Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ރައީސް އަކީ ކަންފަތުން އަޑު އައްސަވައި ބޭފުޅަކަށް ވަނީ ނަމަ، މީޑިއާގެ ކަންބޮޑުވުންތައް އަޑު އައްސަވަން ޖެހޭ: މެމްބަރު އަމީން

ބިލު އެންމެ ބޮޑަށް ނިސްބަތްވާ ފަރާތްތަަކަކީ ނޫސްވެރިން އަދި މީޑިއާތައް ކަމަށާއި، އެ ފަރާތްތަކާ މަޝްވަރާ ކުރުމެއް ނެތި އެ ބިލު މަޖިލީހަށް ހުށަހަޅާފައިވާތީ އެކަން ކުށްވެރި ކުރެއްވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 އޯގަސްޓު 2025 | ބުދަ 07:54
ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަކީ ކަންފަތުން އަޑު އައްސަވައި ބޭފުޅެއް ކަމަށް ޕީއެންސީގެ މެމްބަރުން ވިދާޅުވަމުން ގެންދަވާއިރު، ރައީސް އަކީ ކަންފަތުން އަޑު އައްސަވައިި ބޭފުޅެއް ކަމަށް މީޑިއާ ތަކުގެ ކަންބޮޑުވުންތައް އަަޑު އައްްސަވަން ޖެހޭ ކަމަށް، ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.

ދައުރުން ބޭރުގައި ބުދަ ދުވަހު ބޭއްވި ޖަލްސާގައި މެމްބަރު އަމީން މިހެން ވިދާޅުވީ، ތުޅާދޫ ދާއިރާގެ މެމްބަރު ޢަބްދުލް ޙަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ މީޑިއާތައް ނައްތާލާ ބިލަށް ބަހުސް ކުރައްވަމުންނެވެ.

Advertisement - newsAdvertisement

މެމްބަރު އަމީން ވިދާޅުވީ އެ ބިލު އެންމެ ބޮޑަށް ނިސްބަތްވާ ފަރާތްތަަކަކީ ނޫސްވެރިން އަދި މީޑިއާތައް ކަމަށާއި، އެ ފަރާތްތަކާ މަޝްވަރާ ކުރުމެއް ނެތި އެ ބިލު މަޖިލީހަށް ހުށަހަޅާފައިވާތީ އެކަން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ކޮމެޓީ މަރުޙަލާގެ ކުރިން އެ ބިލާ ގުޅޭ ގޮތުން މީޑިއާ ތަކުގެ ފަރާތްތަކާ މަޝްވަރާ ކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

އެގޮތުން މީޑިއާ ތަކުގެ ކަންބޮޑުވުންތަކާއި، މީޑިއާ ތަކުން ފާހަގަ ކުރަން ބޭނުންވާ ކަންކަމާ އެކު އެ ބިލު މަޖިލީހަށް ގެންނެެވުން އެދޭ ކަމަށް ވެސް އަމީން ވަނީ ވިދާޅުވެފަ އެވެ. އެކަން ފާހަގަ ކުރައްވައި އަމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅީއްސުރެ މީޑިއާ ތަކުގެ ބޭފުޅުން، އެ ބޭފުޅުންގެ ކަންބޮޑުވުންތަކާ އެކު މަގު މަތީގައި އަދި ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރަމުން ގެންދާ ކަމަށެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ތެލެސީމިއާ ބިލު އަލުން އަނބުރި މަޖިލީހަށް ފޮނުވާފައިވާތީ، އެއީ ރައީސް މުޢިއްޒު ކަންފަތުން އަޑު އައްސަވާތީ ކުރެއްވި ކަމެއް ކަމަަށް ޕީއެންސީގެ މެމްބަރުން ވިދާޅުވެފައިވާ ކަމަށާއި، ރައީސް ކަންފަތުން އަޑު އައްސަވާތީ މީޑިއާގެ ސީނިއާ ބޭފުޅުންގެ ކަންބޮޑުވުންތައް އަދި އަޑު ކަންފަތުން އަޑު އެއްސެވުމަށް ރައީސް އަށް ގޮވާލައްވައި ކަމަށެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުނީއްސުރެ އެ ބޭފުޅުން އެ ތިބީ އެ ބޭފުޅުންގެ ކަންބޮޑުވުންތަކާ އެކީގައި މަގުމަތީގައި ސޯޝަލް މީޑިއާގައި، ޓީވީ ތަކުގައި އެ ބޭފުޅުންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމުގައި. ކުރިން ވާހަކަ ދެއްކެވި ތެލެސީމިއާގެ ބިލު އަނބުރާ ފޮނުވީމަ ވާހަކަ ދެއްކި ޕީއެންސީގެ ބައެއް އިއްޒަތްތެރި މެމްބަރުން ފާހަގަ ކުރި ނިކުތާ އަޅުގަނޑު ފާހަގަކޮށްލާނަން. ރައީސް އަކީ ކަންފަތުން އަޑު އައްސަވައި ބޭފުޅެކޭ. އެހެންވެ ރައީސް ކަންފަތުން އަޑު އައްސަވާތީ އަޅުގަނޑު މި އެދެނީ ވަރަށް އާދޭހާ އެކު ރައީސްއޭ، މީޑިއާގެ ހުރިހާ ބޭފުޅުން، ޚާއްސަކޮށް ދެހާސް އަށެއްގެ މި ޤާނޫނު އަސާސީގެ ފަހުން މި އުފެދުނު ވަރުގަދަ މީޑިއާ ތަކުގެ ސީނިއާ، ވަރަށް ސީނިއާ ބޭފުޅުންގެ ކަންބޮޑުވުންތައް އެ ހިއްސާ ކުރަނީ މީޑިއާގައި. އެހެންވީމާ އެ ބޭފުޅުންގެ އަޑު އައްސަވާށޭ ރައީސް. ކަންފަތުން އަޑު އައްސަވާށޭ، އެހެން ގޮތަކަށް ނޫން. ކަންފަތުން އަޑު އައްސަވައިގެން އެ ބޭފުޅުންގެ އެ ކަންބޮޑުވުންތަކަށް ތަސައްލީއެއް ގެނެސްދޭށޭ.
ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް

މީގެ އިތުރުން މެމްބަރު އަމީން ވިދާޅުވީ އާދައިގެ ރައްޔިތަށް ވެސް މޮޅު ވިސްނުމެއް ވިސްނި ދާނެ ކަމަށް، އަދި ރަނގަޅު ޚިޔާލެއް ދެވިދާނެ ކަމަށް ޕީއެންސީގެ މެމްބަރުން ފާހަގަ ކޮށްފައިވާ ކަމަށާއި، އެހެންކަމުން މިހާރު ހުށަހަޅާފައި އޮތް ބިލު އަނބުރާ ގެންގޮސް، މީޑިއާ ތަކުގެ ޚިޔާލާ އެކު ގެންނެެވުން އެދޭ ކަމަށެވެ.

މެމްބަރުން އަމީން ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި މިފަދަ ބިލެއް އޮތް ނަމަ، މިއަދު ޕީއެންސީގެ ވެރިކަމެއް ނޯންނާނެ ކަމަށެވެ. އަދި މަޖިލީހުގައި ތިއްބެވި ބައެއް މެމްބަރުން ވެސް ތިއްބަވާނީ ޖަލުގައި ކަމަށް އަމީން ވިދާޅުވި އެވެ.

އެކަން ފާހަގަ ކުރައްވައި އަމީން ވިދާޅުވީ ކޮންމެ މީހެއްގެ ވެސް އަބުރެއް އޮންނަ ކަމަށް ޤަބޫލު ކުރައްވާ ކަމަށާއި، މިހާރު ވެސް މީހެއްގެ އަބުރަށް އަރައިގަނެފި ނަމަ، ޙައްލު ހޯދޭނެ ގޮތްތަކާއި، ފިޔަވަޅު އެޅޭނެ ގޮތް ގޮތް ވެސް ހުރި ކަމަށެވެ. އެކަމަށް ޚާއްސަ ކޮމިޝަންތައް މިހާރު ވެސް އުފައްދާފައި އޮތް ކަމަށް އަމީން ވަނީ ވިދާޅުވި އެވެ.

މީޑިއާ ތަކުން މީހުންގެ އަބުރަށް އަރަނީއޭ ބުނެ، އެކަން ހުއްޖަތަކަށް ދައްކައިގެން ކުރަން އުޅޭ ކަމަކީ، ސަރުކާރުގެ ވައްކަމާއި، ސަރުކާރުން ކުރަމުން އަންނަ ނޭއްގާނީ ކަންކަމުގެ ވާހަކަ ދައްކަމުން އަންނަ މީހުންގެ އަޑު ކަނޑުވާލުން ކަމަށް ވެސް އަމީން ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާތައް ނައްތާލުމުގެ ބިލާ ދެކޮޅަށް ގިނަ ނޫސްވެރިންނާއި، މީޑިއާ ތަކުން ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، ސަރުކާރަށް ނިސްބަތްވާ މެމްބަރުން ދަނީ އެ ބިލުގެ ދިފާއުގައި ވަރަށް ބޮޑަށް ވާހަކަ ދައްކަވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު