Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިބްެރާހިމް ފަލާހު

ގިނަ އަދަދެއްގެ ނޫސްވެރިން ޖަލަށް ލާނެ ކަން ދޭހަވާ މޭރުމަކުން ފަލާހު ވާހަކަ ދައްކަވައިފި!

30 އޯގަސްޓު 2025 | ހޮނިހިރު 02:51

ފަލާހުގެ މައްސަލަ ބެލުމަށް ޕީޖީ އޮފީހަށް ހުށަހެޅި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ފަލާހު ވިދާޅުވި

އަލީ ޝާހީން
އަލީ ޝާހީން | 30 އޯގަސްޓު 2025 | ހޮނިހިރު 02:51
ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

ގިނަ އަދަދެއްގެ ނޫސްވެރިން ޖަލަށް ލާނެ ކަން ދޭހަވާ މޭރުމަކުން ސަރުކާރު ހިންގާ ޕާޓި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާ ފަލާހު ވާހަކަ ދައްކަވައިފި އެވެ.

"އެކްސް" ގައި ކުރި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ، އޭނާގެ މައްސަލަ ބެލުމުގެ ގާނޫނީ ލަފަޔަކަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައި ވާކަމަށް ފުލުހުން ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ. ފަލާހު ޖަލުގައި އުޅޭނަމަ އެތާގެ ރަހުމަތްތެރިންނަށް ވާނީ އެމްޑީޕީގެ ވެރިކަންކުރި ރައީސުންނާ އެމްޑީޕީގެ ގިނައަދަދެއްގެ މަޖިލީސް މެމްބަރުން ކަމަށް ފަލާހު ވިދާޅުވި އެވެ. އަދި ޖަލުގައި އެއްމެގިނަވާނީ ނޫސްވެރިން ކަން ދޭހަވާ މޭރުމަކުން ފަލާހު ވަނީ ވާހަކަ ދައްކަވާފައެވެ.

Advertisement - newsAdvertisement

ފަލާހު ވިދާޅުވީ މީހަކު މަރަން ބުނެފައެއް ނޯންނާނެ ކަމަށާއި އުލުބެއިންދުން ފަލާހުމެން ހިސާބުގައި ބޭނުންކުރަނީ ބަސްނާހާ މީހުން ބިމަށްވުރެ މަތީތާކަށް އެރުވުމަށް ކަމަށެވެ. އެހެން ނަމަވެސް ދިވެހި ބަހުގެ ރަދީފުގައި އުލުބޭންދުން މާނަކޮށްފައިވަނީ، މާ އިހު ޒަމާނުގައި މީހުން މަރަން ހަދާގޮތެއް ކަމުގައި ބުނެވޭ ގޮތެއް ކަމަށެވެ.

އުލުބޭންދުން: މާ އިހު ޒަމާނުގައި މީހުން މަރަން ހަދާގޮތެއް ކަމުގައި ބުނެވޭ ގޮތެއް. އުލުބައިންދާ އިރު ހަދާގޮތެއް ކަމަށް ބުނަނީ ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މީހާ ބައިންދަނީއެވެ. ބޭންދީމާ އެ އޫ ފުރަގަސް ފަރާތުން ވަދެގެންގޮސް ބޮލުން ނުކުންނަނީއެވެ.
ދިވެހި ބަހުގެ ރަދީފް
ދިވެހި ބަހުގެ ރަދީފުގައި "އުލުބޭންދުން" މާނަ

ދިވެހި ބަހުގެ ރަދީފުގައި "އުލުބޭންދުން" މާނަ

މީގެ އިތުރުން ފަލާހު ވިދާޅުވީ، ކުރިއަށް އޮތް މަދު ދުވަސްކޮޅުތެރޭގައި، މަތީގައިވާ ރައްޓެހިންނާ ބައްދަލުވާނެކަމަށް އުއްމީދުކުރާ ކަމަށެވެ. ރަދީފުގައިވާ މާނައަށް ބެލުމުން ދޭހަވަނީ އަނިޔާވެރިގޮތުގައި މަރުގެ އަދަބުދޭން ޖެހޭ ކަމަށެވެ. ފަލާހު އެހެން ވިދާޅުވި މައްސަލަ، ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅައިފައެވެ.

މި ކަމާ ގުޅޭގޮތުން ހުކުރު ދުވަހު ފުލުހުން ބުނީ ފަލާހު، މަޖިލީހުގެ ތަޅުމުގައި ދައްކަވައިފައިވާ ވާހަކައަކާ ގުޅިގެން އެމްޖޭއޭއިން ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރުމާމެދު ގާނޫނީ ލަފައަކަށް އެދި، އިއްޔެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފައިވާ ކަމަށެވެ.

ފަލާހުގެ މައްސަލަ ފުލުހަށް ހުށަހެޅި ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ބުނީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އެއްވެސް މީހަކަށް އަނިޔާވެރިނުވުން ހިމެނޭއިރު، ފަލާހް ދެއްކެވި ވާހަކައަކީ އިސްލާމްދީނުގެ އަސްލުތަކާވެސް ހިލާފު ވާހަކައެއް ކަމަށެވެ. އެކަމަކީ ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނަށް އެކަމުގެ ސަބަބުން ބިރުވެރިކަމުގެ ތެރެއަށް ވެއްޓޭ ކަމެއް ކަމަށް ވެސް އެމެޖޭއޭ އިން ބުނެފައިވެ އެވެ. އަދި މެމްބަރު ފަލާހުގެ އެ ވާހަކަ އަކީ މުޖުތަމައުގެ އަމަންއަމާންކަން ގެއްލި ހަމަނުޖެހުމަށް ގައުމު ވެއްޓިގެން ހިނގައިދާނެ ފަދަ ވާހަކަތަކެއް ކަމަށް އެމްޖޭއޭ އިން ފާހަގަކޮށްފައި ވެއެވެ.

މިނިވަން މީޑިއާ ނެތިކޮށްލަން ހުށަހަޅާފައިވާ ބިލަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ފަލާހު ވިދާޅުވެފައިވަނީ އޭނާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދޮގު ހަބަރުތަކެއް ފަތުރާފައިވާ ކަމަށާއި، އެފަދައިން މަސައްކަތްކުރާ މީޑިއާގެ މުވައްޒަފުން "އުލުބައިންދަން" ޖެހޭ ކަމަށެވެ.

ފަލާހު މި ވާހަކަ ދެއްކެވި ނަމަވެސް، އޭނާ ވިދާޅުވި ފަދަ ދޮގު ހަބަރުތަކެއް އެއްވެސް މީޑިއާއަކުން ުގެނެސްފައެއްނުވެއެވެ، އެ ވާހަކަތައް ދައުރުވެފައިވަނީ ހަމައެކަނި ސޯޝަލް މީޑިއާގައި ކަން ފާހަގަކުރެވެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް