Advertisement
ކ. މާލެ
|
23 އޯގަސްޓް 2025 | ހޮނިހިރު 22:17
ރައީސް މުޙައްމަދު މުޢިއްޒު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ ޤާސިމް އިބްރާހީމަށް އަރުވަނީ
ރައީސް މުޙައްމަދު މުޢިއްޒު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ ޤާސިމް އިބްރާހީމަށް އަރުވަނީ
ރައީސް އޮފީސް
ކާޑެއްދޫ އެއަރޕޯރޓް
ކާޑެއްދޫ އެއަރޕޯޓަށް ބަދަލު ދިނުމުގެ ކުރިން އޮޑިޓަރ ޖެނެރަލް މެދުވެރިކޮށް އޮޑިޓެއް ހަދަން ޖެހޭނެ: ޒަރިޔަންދު
ވިލާ އެއަރ އަށް ދޫކޮށްފައިވާ ކާޑެއްދޫ އެއަރޕޯޓު ދައުލަތައް ނެގުމުގެ ބަދަލެއްގެ ގޮތުން 18 މިލިއަން ޑޮލަރު ދޭން ސަރުކާރުން ވަނީ ނިންމާފައި
ވިލާ އެއަރ އިން އައްޔަނު ކުރި އޮޑިޓަރުން ކަމަށްވާ، "އާރންސްޓް އެންޑް ޔަންގް" އިން އެމީހުންގެ ކްލަޔަންޓް އުފާވާގޮތަށް ހިސާބު ހެދުމުގެ ފުރުސަތު އޮންނާނެ
ކާޑެއްދޫ އެއަރޕޯޓުގެ އަގު ސަރުކާރުގެ އިކޮނިމިކް ކައުންސިލުން ކަނޑައެޅީ، 'އާރނެސްޓް އެންޑް ޔަންގް' ގެ އިވެލުއޭޝަން ރިޕޯޓަށް ބަލައިގެން ކަމަށް ރައީސް އޮފީގުގެ ސިޓީގައިވޭ

ވިލާ އެއަރ އަށް ދޫކޮށްފައިވާ ގދ. ކާޑެއްދޫ އެއަރޕޯޓަށް ބަދަލު ދިނުމުގެ ކުރިން އޮޑިޓަރ ޖެނެރަލް މެދުވެރިކޮށް އޮޑިޓެއް ހަދަން ޖެހޭނެ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ގެ މަސްލަހަތު އޮންނަ ވިލާ އެއަރ އަށް ދޫކޮށްފައިވާ ކާޑެއްދޫ އެއަރޕޯޓު ދައުލަތައް ނެގުމުގެ ބަދަލެއްގެ ގޮތުން 18 މިލިއަން ޑޮލަރު ވިލާ އެއަރ އަށް ދޭން ނިންމި ކަން ހާމަ ވުމާއެކު ގިނަ ބަޔެއްގެ ފާޑު ކިޔުމާ އެކި ތުހުމަތުތައް ކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކުރިން އޮޑިޓް އޮފީހުގައި އަދި ޓެންޑަރ ބޯޑުގެ ޗެއަރމަން އެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޒަރިޔަންދު މި މައްސަލައިގައި އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އެއަރޕޯޓަކީ ކުރިން ވެސް އެއްބަސްވުން ބާތިލުކޮށް 2022 ގައި 2 ފަޅަކާ އެކު އެ ކުންފުނީގެ ވެރިންގެ މަސްލަޙަތު ހިމެނޭ ސަރުކާރަކުން އަނބުރާ ހޯދި ތަނަކަށްވީ ހިނދު، މިތަން ތަރައްޤީ ކުރުމުގެ ޕްލޭނާއި އެއްގޮތަށް ކަންކުރިތޯ ނުވަތަ ނޫންތޯ ބެލުމަކީ "އޮޑިޓަރުން"ނަށް ލާޒިމު ކަމެއް ކަމުގައެވެ.

އެހެން އެކަން އޮއްވާ "ވިލާ އެއަރ އިން އައްޔަނު ކުރި އޮޑިޓަރުން ކަމަށްވާ، "އާރންސްޓް އެންޑް ޔަންގް" އިން އެމީހުންގެ ކްލަޔަންޓް (ވިލާ އެއަރ) އުފާވާ ގޮތަށް ހިސާބު ހެދުމުގެ ފުރުސަތު އޮތުމުން، - ISSAI 400 ސްޓޭންޑަރޑް އާއި އެއްގޮތަށް އޮޑިޓް އޮފީސް މެދުވެރިކޮަށް މި ކޮންޓްރެކްޓް އޮޑިޓް ކުރުމަކީ ދައުލަތުން ބަދަލު ދިނުމުގެ ނިންމުމެއް ނިންމާ އިރު ރައްޔިތުންނަށް ކަށަވަރު ކަމެއް ލިބޭނޭ އެންމެ ޒިންމާދާރު ގޮތްކަމަށް ދެކޭ ކަމުގައި،" ޒަރިޔަންދު ވިދާޅުވެފައި ވެއެވެ.

ކާޑެއްދޫ އެއަރޕޯޓު އަނބުރާ ސަރުކާރަށް ހަވާލު ކުރުމުގެ ބަދަލެއްގެ ގޮތުން ގާސިމް އިބްރާހިމް ގެ ވިލާ އެއަރ އަށް 18 މިލިއަން ޑޮލަރު ސަރުކާރުން ދޭން ނިންމިކަން ހާމަވީ، ގާސިމް އަމިއްލަފުޅަށް އެކްސް ގައި ހާމަ ކުރި ރައީސް އޮފީހުގެ ރަސްމީ ސިޓީ އަކުންނެވެ.

އެ ސިޓީގައިވާ ގޮތުން ބަދަލު ހޯދުމުގެ ގޮތުން ވިލާ އެއަރ އިން ރައީސް އޮފީހަށް ހުށަހެޅި ހުށަހެޅުމުގައި އެއަރޕޯޓް ތަރައްގީ އަށް 100 މިލިއަން ޑޮލަރު އަރާނެ ކަމަށް 'އާރންސްޓް އެންޑް ޔަންގް' އިން ލަފާ ކޮށްފައިވާ ކަމާއި، އެހެން ނަމަވެސް ބަދަލުގެ ގޮތުގައި، ދައުލަތުން 21 މިލިއަން ޑޮލަރު ދިނުން އެދޭ ކަމަށް ވިލާ އެއަރ އިން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ފޮނުވި ސިޓީގައި ބުނެފައި ވަނީ، އެ އޮފީހުން ބެލި ބެލުމުން، ކާޑެއްދޫ އެއަރޕޯޓުގެ އަގަކީ 18.5 މިލިއަން ޑޮލަރު ކަމަށާއި، އެއަރޕޯޓް ތަރައްގީ ކުރުމަށް ޖާމިނު ކޮށް ދައުލަތުގެ ފަރާތުން އދ އަތޮޅުން ދޫކޮށްފައިވާ 2 ފަޅުގެ އަގު ކަމުގައިވާ 15 މިލިއަން އެމެރިކާ ޑޮލަރު ހިމަނައިގެން ޖުމްލަ އަގަކީ 33.5 މިލިއަން އެމެރިކާ ޑޮލަރު ކަމަށް 14 އޮގަސްޓް 2025 ގައި ބޭއްވި އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމާފައިވާ ކަމަށެވެ. އަދި އެ ގޮތުން އެއަރޕޯޓަށް ކޮށްފައިވާ ޚަރަދުގެ ބަދަލެއްގެ ގޮތުގައި 18 މިލިއަން ޑޮލަރު ދޭން ނިންމީ ކަމުަގައި ރައީސް އޮފީހުން ބުނެފައިވެއެވެ.

ކާޑެއްދޫ އެއަރޕޯޓުގެ އަގު ސަރުކާރުގެ އިކޮނިމިކް ކައުންސިލުން ކަނޑައެޅީ، 'އާރންސްޓް އެންޑް ޔަންގް' ގެ އިވެލުއޭޝަން ރިޕޯޓަށް ބަލައިގެން ކަމަށް ރައީސް އޮފީގުގެ ސިޓީގައި ވެއެވެ.

ސަރުކާރުން ދޭން ހުށަހެޅި އޮފަރ ގެ ތެރޭގައި ވިލާ ގްރޫޕުން ދައުލަތައް ދައްކަން ޖެހޭ ޓެކްސް 18 މަސް ދުވަހަށް ބަހާލައިގެން އެޖެސްޓްމަންޓް ހަދައިދިނުން ހިމެނެއެވެ.

ސަރުކާރުގެ އޮފަރ ގައި ވާ ގޮތުން ވިލާ އެއަރ އަށް 18 މިލިއަން ޑޮލަރު ލިބުމުގެ އިތުރުން، އދ އަތޮޅުން އެއަރޕޯޓް ތަރައްގީ ކުރާތީ ދިން 2 ފަޅު ވެސް ގާސިމް ގެ ވިލާ އެއަރ ކުންފުންޏަށް ލިބޭނެއެވެ.

ސަރުކާރުން މިހާރު ވަނީ ގދ. ކާޑެއްދޫ އެއަރޕޯޓުގެ ލީސް އެގްރީމެންޓް ބާތިލު ކުރުމާ ގުޅޭ ގޮތުން ސަރުކާރުގެ އޮފަރ ގާސިމް ގެ ވިލާ އެއަރ އިން ގަބޫލު ކުރާ ނަމަ އެކަން ސަރުކާރަށް އެންގުމަށް އެދޭ ކަމަށް ބުނެފައެވެ.

- ކޮމެންޓް