Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ-އެމެރިކާ

އެެމެރިކާ އާއެކު ވިޔަފާރީގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް އިންޑިއާ އިން ބުނެފި

އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރުގެ ވާހަކަފުޅުން ފާހަގަ ކުރެވުނު ގޮތުގައި، އެ މަޝްވަރާ ތަކުގައި އިންޑިއާގެ އިޤްތިޞާދީ މަސްލަޙަތު ހިމާޔާތް ކުރުމަށް އެ ޤައުމުން ގެންދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރާ ކަމަށް ވެސް ޖައިޝަންކަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އިންޑިއާ އާއި އެމެރިކާ އާ ދެމެދު ވިޔަފާރީގެ މަޝްވަރާތައް ކުރިއަށްދާކަމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 އޯގަސްޓު 2025 | އާދީއްތަ 08:42
އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު

އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު

އެމެރިކާ އާއެކު ވިޔަފާރީގެ މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނަ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

ޖައިޝަންކަރު މިހެން ވިދާޅުވީ އިންޑިއާގެ ވެރި ރަށް ނިއު ދިއްލީގައި ހޮނިހިރު ދުވަހު ބޭއްވުނު ހަފްލާއެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. އެ ޙަފްލާގައި އިންޑިއާގެ ދަނޑުވަރިންނާއި، ކުދި އުފެއްދުންތަކުގެ މަސްލަޙަތު ހިމާޔާތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ޖައިޝަންކަރު ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާ އިން ރަޝިޔާގެ ތެޔޮ ގަތުމުގެ މުއާމަލާތްތައް ކުރިއަަށް ގެންދިޔުމާ ގުޅިގެން، އިންޑިއާގެ މުދަލުން 50 އިންސައްތައާ ހަމައަށް ޓެރިފް ނެގުމަށް އެމެރިކާ އިން ވަނީ ނިންމައިފަ އެވެ. މިއީ އެމެރިކާ އިން އެހެން ޤައުމު ތަކުގެ މުދަލުން ނަގާ އެންމެ މަތީ ޓެރިފްގެ މިންވަރެވެ.

މިހާރު އެމެރިކާ އިން އަންނަނީ އިންޑިއާގެ މުދަލުން 25 އިންސައްތައިގެ ޓެރިފް ނަގަމުންނެވެ. މި ހިނގާ އޮގަސްޓު މަހުގެ 25 ވަނަ ދުވަހުން ފެށިގެން، އިތުރު 25 އިންސައްތައިގެ ޓެރިފް ނެގުމަށް ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރުގެ ވާހަކަފުޅުން ފާހަގަ ކުރެވުނު ގޮތުގައި، އެ މަޝްވަރާ ތަކުގައި އިންޑިއާގެ އިޤްތިޞާދީ މަސްލަޙަތު ހިމާޔާތް ކުރުމަށް އެ ޤައުމުން ގެންދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރާ ކަމަށް ވެސް ޖައިޝަންކަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އިންޑިއާގެ މުދަލުން 50 އިންސައްތައާ ހަމައަށް ޓެރިފް ނެގުމަށް އެމެރިކާ އިން ނިންމި ނަމަވެސް، ރަޝިޔާއާއެކު ކުރަމުން އަންނަ ތެލުގެ ވިޔަފާރި އަށް ބަދަލު ނުގެންނަން އިންޑިއާ އިން ވަނީ ނިންމައިފަ އެވެ. އެގޮތުން އިންޑިއާ އިން ބޭނުން ވަނީ އެމެރިކާގެ ފިޔަވަޅުތަކާ ކެރިގެން ކުރިމަތިލައި، ރަޝިޔާއާ އެކު އޮންނަ ގުޅުން ވެސް ބަދަހި ކުރަން ކަމަށް މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.

އެގޮތުން އިންޑިއާގެ އިސް އޮފިޝަލުން ވަނީ ރަޝިޔާގެ ވެރި ރަށް މޮސްކޯ އަށް ވަޑައިގެން، ދެ ޤައުމުގެ ދެ މެދުގައި ގުޅުން ބަދަހި ކުރުމަށް މަޝްވަރާތައް ކޮށްފަ އެވެ. އަދި ދެ ޤައުމުން ވެސް ގުޅުން ބަދަހި ކުރަން ބޭނުންވާއިރު، މިއަހަރުގެ ފަހު ކޮޅު ރަޝިޔާގެ ރައީސް އިންޑިއާ އަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އިތުރަށް ކިޔާލަން

10 ޖުލައި 2017

މިއީ ރަޝިއާއާއެކު ބިނާކުރަނިވި މަސައްކަތްތަކެއް ކުރަންވީ ވަގުތު :ޓްރަމްޕް

10 ޖުލައި 2017
މިއީ ރަޝިއާއާއެކު ބިނާކުރަނިވި މަސައްކަތްތަކެއް ކުރަންވީ ވަގުތު :ޓްރަމްޕް
21 ޖޫން 2017

ޔޫކްރެއިންގެ ރައީސްއާއެކު ބޭއްވުނީ "ވަރަށް ރަނގަޅު މަޝްވަރާތަކެއް":ޓްރަމްޕް

21 ޖޫން 2017
ޔޫކްރެއިންގެ ރައީސްއާއެކު ބޭއްވުނީ "ވަރަށް ރަނގަޅު މަޝްވަރާތަކެއް":ޓްރަމްޕް
12 ޖޫން 2017

އިޓަލީން ޤަތަރާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެއްބަސްވެއްޖެ

12 ޖޫން 2017
އިޓަލީން ޤަތަރާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެއްބަސްވެއްޖެ
24 އެޕްރީލު 2017

މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

24 އެޕްރީލު 2017
މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި
24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު