Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެންޑީއެފް ކޯސްޓްގާޑް

އީދު ބަންދާ ގުޅިގެން ކޯސްޓްގާޑުން ހިންގާ އޮޕަރޭޝަންގައި 92 އުޅަނދެއް ބަލާ ފާސްކޮށްފި

ސަލާމަތީ ކަންކަން ފުރިހަމަ ނުވާ 19 އުޅަނދެއް ދަތުރުކުރުން ހުއްޓުވާފައިވޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 2 ސެޕްޓެމްބަރު 2017 | ހޮނިހިރު 09:32
އުޅަނދު ބަލާ ފާސްކުރުމުގެ ތެރެއިން

އުޅަނދު ބަލާ ފާސްކުރުމުގެ ތެރެއިން

އަޟްޙާ ޢީދު ބަންދާ ދިމާކޮށް އުޅަނދުތައް ބަލައި ފާސްކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގާ އޮޕަރޭޝަނުގައި މާލޭގެ ބަނދަރުތަކުން ފުރި 92 އުޅަނދެއް ބަލާފާސްކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ޢީދު ބަންދަށް ގިނަ ބަޔަކު މާލެއިން އަތޮޅު ތެރެއަށް ފުރުމާ ދިމާކޮށް ކަނޑު އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ އޮޕަރޭޝަން ކޯސްޓްގާޑުން ފަށާފައި ވަނީ އޯގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. އަދި، "އޮޕަރޭޝަން އަޟްހާ" ގެ ނަމުގައި ކޯސްޓްގާޑުން ފެށި މި އޮޕަރޭޝަން އޯގަސްޓް މަހުގެ 30، 31 އަދި މިމަހުގެ 1 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކަނޑު އުޅަނދުތައް ބަލައި ފާސްކުރުމަށް އެމްއެންޑީއެފުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންތައްތައް ފުރިހަމަކޮށްފައި ހުރިތޯ ވަނީ ބަލާފައެވެ. މީގެ ތެރޭގައި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމާއި، މެރިން ވީއެޗްއެފް ޗެކް ކުރުމާއި، އުޅަނދުގައި މީހުން އުފުލުމަށް ކަނޑައެޅިފައިވާ އަދަދަށް ވުރެ ގިނައިން މީހުން އުފުލާތޯ ބެލުމާއި އަދި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ އެހެން ބައެއް ފިޔަވަޅުތައް އަޅާފައިވޭތޯ ވެސް ބަލާފައިވެއެވެ.

މި އޮޕަރޭޝަންގައި، ތިން ދުވަހުގެ މަތިން މާލޭގެ ބަނދަރުތަކުން 92 އުޅަނދެއް ބަލައި ފާސްކުރެވުނުއިރު، މީގެ ތެރެއިން ސަލާމަތީ ކަންކަން ފުރިހަމަ ނުވާ 19 އުޅަނދެއް ދަތުރުކުރުން ހުއްޓުވައި، ނަސޭހަތް ދެވިފައިވެއެވެ. އަދި، ބަލައި ފާސްކުރެވުނު އުޅަނދުތަކުގެ ތެރެއިން 63 އުޅަނދެއްގައި، ސަލާމަތީގޮތުން ހުންނަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅިފައިހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަންގެ ތެރެއިން، ޢީދު ބަންދު ނިމިގެން އެނބުރި މާލެއަށް އަންނައިރު ވެސް ބަނދަރު ސަރަހައްދުންނާއި ކަނޑުމަތިން އެމްއެންޑީއެފް ކޯސްޓްގާޑުން އުޅަނދުތައް ބަލައި ފާސްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު