަށް އެންމެ އެކަށީގެންވާ ތަނަކީ އެއީ ކަމުގައި ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

އަމިއްލަ ވިޔަފާރީގައި އުޅުއްވައި މުއްސަނދިކަން ހޯއްދަވާފައިވާ ޓްރަމްޕް އިތުރަށް ވިދާޅުވީ، އެ ތަނަކީ އެއާޕޯޓާ ވެސް ކައިރި ތަނެއް ކަމަށެވެ. އަދި އެއީ އެންމެ ރަނގަޅު ސަރަހައްދު ކަމަށާއި، އެ ތަނަކީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ތަނެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ތަނުގައި ޖީ-20 ސަމިޓު ބާއްވައިގެން، ޤައުމު ތަަކަށް އެންމެ އަގު ހުރި ޚިދުމަތް ދެވޭނެ ކަމަށެވެ.

އެމެރިކާގެ ރައީސް ކަމުގެ ފުރަތަމަ ދައުރުގައި ވެސް، މަގާމުގެ ބޭނުން ކޮށްގެން މުއްސަނދިކަން ހޯދަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ޓްރަމްޕްގެ މައްޗަށް ކޮށްފައިވެ އެވެ. މިހާރު ދެ ވަނަ ދައުރަކަށް ވެރިކަން ކުރައްވަމުން ގެންދަވާ ޓްރަމްޕް ވިދާޅުވީ، އޭނާގެ އަމިއްލަ ރިސޯޓުގައި ޖީ-20 ސަމިޓު ބޭއްވި ނަމަވެސް، އެކަމުން އެއްވެސް ފައިދާއެއް ނުނަންގަވާނެ ކަމަށެވެ.

އެގޮތުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އެކަމުން އެއްވެސް ފައިސާއެއް އޭނާ ބޭނުން ނުވާ ކަމަށާއި، އެއްވެސް މަންފާއެއް ހޯދަން ބޭނުންފުޅު ނުވާ ކަމަށެވެ. އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އޭނާގެ ހަމައެކަނި އަމާޒަކީ، ޖީ-20 ސަމިޓު ރަނގަޅު ފެންވަރެއްގައި ކުރިއަށް ގެންދިޔުން ކަމަށެވެ.

ޑިސެމްބަރު މަހު މިއާމީގެ ގިނަ ހޮޓާތައް ފުރިފައި ހުންނަ ކަމަށާއި، އޭނާގެ ރިސޯޓުގައި ޖީ-20 ސަމިޓު ބޭއްވުމުން ކޮންމެ ޤައުމަކަށް ވަކި އިމާރާތެއް ލިބޭނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. އެކަމުން އެންމެ ރަނގަޅު ހައްލު ހޯދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގައި ބާއްވާ ޖީ-20 ސަމިޓުގައި ރަޝިޔާގެ ރައީސް ވޮލަޑިމިއަރ ޕުޓިން އަދި ޗައިނާގެ ރައީސް ޝީ ޖިންޕިން ވަޑައިގަންނަވާނެތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، ސަމިޓުގެ އޮބްޒާވަރުންގެ ގޮތުގައި އެ ދެ ރައީސުންނަށް ވެސް މަރުޙަބާ ކިޔާނެ ކަމަށެވެ. ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، ރަޝިޔާ އާއި ޗައިނާ އަކީ ޖީ-20 ގެ މެމްބަރު ޤައުމުތަކެވެ.

މިއަހަރުގެ ޖީ-20 ސަމިޓު ބޭއްވުމަށް ހަމަޖެހިފައި ވަނީ ސައުތު އެފްރިކާގަ އެވެ. ޓްރަމްޕް ވިދާޅުވީ މިއަހަރު އޮންނަ ޖީ-20 ސަމިޓަށް އޭނާ ވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އޭނާގެ ބަދަލުގައި އެ ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވާނީ، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ކަމުގައި ޓްރަމްޕް ވަނީ އިއުލާން ކުރައްވައިފަ އެވެ.

މަސްދަރު: އޭއެފްޕީ

ޑޮނަލްޑް ޓްރަމްޕްޖީ20 ސަމިޓްޓްރަމްޕް ނެޝަނަލް ޑޮރަލްއެމެރިކާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

08 ޑިސެމްބަރު 2025
ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް