Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-ފަލަސްޠީން

ބެލްޖިއަމް އިން ފަލަސްތީނު ދައުލަތް ބަލައިގަންނަން ނިންމައިފި

ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާ ގައުމުތަކުގެ އަދަދު އިތުރުވަމުން އަންނަ އިރު، އެމެރިކާ އާއި އިސްރާއީލުން ވަނީ މިކަމާ ވަރަށް ބޮޑަށް ރުޅިގަދަވެފައި.

ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2025 | އަންގާރަ 12:30
އިސްރާއީލުގެ ހަމަލާތަކުގެ ތެރޭގައި އުޅެން ޖެހިފައިވާ ޣައްޒާގެ ކުޑަކުދިންގެ ތަކުލީފުތަކަށް ސަމާލުކަން ހޯދުމަށް ބެލްޖިއަމްގެ ފަންނުވެރިން ބޭއްވި އިހުތިޖާޖެއްގެ ތެރެއިން

އިސްރާއީލުގެ ހަމަލާތަކުގެ ތެރޭގައި އުޅެން ޖެހިފައިވާ ޣައްޒާގެ ކުޑަކުދިންގެ ތަކުލީފުތަކަށް ސަމާލުކަން ހޯދުމަށް ބެލްޖިއަމްގެ ފަންނުވެރިން ބޭއްވި އިހުތިޖާޖެއްގެ ތެރެއިން

ބެލްޖިއަމް އިން އދ. ގެ ޖެނެރަލް އެސެމްބްލީ ގައި ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް އެ ޤައުމުގެ ފޮރިން މިނިސްޓަރ މެކްސިމް ޕްރެވޯ އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

މިއީ އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، ކެނެޑާ އަދި ފްރާންސް ފަދަ ޤައުމުތަކުން ފަލަސްތީނު ދައުލަތް ބަލައިގަންނާނެ ކަމަށް އިއުލާނު ކޮށްފައި ވަނިކޮށް އެ ލިސްޓަށް އިތުރުވި ޔޫރަޕިއަން ޔޫނިއަންގެ ގައުމެކެވެ.

ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބެލްޖިއަމް އިން ނިންމުމާއެކު އިސްރާއީލަށް އިތުރު ބައިނަލްއަޤްވާމީ ޕްރެޝަރު ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.

ޣައްޒާގައި ހިންގަމުންދާ ހަނގުރާމައާ ގުޅިގެން އިސްރާއީލަށް ދުނިޔޭގެ ފާޑުކިޔުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، މި މަހު އދ. ގައި ބޭއްވޭ ސަމިޓު ގައި ފަލަސްތީނު ދައުލަތެއް ރަސްމީކޮށް ބަލައިގަތުމަށް ގިނަ ގައުމުތަކަކުން ނިންމަމުން ގެންދާތީ އިސްރާއީލުން ވަނީ ރުޅި ގަދަވެފައެވެ.

ދެ ދައުލަތުގެ ހައްލަކަށް މަގުފަހި ކުރުމަށް، ފަލަސްތީނު ދައުލަތެއް އިސްރާއީލް އާ އެކުގައި ސުލްހަވެރިކަމާއެކު ދެމި އޮތުމަށް މަގުފަހިކުރާނެ ކަމަށް ބެލޭ ނިއުޔޯކް ޑިކްލަރޭޝަން ގައި ސޮއިކުރާ ފަރާތްތަކާ ބެލްޖިއަމް އިން ގުޅޭނެކަމަށް ޕްރެވޯ އެކްސްގައި ޕޯސްޓް ކުރެއްވިއެވެ.

"ފަލަސްތީނުގައި، ޚާއްޞަކޮށް ޣައްޒާގައި ހިނގަމުންދާ އިންސާނީ ބިރުވެރިކަމާއި، ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް އިސްރާއީލުން ހިންގާ އަނިޔާވެރި ކަމަށް ދޭ ރައްދެއްގެ ގޮތުން" މި ނިންމުން ނިންމީ ކަމަށް ޕްރެވޯ އިތުރުކުރެއްވިއެވެ.

ބެލްޖިއަމްގެ މި ނިންމުމަކީ އިސްރާއީލުގެ އާބާދީ އިތުރުކުރުމާއި އެ ސަރަޙައްދުތަކުގައި އަސްކަރީ ހަރަކާތްތައް ހިންގުމާ ދެކޮޅަށް ވެސް ދޭ ސިޔާސީ ސިގްނަލެއް ކަމަށް ބެލެވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކެނެޑާ އިން ފަލަސްތީނު ދައުލަތަކަށް ތާއީދު ކުރާކަން ހާމަ ކުރުމުން ފާޑުވިދާޅުވެފައެވެ.

އޭގެ އިތުރުން އެމެރިކާގެ ޚާރިޖީ ވަޒީރު ރުބިއޯ ވިދާޅުވެފައި ވަނީ ފްރާންސްގެ ނިންމުމަކީ ރިސްކް ބޮޑު ނިންމުމެއް ކަމަށެވެ.

ހޮނިހިރު ދުވަހު ކޯޕެންހޭގަންގައި ބޭއްވުނު ބައްދަލުވުމެއްގައި ޔޫރަޕިއަން ޔޫނިއަންގެ ފޮރިން މިނިސްޓަރުން ޣައްޒާގެ ހަނގުރާމަ އާ ގުޅޭގޮތުން ވަރަށް ބޮޑަށް ދެބައިވެފައިވާކަން ފާހަގަ ކުރެވުނެވެ. ބައެއް މިނިސްޓަރުން ގޮވާލެއްވީ، އިސްރާއީލަށް ވަރުގަދަ އިޤްތިޞާދީ ފިޔަވަޅުތަކެއް އެޅުމަށެވެ. އަނެއްބައި މިނިސްޓަރުން މިފަދަ ފިޔަވަޅުތަކަކާ ވަރަށް ބޮޑަށް ދެކޮޅުހައްދަވާފައި ވެއެވެ.

ފަލަސްތީނު ރައްޔިތުން އަބަދުވެސް ބޭނުން ވަނީ އިސްރާއީލުން ހިފާފައިވާ ވެސްޓް ބޭންކާއި ޣައްޒާގައި، އިރުމަތީ ޖެރޫސަލަމް އެތަނުގެ ވެރިރަށް ކަމުގައި ހިމެނޭ ދައުލަތެއް ޤާއިމު ކުރުމެވެ.

އެމެރިކާ އިން ބުނަނީ މިފަދަ ދައުލަތެއް ޤާއިމު ކުރެވޭނީ އިސްރާއީލާއި ފަލަސްތީނުގެ ސީދާ މަޝްވަރާތަކެއްގެ ތެރެއިން އެކަނި ކަމުގައެވެ.

ޔޫރަޕިއަން ޔޫނިއަންގެ މެންބަރެއް ކަމަށްވާ ބެލްޖިއަމް އިން މި ނިންމުން ނިންމީ އިސްރާއީލުގެ ސަރުކާރާއި ހަމާސް އަށް ޕްރެޝަރު އިތުރު ކުރުމަށް ކަމަށް ޕްރެވޯ ވިދާޅުވިއެވެ.

ހުޅަނގުގެ ގިނަ ގައުމުތަކަކުން އދ. ގެ އާންމު މަޖިލީހުގައި ފަލަސްތީނު ދައުލަތް ބަލައިގަތުން އިއުލާނު ކުރާނެ ކަމަށް ބުނެފައި ވާއިރު، އެމެރިކާ އިން ވަނީ ސެޕްޓެމްބަރުގައި އދ. ގައި ބޭއްވޭ ސަމިޓަށް ފަލަސްތީނު އޮތޯރިޓީގެ ރައީސް މަޙްމޫދު އައްބާސް ނިއުޔޯކަށް ދަތުރުކުރުން މަނާ ކުރާނެ ކަމަށް ހުކުރު ދުވަހު ބުނެފައެވެ.

މަސްދަރު: ރޮއިޓާރސް

އިޒްރޭލް-ފަލަސްޠީންޣައްޒާބެލްޖިއަމްމެކްސިމް ޕްރެވޯޔޫރަޕިއަން ޔޫނިއަންއދފަލަސްތީނު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖޫން
ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!
20251 އަހަރު ކުރިން
ރިޕޯޓު

ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
20242 އަހަރު ކުރިން
ރާއްޖެ

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ
20233 އަހަރު ކުރިން
ރިޕޯޓު

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން
20224 އަހަރު ކުރިން
ދުނިޔެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް
20215 އަހަރު ކުރިން
ދުނިޔެ

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް
20197 އަހަރު ކުރިން
ރާއްޖެ

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް
20188 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު