Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީޑިއާ ބިލު

މުށުތެރެއަށް މީޑިއާ ގެނައުމަށް މަސައްކަތް ކުރަނީ މި ސަރުކާރުން ހިންގާ ޖަރީމާތަށް ފޮރުވުމަށް: ޔާމީން

މި ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަނީ ފަސް އަޅައި ފޮރުވަން ޖެހޭ ގިނަ ކަންކަން ހުރުމުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 29 އޯގަސްޓު 2025 | ހުކުރު 13:26
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް: ވިދާޅުވީ މި ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަނީ ހިންގާ ޖަރީމާތަށް ފޮރުވަން ކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް: ވިދާޅުވީ މި ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަނީ ހިންގާ ޖަރީމާތަށް ފޮރުވަން ކަމަށް

ރައީސް މުއިއްޒުގެ މި ސަރުކާރުން މީޑިއާތަށް ކޮންޓްރޯލް ކޮށް މުށުތެރެއަށް ލުމަށް މަސައްކަތް ކުރަމުން އެ ގެންދަނީ ހިންގާ ޖަރީމާތަށް ފަސް އަޅައި ފޮރުވުމަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމު ވިދާޅުވެއްޖެ އެވެ.

ޔާމީން މިފަދައިން ވިދާޅުވީ ޕީއެންއެފްގެ އޮފީހުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި، ސަރުކާރާ ގުޅުން ބޮޑު، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ކޮންޓްރޯލް ބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ހީލަތްތެރި ރޭވުމެއްގެ ދަށުން މީޑިއާ ކޮންޓްރޯލް ކުރުމަށް ބިލެއް ފަރުމާކޮށް މަޖިލީހުގެ ތަޅުމަށް ލައިގެން އެ ބިލް ފާސްކުރަން ސަރުކާރުން ކުރަމުންގެންދާ މަސައްކަތް ހުއްޓުވުމަށް ނޫސްވެރިން އަންނަނީ އެކަމާއި ދެކޮޅަށް އަދު އުފުލައި އިހުތިޖާޖު ކުރަމުންނެވެ. އެގޮތުން ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ވެސް ރައީސް އޮފީހާއި މުލިޔާގެ ކައިރިީއަށް އެއްވެސް ނޫސްވެރިން ވަނީ އިހުތިޖާޖު ކޮށްފަ އެވެ.

ރައީސް މުއިއްޒުގެ މި ސަރުކާރުން ކުރާ ބޮޑެތި ވައްކަންތަކާއި ހިންގާ ކޮރަޕްޝަނުގެ އަމަލުތައް ނޫސްވެރިން ތިލަކުރަމުން ގެންދާތީ އެކަން ހުއްޓުވުމަށް މީޑިއާތަށް ތަޅުއަޅުވައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ހުއްޓާލައި މިހާރު ހުށަހަޅާފައި އޮތް ބިލު ވަގުތުން ބޭރުކުރުމަށް ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއި ޖަމާއަތްތަކުން ދަނީ ގޮވާލަމުންނެވެ.

މިކަމާއި ގުޅިގެން ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، މި ސަރުކާރުން މީޑިއާތަށް ކޮންޓްރޯލް ކޮށް މުށުތެރެއަށް ލުމަށް މަސައްކަތް ކުރަމުން އެ ގެންދަނީ ގިނަ ކަންކަން ފަސް އަޅައި ފޮރުވުމަށް ކަމަށެވެ. އަދި ބިލާ ގުޅޭގޮތުން ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވީ ގޮތް ހުސްވެގެން ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ފަހު، ރައީސް ނޫސްވެރިންގެ ކަންބޮޑުވުންތައް ފުރިހަމައަށް ބައްލަވައި އެކަންކަން ހައްލުކުރައްވަން ޖެހޭ ކަމަށެވެ.

އެއާއެކު، މީޑިއާތައް ކޮންޓްރޯލްކުރުމާއި، ކޮންޓްރޯލް ބިލުގެ ދަށުން އުފައްދާ ކޮމިޝަންގެ ބާރު ބޭނުންފުޅުނުވާ ކަން ރައީސް ވިދާޅުވި ވިދާޅުވުން ޔާމީން ފާހަގަކުރެއްވިއެވެ.

ބޭނުންގޮތެއް ނޫނޭ ވިދާޅުވާއިރު މީގެ ޕެރަލަލްތައް އެބަހުރި، އިލެކްޝަން ކޮމިޝަންގެ ރައީސަކީ މުއިއްޒު އައްޔަންކުރާ މީހެއް، އޭސީސީގެ ރައީސަކީ މުއިއްޒު އައްޔަންކުރާ މީހެއް، ކުރީގަ އޮވެއްޖިއްޔާ މި އޮންނަނީ އެ މީހުންގެ ތެރެއިން ވޯޓު ލައިގެން ހޮވޭ މީހެއް، މި ހުރިހާ ތަނެއް މުއިއްޒު ކޮންޓްރޯލްކުރަނީ، އެކަމަކު މިހާރު މި ބުނަނީ މި ބިލުގަ އެބައޮތޭ މިހެން ވެސް، ތިމަންނަ ބޭނުމެއް ނޫނޭ އެކަމެއް
ކުރީގެ ރައީސް އަބްދުالله ޔާމީން

މީޑިއާތައް ކޮންޓްރޯލްކުރަން ބޭނުންފުޅުނުވާ ކަމަށް ރައީސް ވިދާޅުވަމުން ގެންދެވި ނަމަވެސް، މުހިންމު މިނިވަން މުއައްސަސާތަކުގެ ވެރިން އައްޔަންކުރައްވަނީ ރައީސް ކަމަށާއި، އެ މުއައްސަސާތައް ހިންގުމުގެ ޒިންމާ އުފުލަނީ ވެސް އެ ބޭފުޅުން ކަމަށް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން ރައީސްގެ އިޚުލާސްތެރިކަމެއް ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ސަރުކާރު ޖަވާބުދާރީކުރުވޭނެ ފަދަ މުއައްސަސާއެއް މިވަގުތު މި ގައުމުގައި ނެތްއިރު، ސަރުކާރު ޖަވާބުދާރީކުރުވަން މީޑިއާ އޮންނަން ޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި، މިވަގުތު މިނިވަންކަމާއެކު އޮތް އެއް ބާރަކީ މީޑިއާކަމަށް ވާއިރު، މީޑިއާތައް ކޮންޓްރޯލްކުރަން ސަރުކާރުން މަސައްކަތްކުރަނީ ސަރުކާރުން ކުރާ ގޯސް ކަންކަމަށް ރައްޔިތުން ފާޑުކިޔާތީ އެ ފާޑުކިއުންތަކުގައި މަތިއެޅުމުގެ ގޮތުންނެވެ.

ޔާމީން ވިދާޅުވީ ސަރުކާރުގައި ތިއްބަވާ ވެރިންގެ ވާހަކަ ރައްޔިތުން ދައްކަނީ ވެރިންގެ ފަސްބައިގައި ކަންތައްތަކެއް ހުރުމުން ކަމަށާއި ޖެހިގެން އުޅޭ މައްސަލައަކީ ސަރުކާރުން ހިންގާ ބޮޑެތި ޖަރީމާތަކުގެ އަޑު ކަނޑުވާލަން ޖެހޭ ޖެހުން ކަމަށެވެ.

މީޑިއާ ކޮންޓްރޯލްކުރާ ބިލު ފާސްކުރަން ޖެހޭ ސަބަބާ މެދު ސުވާލު އުފައްދަވައި އެމަނިކުފާނު ވިދާޅުވިގޮތުގައި އާންމުންގެ ކަންކަމާ ހަވާލުވެ ތިބޭ މީހުން ގޯސް ހަދާ ގޯސްތަކުގެ ވާހަކަ އާންމުން އަބަދު ވެސް ދައްކާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު