Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ބައިޑަން، ހަމުގެ ކެންސަރުގެ ސަރޖަރީއެއް ކޮށްފި

އުމުރުން މިހާރު 82 އަހަރުވެފައިވާ ބައިޑަން އަށް ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާކަން މިއަހަރުގެ ޖުލައި މަހު ވަނީ ފާހަގަވެފަ އެވެ. ބައިޑަންގެ ޞިއްޙީ ޓީމުން ބުނެފައިވާ ގޮތުގައި، އެއީ އެގްރެސިވް ބާވަތެއްގެ ކެންސަރެއް ނަމަވެސް، ހޯމޯން ސެންސިިވް ކެންސަރަަކަށް ވުމުން ފަރުވާ އިން ރަނގަޅު ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ބައިޑަންގެ ހަމުން ކެންސަރު ސެލްތަކެއް ނެގުމަށް މޯސް ސަރޖަރީއެއް ކުރެވިއްޖެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ސެޕްޓެމްބަރު 2025 | ހޮނިހިރު 06:12
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން، ހަމުގެ ކެންސަރުގެ ސަރޖަރީއެއް ކޮށްފައިވާ ކަމަށް، ބައިޑަންގެ ތަރުޖަމާނު ހާމަ ކޮށްފި އެވެ.

ބައިޑަންގެ ތަރުޖަމާނު ހުކުރު ދުވަހު އެކަން ހާމަކޮށްފައިވާއިރު، އެ ސަރޖަރީ އަކީ "މޯސް ސަރޖަރީ"ގެ ނަމުން މަޝްހޫރު، އާންމުކޮށް ހަމުގެ ކެންސަރަށް ފަރުވާ ކުރުމަށް ކުރިއަށް ގެންދާ ޕްރޮސީޖަރ އެކެވެ.

އުމުރުން މިހާރު 82 އަހަރުވެފައިވާ ބައިޑަން އަށް ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާކަން މިއަހަރުގެ ޖުލައި މަހު ވަނީ ފާހަގަވެފަ އެވެ. ބައިޑަންގެ ޞިއްޙީ ޓީމުން ބުނެފައިވާ ގޮތުގައި، އެއީ އެގްރެސިވް ބާވަތެއްގެ ކެންސަރެއް ނަމަވެސް، ހޯމޯން ސެންސިިވް ކެންސަރަަކަށް ވުމުން ފަރުވާ އިން ރަނގަޅު ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެމެރިކާގެ ރައީސް ކަމުގެ މަގާމުގައި ބައިޑަން ހުންނެވިއިރު، 2023 ވަނަ އަހަރު އޭނާ ހެއްދެވި އާންމު މެޑިކަލް ޗެކަޕަށް ފަހު، އޭނާގެ ހަމުން ވަނީ ލީޝަނެއް ނަގައިފަ އެވެ. އެއީ ބޭސަލް ސެލް ކާސިނޯމާ ކަމުގައި އޭރު ވަނީ ދެނެގަނެވިފަ އެވެ.

ބައިޑަންގެ ޞިއްޙީ ޙާލަތާ މެދު ކަންބޮޑުވުން ތަކެއް ކުރިން ވެސް ވަނީ އުފެދިފަ އެވެ. އެގޮތުން ރައީސް ކަމުގައި ބައިޑަން ހުންނެވިއިރު، ޞިއްޙީ ގޮތުން އޭނާ ހުންނެވީ ރައީސް ކަމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭ ޙާލަތެއްގައި ނޫން ކަމަށް ބުނެ، ގިނަ ބަޔަކު ވަނީ އެ ވާހަކަތައް ދައްކައިފަ އެވެ.

މިދިޔަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ބައިޑަން ވަނީ ދެ ވަނަ ދައުރަކަށް ވާދަ ކުރައްވަން ނިންމަވައިފަ އެވެ. ޑިމޮކްރަޓްސް ޕާޓީގެ ރިޔާސީ ޓިކެޓު ބައިޑަން އަށް ލިބިވަޑައިގެންނެވިއިރު، ރިޔާސީ ބަހުސްގެ ފުރަތަމަ ބުރުގައި ބައިޑަންގެ ފަރާތުން ފެނުނު ދަށް ޕަރފޮމެންސްއާ ގުޅިގެން ވެސް ފާޑު ކިޔުން އަމާޒުވި އެވެ. ބައިޑަންއާ ވާދަ ކުރެއްވި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ އެކު އޮތް ބަހުސް އަށް ފަހު، ބައިޑަންގެ ޤާބިލު ކަމާ މެދު އިތުރު ސުވާލު ތަކެއް އުފެދުނެވެ.

ބައިޑަން ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރެޓްސް ޕާޓީގެ ތެރޭގައި ވެސް ޚިޔާލު ތަފާތުވުން ތަކެއް އުފެދިގެން އައިއިރު، އޭގެ ދެ ހަފުތާ ފަހުން ބައިޑަން ވަނީ ރިޔާސީ ރޭހުން ވަކިވާން ނިންމަވައިފަ އެވެ. ރިޔާސީ ޓިކެޓު ބައިޑަން ދޫކޮށްލެވުމާ އެކު، ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަ ކުރެއްވީ ބައިޑަންގެ ނައިބު ރައީސް ކަމަލާ ހެރިސް އެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ދެ ދައުރުގައި ވެސް ނައިބު ރައީސް އަކަށް ހުންނެވި ބައިޑަން، އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުވީ 2020 ވަނަ އަހަރު އެވެ. އެ އިންތިޚާބުގައި އޭނާ ވަނީ ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ކުރި ހޯއްދަވައިފަ އެވެ. އެއާއެކު ބައިޑަން ވެގެން ދިޔައީ އެމެެރިކާގެ އެންމެ ދުވަސްވީ ރައީސް އަށެވެ. ނަމަވެސް، 2024 ވަނަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބު، އުމުރުން 79 އަހަރުގެ ޓްރަމްޕް ކާމިޔާބު ކުރެއްވުމާ އެކު، އެ ރެކޯޑު މިހާރު އޮތީ ޓްރަމްޕްގެ އަތްޕުޅު ގައެވެ.

ރިޔާސީ ދައުރު ނިމުނު ފަހުން ވެސް، ބައިޑަންގެ ޙަރަކާތްތައް ދޭތެރެ އަކުން ފެނިގެންދެ އެވެ. ޚާއްސަކޮށް ބައިޑަން ގެންދަވަނީ ޓްރަމްޕްގެ ދެ ވަނަ ދައުރުގައި ނިންމަވަމުން ގެންދަވާ ކަންކަމާ މެދު ފާޑު ވިދާޅުވަމުންނެވެ. އެގޮތުން މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބައިޑަން ދެއްވި ޚިތާބެއްގައި ވަނީ، ޓްރަމްޕްގެ ސަރުކާރުން ސޯޝަލް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން އަށް ގެންނަން ހުށަހަޅާފައިވާ ބަޖެޓު އުނިކުރުންތަކާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.

މަސްދަރު: ރޮއިޓަރސް

ޖޯ ބައިޑަންއެމެރިކާހަމުގެ ކެންސަރުޕްރޮސްޓޭޓް ކެންސަރޑިމޮކްރެޓިކް ޕާޓީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު