Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ކުރީގެ ނައިބު ރައީސް ކަމަލާ އަށް ދެމުން އައި ސެކިއުރިޓީ ޓްރަމްޕް ކަނޑާލައިފި

ކަމަލާ އަށް ސަލާމަތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ނިންމެވީ، ކުރީގެ ރައީސް ޖޯ ބައިޑަން އެވެ. ބައިޑަންގެ ރިޔާސީ ދައުރުގެ ތެރޭގައި ނިންމާފައި ވަނީ، ނައިބު ރައީސް ކަމުގެ މަގާމުން ކަމަލާ ވަކިވުމަށް ފަހު ވެސް، އާންމު އުސޫލުން ދެވޭ ހަ މަސް ދުވަހުގެ ރައްކާތެރިކަން ދިނުމަށެވެ.

ޓްރަމްޕް އިދާރާއިން ކަމަލާ ހެރިސްގެ ސިކްރެޓް ސަރވިސްގެ ސަލާމަތީ ރައްކާތެރިކަން ހުއްޓާލައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 31 އޯގަސްޓު 2025 | އާދީއްތަ 06:41
އެމެރިކާގެ ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް ކާރުން ފައިބައި ވަޑައިގަންނަވާއިރު، ސެކިއުރިޓީ އިން އަރިހުގައި

އެމެރިކާގެ ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް ކާރުން ފައިބައި ވަޑައިގަންނަވާއިރު، ސެކިއުރިޓީ އިން އަރިހުގައި

އެމެރިކާގެ ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް އަށް ދެމުން އައި ސެކިއުރިޓީ ފޯރުކޮށްދިނުން މެދު ކަނޑާލަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އިން ވަނީ ހުކުރު ދުވަހު އެކަން ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ. އެގޮތުން އެމެރިކާގެ ސީކްރެޓް ސާވިސް އަށް އިން، ކަމަލާ ހެރިސް އަށް ފޯރުކޮށްދެމުން އައި ސަލާމަތީ ރައްްކާތެރިކަން މެދު ކަނޑާލަން ނިންމާފައިވާ ކަމަށް ވަނީ ހާމަކޮށްފަ އެވެ.

ކަމަލާ އަށް ސަލާމަތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ނިންމެވީ، ކުރީގެ ރައީސް ޖޯ ބައިޑަން އެވެ. ބައިޑަންގެ ރިޔާސީ ދައުރުގެ ތެރޭގައި ނިންމާފައި ވަނީ، ނައިބު ރައީސް ކަމުގެ މަގާމުން ކަމަލާ ވަކިވުމަށް ފަހު ވެސް، އާންމު އުސޫލުން ދެވޭ ހަ މަސް ދުވަހުގެ ރައްކާތެރިކަން ދިނުމަށެވެ.

އެ މުއްދަތު ހަމަވެފައި ވަނީ، މިއަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ. މި އަހަރުގެ ޖަނަވަރީ މަހު ބައިޑަންގެ ރިޔާސީ ދައުރު ހަމަވުމުގެ ކުރިން، ބައިޑަން ވަނީ ހަ މަސް ދުވަހުގެ މުއްދަތު ހަމަވުމުން، އިތުރު އެއް އަހަރުގެ މުއްދަތަކަށް ކަމަލާ އަށް ސެކިއުރިޓީ ދިނުމަށް ނިންމަވައިފަ އެވެ.

މިދިޔަ ބުރާސްފަތު ދުވަހު ޓްރަމްޕް ސޮއި ކުރައްވައި އެމެރިކާގެ ހޯމް ލޭންޑް ސެކިއުރިޓީ އަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ، ކުރީގެ ނައިބު ރައީސް ކަމަލާ އަށް ދެމުން އައި ސެކިއުރިޓީގެ ޚިދުމަތް މެދު ކަނޑާލުމަށް އަންގަވާ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް ބައިޑަން ހުއްދަ ދެއްވާފައިވާ އިތުރު މުއްދަތު ބާތިލު ކުރުމަށް ވަނީ އަންގަވައިފަ އެވެ.

އެކަމާ ގުޅިގެން ކަމަލާގެ އަރިސް ބޭފުޅަކު އޭއެފްޕީ އަށް ވިދާޅުވެފައި ވަނީ، އެމެރިކާގެ ސީކްރެޓް ސާވިސްގެ ޕްރޮފެޝަނަލް ކަމާއި، ވަފާތެރިކަމާއި އަދި ސަލާމަތާއި ރައްކާތެރިކަން ދިނުމުގައި ދައްކަވާފައިވާ ތެދުވެރި ކަމަށް، އެކަމަނާ ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

މިދިޔަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ކަމަލާ ވަނީ ވާދަ ކުރައްވައިފަ އެވެ. ޑިމޮކްރަޓްސް ޕާޓީގެ ރިޔާސީ ޓިކެޓު އެންމެ ފުރަތަމަ ލިބުނީ ކުރީގެ ރައީސް ބައިޑަން އަށެވެ. ނަމަވެސް، ޞިއްޙީ މައްސަލަތަކާ ހެދި ބައިޑަން އަށް އަމާޒުވަމުން އައި ފާޑު ކިޔުންތަކުގެ ސަބަބުން، ވަކި ހިސާބަކުން ބައިޑަން ވަނީ ރިޔާސީ ރޭހުން ވަކިވެ ވަޑައިގެންފަ އެވެ.

އެއަށް ފަހު ޑިކޮމްރަޓްސް ޕާޓީގެ ރިޔާސީ ޓިކެޓު ދިނީ ބައިޑަންގެ ނައިބު ރައީސްކަމުގެ މަޤާމުގައި ވެސް ހުންނެވި ކަމަލާ އަށެވެ. އިންތިޚާބުގައި ޓްރަމްޕްއާ ވާދަ ކުރައްވައި ކަމަލާ އަށް ވަނީ ނާކާމިޔާބާ ކުރިމަތިވެ ވަޑައިގެންފަ އެވެ. އިންތިޚާބަށް ފަހު ގިނަ ދުވަސްތަކެއް ވަންދެން ކަަމަލާ އުޅުއްވީ ވަރަށް ބޮޑަށް އާންމުންގެ ތެރެއަށް ނުނިކުމެ އެވެ.

ނަމަވެސް މި ފަހުން ކަމަލާ ވަނީ، ރިޔާސީ އިންތިޚާބުގެ ދުވަސްވަރާ ދިމާކޮށް "107 ދުވަސް" ގެ ނަމުގައި ފޮތެއް ލިޔުއްވައިފަ އެވެ. އަދި އެ ފޮތް ޕްރޮމޯޓު ކުރެއްވުމަށް ދަތުރުފުޅު ތަކެއް ކުރެއްވުމަށް ވެސް ކަމަލާ އޮތީ ރާއްވަވާފައި އެވެ. ކަމަލާގެ އެ ފޮތުގައި ވަނީ، އިންތިޚާބުގެ ކެމްޕެއިން އަށް އެކަަމަނާ އަށް ލިބިވަޑައިގެންނެވި މުއްދަތުގެ ތަޖުރިބާތައް ހިއްސާ ކުރައްވައިފަ އެވެ.

ސައިމަން އެންޑް ޝަސްޓާއިން ޝާއިއު ކުރާ މި ފޮތް އެމެރިކާގައި ރަސްމީކޮށް ނެރުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.

2020 ވަނަ އަހަރު އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ބައިޑަން ވާދަކުރެއްވިއިރު، ބައިޑަންގެ ނައިބު ރައީސް އަކީ ކަމަލާ އެވެ. އެ އިންތިޚާބުގައި ޓްރަމްޕްގެ މައްޗަށް ބައިޑަން ކުރި ހޯއްދަވައި ވެރި ކަމަށް ވަޑައިގެންނެވިއިރު، ކަމަލާ އަކީ އެމެރިކާގެ ތާރީޚުގައި ވެސް ނައިބު ރައީސްކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާ އެވެ.

މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ރިޔާސީ ދެ ވަނަ ދައުރާ ޓްރަމްޕް ހަވާލުވެ ވަޑައިގެންނެވި ފަހުން، ޓްރަމްޕް ގެންދަވަނީ އޭނާގެ ސިޔާސީ ވާދަވެރިން އަދި ދެކޮޅުވެރިންނާ ދެކޮޅަށް ގިޔަ ފިޔަވަޅު ތަކެއް ވެސް އަޅުއްވަމުންނެވެ. މީގެ ތެރޭގައި ބައެއް ބޭފުޅުންނަށް ފޯރުކޮށްދެމުން އައި ސެކިއުރިޓީ ހުއްޓާލުން ފަދަ ކަންކަން ހިމެނެ އެވެ.

އެމެރިކާގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި، 2028 ވަނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރަޓްސް ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ވާދަ ކުރެއްވުމުގެ ޝައުޤުވެރިކަން މިހާރު ވެސް ކަމަލާ ގެންގުޅުއްވަ އެވެ.

ކަމަލާ ހެރިސްޑޮނަލްޑް ޓްރަމްޕްޖޯ ބައިޑަންވައިޓް ހައުސްސީކްރެޓް ސާވިސްސަލާމަތީ ރައްކާތެރިކަންއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު