Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގެދޮރުވެރިޔާގެ ފްލެޓުތައް

ފްލެޓް އެއްބަސްވުމުގައި ސޮއިކުރަން ފެށިތާ މަހެއް، މިހާތަނަށް ސޮއިކުރެވުނީ އެންމެ 1826 މީހުންނާއެކު

23 އޯގަސްޓު 2025 | ހޮނިހިރު 06:18

މިހާތަނަށް 2،774 ފްލެޓު އެއްބަސްވުމެއްގައި ސޮއިކުރަން ތާވަލުކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 23 އޯގަސްޓު 2025 | ހޮނިހިރު 06:18
ގެދޮރުވެރިޔާ ސްކީމްގެ ފްލެޓުތައް

ގެދޮރުވެރިޔާ ސްކީމްގެ ފްލެޓުތައް

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރާ ފްލެޓް ގެ އެއްބަސްވުމުގައި މިހާތަނަށް ސޮއިކުރެވިފައިވަނީ 1826 މީހުންނާއެކު ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ބުނެފިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓް ގެ އެއްބަސްވުމުގައި ސޮއިކުރަން ފަށާފައިވަނީ 21 ޖުލައި 2025 ގައެވެ.

Advertisement - newsAdvertisement

އެ މަސައްކަތުގެ އެންމެފަހުގެ މައުލޫމާތު ހިއްސާކޮށް، ހުކުރު ދުވަހު އެފްޑީސީން ބުނީ މިހާތަނަށް 2،774 ފްލެޓު އެއްބަސްވުމެއްގައި ސޮއިކުރަން ތާވަލުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 1،826 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެކޯޕްރޭޝަނުން ބުނީ ފްލެޓް ލިބޭ މީހުންނަށް، އެއްބަސްވުމުގައި ސޮއިކުރުމަށް ދާން ޖެހޭ ދުވަހާއި ގަޑި "ފަހި ޕޯޓަލް" މެދުވެރިކޮށް ޝެޑިއުލްކޮށް އެ މީހަކަށް އަންގާނެ ކަމަށެވެ. އަދި އެވަގުތަކަށް އައުމަށް އެދިފައިވެއެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް އެފްޑީސީން ބުނެފައިވާއިރު، އޯގަސްޓް މަހުގެ 3 ވަނަ ދުވަހު ހައުސިންގ މިނިސްޓްރީ އިން އަންގައިގެން ސޮއިކުރުން ހޯލްޑް ކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް މެސެޖު ފޮނުވާފައިވެއެވެ. ނަމަވެސް އެޗްޑީސީން ބުނެފައިވަނީ އެފަދަ އެންގުމެއް އަންގާފައިނުވާ ކަމަށް ބުނެ، އެކަން ދޮގުކޮށްފައެވެ.

އެފްޑީސީން އެއްބަސްވުންތައް އެކުަލަވާލި ނަމަވެސް ފްލެޓް ލިބޭ މީހުންގެ ލިސްޓް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީންނެވެ.

އެކި ފަހަރު އެކި ގޮތްތޮތަކަށް ފްލެޓް ދޫކުރުމުގެ ކަންކަމާ ބެހޭ ގޮތުން ސަރުކާރުން ވާހަކަ ދައްކަމުން އައިސް އެންމެ ފަހުން މިފުލެޓް ތަކަކީ އެހެނިހެން ރިއަލްއެސްޓޭޓް ކުންފުނިތަކުން ވެސް ދިގު މުއްދަތަކަށް އަގުދައްކާ ޚަލާސް ކުރުމުން މިލްކު ކުރެވޭ އުސޫލުން، އެފްޑީސީ އަށް 25 އަހަރުގެ މުއްދަތަކަށް އަގުދައްކާ ޚަލާސް ކުރުމުން މިލްކު ކުރެވޭގޮތަށް ދޫކުރެވޭ އެޕާރޓްމަންޓް ތަކެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އަނެއްކޮޅުން "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓް ތަކަށް ރައްވެހިންގެ ރަޖިސްޓަރީ ހަދައި ނުދެވޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.

މީގެ އިތުރުން، ކުރިއާ ޚިލާފަށް މި ފަހަރު ފްލެޓް ހަވާލު ކުރަނީ ކުޔަށްދޭ އެޕާރޓްމަންޓްތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދެއްކުމުންނެވެ.

ސޯޝަލް ހައުސިންގެ ގޮތުގައި ކުރީ ސަރުކާރުން އިމާރާތްކުރި 4000 ހައުސިން ޔުނިޓްތަކަކީ ސަރުކާރު ބަދަލުވެގެން ދިޔައިރު، ސްޓަރަކްޗަރގެ ހުރިހާ މަސައްކަތެއް ނިންމާފައިވާ މަޝްރޫއެކެވެ. އަދި ފްލެޓު ލިބޭނެ މީހުންގެ ލިސްޓްވެސް ފައިނަލް ކޮށްފައިވެއެވެ. ނަމަވެސް މިސަރުކާރުން ފުރަތަމަ ވަނީ އެލިސްޓަށް ފްލެޓުތައް ދޫކުރުމަށް ދެކޮޅު ހަދައި، މައްސަލަތަކެއް ބަލާކަން ހާމަކޮށްފައިވެއެވެ. މި ސަރުކާރަށް ދޮޅު އަހަރުވެގެން ދިޔައިރު ވެސް މި މައްސަލަ ނިންމިފައިނުވާތީ، އަދި ގާނޫނީ ގޮތުން ކުރެވޭނެ ކަމަކަށްނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން ކުރީ ސަރުކާރުގެ ފްލެޓު ލިސްޓަށް ފްލެޓުތައް ދޫކުރަން ނިންމައި އެކަން 29 މެއި 2025 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރިއެވެ. އަދި ހައުސިން މިނިސްޓަރު އަަބްދުﷲ މުއްތަލިބު ވިދާޅުވީ، މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން 4000 ފްލެޓު ދޫކޮށް، އެތަންތަނުގައި މީހުންނަށް ދިރިއުޅެވޭނެ ކަމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ވެށިފަހި ޕްރޮގްރާމުން އޭސީސީގެ ރައީސް ލުތުފީއަށް ފްލެޓް ނުލިބުމުން ދައުވާކުރި މައްސަލައިގެ ބަޔާންތައް ބަދަލުކޮށްފި

09 އެޕްރީލު 2017
ވެށިފަހި ޕްރޮގްރާމުން އޭސީސީގެ ރައީސް ލުތުފީއަށް ފްލެޓް ނުލިބުމުން ދައުވާކުރި މައްސަލައިގެ ބަޔާންތައް ބަދަލުކޮށްފި
25 މާރިޗު 2017

ރައީސް ނަޝީދާއި ރައީސް މައުމޫންގެ ބަސްފުޅު: އެއްބަސްވުމުގައި ސޮއިކުރެއްވީ ގައުމަށްޓަކައި!

25 މާރިޗު 2017
ރައީސް ނަޝީދާއި ރައީސް މައުމޫންގެ ބަސްފުޅު: އެއްބަސްވުމުގައި ސޮއިކުރެއްވީ ގައުމަށްޓަކައި!
22 މާރިޗު 2017

ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި

22 މާރިޗު 2017
ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި
28 ފެބުރުއަރީ 2017

ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި

28 ފެބުރުއަރީ 2017
ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި
26 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!
17 ފެބުރުއަރީ 2017

އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް

17 ފެބުރުއަރީ 2017
އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް