Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނިއު ރޭޑިއެންޓް

ދަގަނޑޭ އަދި ތަޖުރިބާކާރު ކޯޗު ސުޒެއިން ވެސް، އެންމެ ކާމިޔާބު ކުލަބު ނިއުރޭޑިއެންޓަށް

24 އޯގަސްޓު 2025 | އާދީއްތަ 12:55

ސުޒެއިން ނިއުރޭޑިއެންޓާ ގުޅިފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 24 އޯގަސްޓު 2025 | އާދީއްތަ 12:55
 ކޯޗު އަލީ ސުޒެއިން އަދި އަލީ އަޝްފާގް ވަނީ ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާ ގުޅިފަ

ކޯޗު އަލީ ސުޒެއިން އަދި އަލީ އަޝްފާގް ވަނީ ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާ ގުޅިފަ

ދިވެހިރާއްޖޭގެ އެންމެ ތަޖުރިބާކާރު އަދި ކާމިޔާބު ކޯޗުންގެ ތެރޭގައި ހިމެނޭ އަލީ ސުޒެއިން، ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ އަދި އެންމެ ކާމިޔާބު ފުޓުބޯޅަ ކުލަބު ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ ކޯޗުކަމާ ހަވާލު ވެއްޖެއެެވެ. މި ފެށޭ ސީޒަންގައި ރާއްޖޭގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގް (ދަގަނޑޭ) ވެސް ފެނިގެންދާނީ ނިއުރޭޑިއެންޓުން ކަން، ނިއުގެ ޗެއާމަން އަހުމަދު މުބީން ދާދިފަހުން ހާމަކޮށްފައި ވެއެވެ. އަދި އާ ކޯޗު ސުޒެއިން ވެސް ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.

ސުޒެއިން ކްލަބާ ގުޅުނުކަން، ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުން އަދި ރަސްމީކޮށް އިއުލާނު ކޮށްފައެއް ނުވެއެވެ. ނަމަވެސް ރާއްޖެ އެމްވީ އަށް މައުލޫމަތު ދެމުން ކޯޗު އަލީ ސުޒެއިން ވަނީ ނިއުރޭޑިއެންޓްގެ ކޯޗުކަމާ ހަވާލުވިކަން ކަށަވަރު ކޮށްދީފައެވެ. އަދި ނިއުރޭޑިއެންޓާ ހަވާލުވެފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށްވެސް ސުޒެއިން މައުލޫމާތު ދީފައިވެއެވެ.

Advertisement - newsAdvertisement

ސުޒެއިން ވަނީ ނިއުރޭޑިއެންޓާ އެންމެ ވާދަވެރި، ވިކްޓްރީ ސްޕޯޓްސް ކްލަބްގައި ކުޅުންތެރިއެއްގެ އިތުރުން ކޯޗެއްގެ ގޮތުގައިވެސް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައެވެ. އެންމެ ކުޑައިރު، ވިކްޓްރީ ނިއުރޭޑިއެންޓް އަތުން ބަލިވެއްޖެ ނަމަ ގެޔަށް އައިސް ރޯން އޮންނަކަން ސުޒެއިން ފާހަގަކުރިއެވެ. ނިއުރޭޑިއެެންޓްގެ ކޯޗު ކަމާ ހަވާލުވުމުން ކުރެވެނީ ވަރަށް ތަފާތު އިހުސާސެއްކަން ފާހަގަ ކުރަމުން ސުޒެއިން ބުނީ ނިއުރޭޑިއެންޓްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ އޭނާގެ ކޯޗިން ކެރިޔަރަށް ލިބިގެންދާ އިތުރު ފުރިހަމަ ކަމެއް ކަމުގައެެވެ.

ދެން ވިކްޓްރީ ނިއުރޭޑިއެންޓްގެ ވާދަވެރިކަމަކީ ....އަޅުގަނޑުމެން ކުޑައިރުގަ މެޗުބަލަން ދާއިރު ވިކްޓްރީ ނިއުރޭޑިއެންޓް އަތުން މެޗަކުން ބަލިވިއްޔާ ގެޔަށް އައިއްސަ ރޯނެ... އެހާވެސް ވާދަވެރިކަން ބޮޑު، އެހާވެސް އަޅުގަނޑުމެން ވިކްޓްރީވެފަ އޭރު ތިބެނީ... އެހެން ނަމަވެސް މިހާރު ބަދަލުވެގެން އައިސް އަޅުގަނޑުގެ ކެރިއާގެ އެންމެ ފަހު ދުވަސްތައް މިހާރު މި އަންނަނީ، ގާތް ގަނޑަކަށް 5 ވަރަކަށް އަހަރު ތެރޭގަ އަޅުގަނޑުވެސް ދެން ހަމަ ގެޔަށް އަންނާނީ، އޭގެ ކުރިން އަޅުގަނޑުގެ ކެރިޔާއަށްވެސް އަންނަ އިތުރު ފުރިހަމަ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ނިއުރޭޑިއެންޓްގަ މަސައްކަތް ކޮށްލެވުމަކީ، ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ބޮޑު އެއް ކުލަބު ނިއުރޭޑިއެންޓަކީ
އަލީ ސުޒެއިން

ނިއުގެ ކޯޗުކަމާ ހަވާލުވިފަހުން ކްލަބުގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު މެސެޖްތަކުން އެނގިގެން ދިޔައީ، ނިއުގެ ކޯޗުކަމުގެ މަގާމުން ސުޒެއިން ފެނުމަކީ މީގެކުރިންވެސް އެފަރާތްތަކުގެ އުއްމީދެއް ކަމުގައެވެ. ސުޒެއިން ނިއުރޭޑިއެންޓާ ގުޅުމަކީ ލީގަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއް ކަމަށް ފާހަގަކޮށް ދިވެހި ކޯޗުންގެ ފަރާތުން ލިބިގެންދިޔަ މަރުހަބާގެ މެސެޖުތަކުގެ ސަބަބުން، ކޯޗުންގެ މެދުގައި ވެސް ގުޅުންތެރިކަމާ އެއްބައިވަންތަކަން އޮތްކަން ވަރަށް ބޮޑަށް އިހުސާސްވެގެން ދިޔަކަމަށް ސުޒެއިން ބުނެފައިވެއެވެ. އެހެން ކަމުން ނިއުރޭޑިއެންޓްގެ ކޯޗުކަމާ ހަވާލުވެވުމުން ހުރިހާ ގޮތަކުންވެސް ކުރެވެނީ ވަރަށް އުފާވެރި އިހުސާސެއްކަމަށް ސުޒެއިން ފާހަގަކުރިއެވެ.

މީގެ ދެން އެންމެ ވާދަވެރިކަން އޮތް އިރު ވިކްޓްރީގަ އަޅުގަނޑު ކުޅެ، ވިކްޓްރީގެ ކޯޗެއްގެ ގޮތުގަވެސް މަސައްކަތް ކުރެވިއްޖެ ނިއުރޭޑިއެންޓާ އިދިކޮޅަށް، މާޒިޔާގަވެސް ނިއުރޭޑިއެންޓާ ވާދަ ކޮށްފިން، އެހެން ކަމުން ޖުމްލަކޮށް ދަންނަވާކަމުގަ ވަނީނަމަ މިއީ ވަރަށް ތަފާތު އިހުސާސެއް ކުރެވޭ ކަމެއް، އެއީ ނިއުރޭޑިއެންޓުގަވެސް ވަރަށް ގިނަ ސަޕޯޓަރުންތަކެއް ތިބޭނެ.... މެސެޖްތައްވެސް އައި މަރުހަބާ ކިޔާފަ އަޅުގަނޑު ނިއުރޭޑިއެންޓާ އެއްކޮށް މަސައްކަތް ކޮއްލަން ބޭނުންވެފެ.. އެގޮތަށް އެ ވެލްކަމް އައިމަ ވަރަށް އުފާވި،
އަލީ ސުޒެއިން

މިހާރު ކަންތައްތައް މިދާ ގޮތުން އޮގަސްޓް 27 ގައި ޓީމުގެ ޕްރެކްޓިސް ފެށޭނެ ކަމަށް ސުޒެއިން މައުލޫމާތު ދީފައިވެއެވެ. އަދި އަލުން އަނބުރާ ފުރަތަމަ ޑިވިޝަނުގައި ނިއު ކުޅޭނެ ކަމުގެ ވަރަށް ބޮޑުއުއްމީދެއް އެބަ އޮތް ކަމަށާއި، ނިއުއާ ހަވާލުވުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް އެއީ ކަމުގައި ސުޒެއިން ފާހަގަކުރިއެވެ.

ފުރަތަަ ޑިވިޝަނުގައި ނިއު ވާދަކުރުމުގެ ހުރިހާ ކަމެއް ނިމިގެން، ޓީމަށް އިތުރު ކުޅުންތެރިން ގެނައުމުގެ މަސައްކަތް ކުރިޔަށް ދާނެ ކަމަށް ސުޒެއިން ބުނެފައިވެއެވެ. މިހާރުވެސް ޓީމުގައި ރަނގަޅު ސްކޮޑެއް އެބައޮތް ކަމަށާއި، އެންމެ ފަހުން ބޭއްވި އެފްއޭއެމް ލީގު ކަޕުގައި ކޯޗު ސޮބާގެ އިރުޝާދުގެ ދަށުން ރަނގަޅު ކުޅުމެއް މި ކުޅުންތެރިންގެ ފަރާތުން ފެނިފައިވާކަމަށް ސުޒެއިން ފާހަގަ ކުރިއެވެ. އަދި ފެންވަރު ރަނގަޅު ބިދޭސީ ދެ ކުޅުންތެރިޔަކު ހިމެނޭހެން ސީޒަން ފެށުމުގެ ކުރިން އިތުރު ކުޅުންތެރިން ނިއުއާ ގުޅޭނެ ކަމަށްވެސް ސުޒެެއިން މައުލޫމާތު ދީފައިވެއެވެ.

މިއަހަރުގެ ލީގުގެ ކުޅުން ފެށޭނެ ކަމަށް ގަބޫލު ކުރެވެނީ ސެޕްޓެމްބަރު މެދުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗެރިޓީ ޝީލްޑް މެޗުގެ ހަފްތާއެއް ފަހުން ކަމަށް ސުޒެއިން ބުނެފައިވެއެވެ.

އެންމެ ފަހުން ސުޒެއިން ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގައެވެ. އޭގެ ކުރިން ސުޒެއިން ވަނީ ވިކްޓްރީގެ އިތުރުން މާޒިޔާ އަދި ގްރީން ސްޓްރީޓްގައި ކާމިޔާބު ދުވަސްތަކެއް ހޭދަ ކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

19 މާރިޗު 2017

ކައުންސިލް އިންތިހާބު ފަސްކުރަނީ ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ނުވާނެތީ:ނިޒާރު

19 މާރިޗު 2017
 ކައުންސިލް އިންތިހާބު ފަސްކުރަނީ ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ނުވާނެތީ:ނިޒާރު
17 މާރިޗު 2017

ކައުންސިލް އިންތިހާބު ފަސްކުރީ ރައީސް ޔާމީނަށް ކާމިޔާބު ނުލިބޭނެކަން ޔަގީން ވާތީ: ރައީސް ނަޝީދު

17 މާރިޗު 2017
ކައުންސިލް އިންތިހާބު ފަސްކުރީ ރައީސް ޔާމީނަށް ކާމިޔާބު ނުލިބޭނެކަން ޔަގީން ވާތީ: ރައީސް ނަޝީދު
05 މާރިޗު 2017

އެމްޑީޕީން ށ އަތޮޅަށް ކުރި ދަތުރު ވަރަށް ކާމިޔާބު:ހަސަން ލަތީފް

05 މާރިޗު 2017
އެމްޑީޕީން ށ އަތޮޅަށް ކުރި ދަތުރު ވަރަށް ކާމިޔާބު:ހަސަން ލަތީފް
24 ފެބުރުއަރީ 2017

އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު

24 ފެބުރުއަރީ 2017
އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު
11 ފެބުރުއަރީ 2017

އިންތިޚާބުތައް ކާމިޔާބުކުރަން އެންމެ އިސްކޮށް މަސައްކަތް ކުރާ މީހާއަށް ވާނަން: ހަސަން ލަތީފް

11 ފެބުރުއަރީ 2017
އިންތިޚާބުތައް ކާމިޔާބުކުރަން އެންމެ އިސްކޮށް މަސައްކަތް ކުރާ މީހާއަށް ވާނަން: ހަސަން ލަތީފް
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް