Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓް 2026

ދަރަނި %38 އިތުރުކޮށް، އަންނަ އަހަރަށް ހުށަހަޅާފައިވަނީ ވެސް އިހުމާލުގެ ބަޖެޓެއް: ޒަރިޔަންދު

މި ބަޖެޓު މިހާރު އޮތް ގޮތުން ރައްޔިތުންނަށް ބޮޑެތި ގެއްލުން ތަކެއް ލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2025 | ހުކުރު 07:53
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ އިސްމާއިލް ޒަރިޔަންދު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ އިސްމާއިލް ޒަރިޔަންދު ވާހަކަ ދައްކަވަނީ

ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން މިހާތަނަށް 38 ޕަސެންޓް ދަރަނި އިތުރު ކޮށްފައިވާ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ، 2026 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ ވަރަށް އިހުމާލު ބޮޑު ބަޖެޓެއް ކަމަށާއި، އެ ބަޖެޓު ރިވައިސްކޮށް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

މި ބަޖެޓު މިހާރު އޮތް ގޮތުން ރައްޔިތުންނަށް ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމަށާއި، އިގްތިސާދީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ އިގްތިސާދަށް އިތުރު ފަހި ކަމެއް ގެނެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާ އަދި އެހެނިހެން ވިޔަފާރިތަކަށް ކުރިއެރުމެއް މި ބަޖެޓުން ނުލިބޭ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.

މީގެ އިތުރުން ޒަރިޔަންދު ވިދާޅުވީ ކުރީ ސަރުކާރުތަކުގެ ދަރަނީގެ ވާހަކަތައް ދައްކަމުންދާއިރު، 2023 ވަނަ އަހަރުން ފެށިގެން ވެސް މިއަދާ ހަމައަށް މިސަރުކާރުން ވެސް ދަނީ ދަރަނި ނަގަމުން ކަމަށެވެ.

އެންމެން ވެސް މިދައްކަނީ ކުރީ ސަރުކާރުން ދަރަނިތައް ނެގި ވާހަކަ. 2023 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ދަރަނި ނަގަމުން މިދަނީ. އެންމެ ކުޑަ މިނުން މި ބަޖެޓުގައި ވެސް އަހަރެއްގެ މައްޗަށް އެވްރެޖްކޮށް ދެ ބިލިއަން ރުފިޔާގެ ދަރަނި އިތުރުވަމުން މިދަނީ. މިފަހަރު ދައްކާ ދަރަނީގެ މައްޗަށް ވެސް މިއަހަރު ފައިސާ ހޯދާނެ ގޮތުގެ މައްޗަށް ބަޔާން ކޮށްފައި އޮތްއިރު މި ބަޖެޓުން ފާހަގަވޭ 2.9 ބިލިއަން ރުފިޔާގެ ދަރަނި އަނެއްކާ ނަގާ ކަމަށް. ސްކޫކުގެ ގޮތުގައި. ސްކޫކާއި ބޮންޑުގެ ގޮތުގައި 6 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް މި ބަޖެޓުން ފެނޭ. އޭގެ މާނައަކީ އަނެއްކާ ވެސް އަޅުގަނޑުމެން އެބަ ދަރަނި އެބަ ހޯދައޭ.
މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ އިސްމާއިލް ޒަރިޔަންދު

ޒަރިޔަންދު ވިދާޅުވީ ރާއްޖޭގެ ދަރަނި ދަނީ އިތުރުވަމުން ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލަ އެއް ކަމަށެވެ.

މިކަމުން މި ސަރުކާރުގެ އިގްތިސާދީ ރަނގަޅު ސިޔާސަތުތަކެއް ކަނޑައަޅާފައިނުވާކަން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ސަރުކާރު އައިފަހުން މިހާތަނަށް ދަރަންޏަށް 38 ޕަސެންޓް އިތުރު ވެފައިވާ ކަމަށެވެ.

2023 ވަނަ އަހަރުގެ ބަޖެޓު ހިސާބުގައި ދައުލަތުގެ ދަރަންޏަކީ 125 ބިލިއަން ކަމަށް ބަޔާން ކޮށްފައި އޮތީ. އެކަމަކު 2026 ވަނަ އަހަރާ މި ބަޖެޓާ ހަމައަށް ދައުލަތުގެ ދަރަނި 170 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ބަޔާން ކޮށްފައި މިއޮތީ. އެހެންވީމަ އެއީ 38 ޕަސެންޓުގެ މިވެރިކަން އައި ފަހުން ދައުލަތުގެ ދަރަންޏަށް މިދިޔަ 3 އަހަރުގެ ތެރޭގައި 38 ޕަސެންޓު ދަރަނި އިތުރު ކޮށްފައި އޮތީ.
މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ އިސްމާއިލް ޒަރިޔަންދު

ޒަރިޔަންދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ދަރަނި ނަގާފައިވަނީ ކޮވިޑް-19އާ ގުޅިގެން ކުރިމަތިވި ހާލަތެއްގެ ސަބަބުން ކަމަށާއި، ނަމަވެސް މިސަރުކާރުން ދަރަނި ނަގަމުން ދަނީ އެފަދަ އެއްވެސް ހާލަތެއް ކުރިމަތިނުވެ ކަމަށެވެ. އިގްތިސާދު ރަނގަޅު ކުރުމަށް އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކޮށް، ދަރަނި ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ޒަރިޔަންދުދަރަނި2026 ބަޖެޓްޓީވީ ޓޯކް ޕްރޮގްރާމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގާނޫނީ ސަރުކާރެއް ކަމަށް ދެއްކުމަށް ދަނީ ގާނޫނުތައް ބަދަލު ކުރަމުން، މިކަން ތަކުރާރު ކުރަމުންދާ ނަމަ މި ދައުލަތް ނޯންނާނެ: ޒަރިޔަންދު

ގާނޫނީ ސަރުކާރެއް ކަމަށް ދެއްކުމަށް ދަނީ ގާނޫނުތައް ބަދަލު ކުރަމުން، މިކަން ތަކުރާރު ކުރަމުންދާ ނަމަ މި ދައުލަތް ނޯންނާނެ: ޒަރިޔަންދު

30 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
ބަޖެޓު 2026 ގައި ސިއްހީ ދާއިރާއަށް 8.8 ބިލިޔަން ރުފިޔާ، އެކަމަކު ހުޅުމާލޭގައި ހޮސްޕިޓަލެއް އަޅަން ފަންޑު ނެތިގެން އެހީ ހޯދަނީ

ބަޖެޓު 2026 ގައި ސިއްހީ ދާއިރާއަށް 8.8 ބިލިޔަން ރުފިޔާ، އެކަމަކު ހުޅުމާލޭގައި ހޮސްޕިޓަލެއް އަޅަން ފަންޑު ނެތިގެން އެހީ ހޯދަނީ

28 ނޮވެމްބަރު 2025
ރާއްޖޭގައި ދަރަނީގެ އިންޓަރެސްޓް ޕޭމަންޓު ދަނީ އިތުރުވަމުން، ސަސްޓެއިން ނުކުރެވޭނެ: މެންބަރު ޝަމްހީދު

ރާއްޖޭގައި ދަރަނީގެ އިންޓަރެސްޓް ޕޭމަންޓު ދަނީ އިތުރުވަމުން، ސަސްޓެއިން ނުކުރެވޭނެ: މެންބަރު ޝަމްހީދު

28 ނޮވެމްބަރު 2025
2026 ގެ ބަޖެޓަކީ އިގްތިސާދީ ދިރުމެއް ނެތް، ވިހާއިރު ވެސް މަރުވެފައި އޮންނާނެ ބަޖެޓެއް: މެންބަރު ޣަފޫރު

2026 ގެ ބަޖެޓަކީ އިގްތިސާދީ ދިރުމެއް ނެތް، ވިހާއިރު ވެސް މަރުވެފައި އޮންނާނެ ބަޖެޓެއް: މެންބަރު ޣަފޫރު

24 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު