Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާނޫނު އިސްލާހު ކުރުން

ގާނޫނީ ސަރުކާރެއް ކަމަށް ދެއްކުމަށް ދަނީ ގާނޫނުތައް ބަދަލު ކުރަމުން، މިކަން ތަކުރާރު ކުރަމުންދާ ނަމަ މި ދައުލަތް ނޯންނާނެ: ޒަރިޔަންދު

ގާނޫނު ބަދަލު ކުރަނީ އަމިއްލަ ފައިދާ ނުވަތަ ކޮރަޕްޝަނުން އެހެން ބަޔަކަށް މަންފާ ހޯދައިދިނުމަށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2025 | އާދީއްތަ 07:57
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ އިސްމާއިލް ޒަރިޔަންދު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ އިސްމާއިލް ޒަރިޔަންދު ވާހަކަ ދައްކަވަނީ

ރައީސް ޑރ.މުހައްމަދު މުއިއްޒު ގެ ސަރުކާރަކީ ގާނޫނު ސަރުކާރެއް ކަމަށް ދެއްކުމުގެ ގޮތުން ގާނޫނުތައް ބަދަލު ކުރަމުންދާ ކަމަށާއި، މިކަން ތަކުރާރު ކުރަމުންދާނަމަ މި ދައުލަތް ނޯންނާނެ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޒަރިޔަންދު ވިދާޅުވީ މި ސަރުކާރު އައި ފަހުން އެކި މަރުހަލާތަކުގައި ރައީސް މުއިއްޒު ބޭނުންފުޅުވާ ކަންކަން ކުރެއްވުމަށް ގާނޫނުތައް ބަދަލު ކުރަމުންދާ ކަމަށާއި، އެއީ ގާނޫނީ ސަރުކާރެއް ކަމަށް ރައްޔިތުންނަށް ދެއްކުމުގެ ގޮތުން ކުރަމުންދާ ކަމެއް ކަމަށެވެ. އަދި ގާނޫނުތައް ބަދަލު ކުރަމުން ދަނީ އަމިއްލަ ފައިދާ ނުވަތަ ކޮރަޕްޝަނުން އެހެން ބަޔަކަށް މަންފާ ހޯދައިދިނުމުގެ ނިޔަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޒަރިޔަންދު ވިދާޅުވީ މިގޮތަށް ގާނޫނާ ގަވާއިދުތަކަށް ބަދަލު ގެނައުން ތަކުރާރުކޮށް ކުރާ ކަމަށްވާނަމަ މި ދައުލަތް ނޯންނާނެ ކަމަށެވެ.

މީގެ އިތުރުން ޒަރިޔަންދު ވަނީ ހެޓިލަރު ކަންތައް ކުރި ގޮތާއި މިހާރު ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. އަދި ވިދާޅުވީ އެ ޒަމާނުގައި ވެސް ހެޓިލަރު އަނިޔާވެރިވުމަށް ގާނޫނުތައް ބަދަލު ކޮށް އެ ފުރުސަތު ހޯދި ކަމަށެވެ.

ދެވަނަ ބޮޑު ހަނގުރާމާގައި ހަމަލާދޭން ފަށަވަން ވެގެން އަޅުގަނޑު ކުޑަކޮށް ފޮތް އެއްޗެހި ބަލާލަން. އަޅުގަނޑު ހިތަށް އެރި ހާދަ ނުލަފާ މީހެކޭ. މީނަ ގޮސްފައި ހަމަ ގާނޫނީ ހަމައެއް ނެތި ރަށްރަށަށް އަރާ ތަޅާ ތިރި ކުރަނީއޭ. ބެލިއިރުގައި މީނާ ކޮންމެ ތަނެއްގައި ރަށެއްގައި ހިފަން ވެގެން މިހަދާ ގޮތަކީ އެމީހުން ހަމަ ބަރާބަރަށް ފާސްކޮށްގެން އެންމެ ފުރަތަމަ ނެގީ އެތަނުގެ މަޖިލިސް. މަޖިލިސް އޭނާގެ ބާރުގެ ދަށަށް ގެނައީ. އޭނާގެ ހުރިހާ ކަމެއް ކޮށްގެން އެކަން ކުރީ. މިއީ އެ ޒަމާނެއް ނޫން. މިއީ ވަރަށް ތަހުޒީބީ ޒަމާނެއް. މިޒަމާނުގައި ދިވެހިރާއްޖޭގައި ތިބީ ވެސް މިހާރު އެކަހަލަ ނުލަފާ ކަންތައްތައް ކުރެވޭ ކަހަލަ ވެރިންނަށް އެފުރުސަތު ދޭ ކަހަލަ ޒުވާނުންނެއް ނޫން. އެހެންވީމަ މީގައި އާހިރުގެ ނަތީޖާ ހަގީގަތް އަރާ ހަމަ ކުރާނެ.
މާލީ ދާއިރާގެ ތަޖުރިބާކާރު، އިސްމާއިލް ޒަރިޔަންދު

ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް އިޝާރާތް ކުރައްވައި ޒަރިޔަންދު ވިދާޅުވީ އެތަންތަން އިދާރީ ގޮތުން ހަމައިން ނައްޓައިގެންދާއިރު، މާލީ ގޮތުން ވެސް ނެއްޓިގެންދާ ކަމަށެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ކުންފުނިތަކުގެ މެންޑިޑޭޓުން ބޭރުން މަސައްކަތްތައް ހަވާލުކޮށް، އަމިއްލަ ވިޔަފާރިތައް އެ ކުންފުނިތަކުގެ ދަށަށް ގެނެސް، އަޅުވެތި ރާއްޖެ އެއް ބިނާ ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ހައްޖު ކޯޕްރޭޝަނުން ހައްޖުގެ މަސައްކަތްތަކުގެ އިތުރުން ގެސްޓްހައުސް ވިޔަފާރި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ގިނަ ރަށްތަކެއް ދިނުމަށްފަހު، މި ވިޔަފާރީގައި އުޅޭ ކުދި ވިޔަފާރިތައް ބާރުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރާ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.

ޒަރިޔަންދު ވިދާޅުވީ ދައުލަތުން ދައުލަތުގެ ކުންފުނިތައް އުފައްދާފައި ވަނީ ރައްޔިތުންނަށް ދޭން ޖެހޭ ވަކިވަކި ބައެއް ޚިދުމަތްތައް ދިނުމަށް ކަމަށާއި، މި އުސޫލު މި ސަރުކާރު ހަލާކު ކޮށްލާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއިސްމާއިލް ޒަރިޔަންދުޤާނޫނު އިސްލާހުކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު