Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ ނޭވީ

ޖަޕާނު ކައިރީގައި އެމެރިކާގެ އަސްކަރީ މަނަވަރެއްގައި 12 ގަޑިއިރު އަލިފާން ރޯވެފައި

ޖަޕާނުގެ ކައިރީގައި އެމެރިކާގެ ކަނޑު ސިފައިންގެ މަނަވަރެއްގައި ރޯވި އަލިފާން 12 ގަޑިއިރުގެ މަސައްކަތަކަށްފަހު ނިއްވާލެވުނު އިރު މި ހާދިސާ ހިނގި ގޮތް މިހާރު ދަނީ ތަޙުޤީޤު ކުރެވެމުންނެވެ.

ރާއްޖެ އެމްވީ | 22 އޯގަސްޓު 2025 | ހުކުރު 02:36
ޖަޕާނުގެ އުރުމާ ސިޓީގެ ވައިޓް ބީޗު ބޭރުގައި ބުދަ ދުވަހު އެމެރިކާގެ ނޭވީގެ ސެން އެންޓޯނިއޯ ކްލާސް އެމްފިބިއަސް ވޯފެއަރ ޝިޕް ޔޫއެސްއެސް ނިއު އޮރްލިއަންސް ގައި ރޯވެ އަނދަނީ

ޖަޕާނުގެ އުރުމާ ސިޓީގެ ވައިޓް ބީޗު ބޭރުގައި ބުދަ ދުވަހު އެމެރިކާގެ ނޭވީގެ ސެން އެންޓޯނިއޯ ކްލާސް އެމްފިބިއަސް ވޯފެއަރ ޝިޕް ޔޫއެސްއެސް ނިއު އޮރްލިއަންސް ގައި ރޯވެ އަނދަނީ

ބުރާސްފަތި ދުވަހުގެ ފަތިހު، ޖަޕާނުގެ ކައިރީގައި އެމެރިކާގެ ކަނޑު ސިފައިންގެ މަނަވަރެއްގައި ރޯވެފައިވާ އަލިފާން 12 ގަޑިއިރު ފަހުން ނިއްވާލެވިއްޖެ ކަމަށް އެމެރިކާގެ ސިފައިން ބުނެފިއެވެ. މި އަލިފާން ނިއްވުމުގައި ގިނަ ވަގުތުތަކެއް ވަންދެން އެ ސަރަހައްދުގެ އުޅަނދުތަކުން މަސައްކަތްކުރިއެވެ.

ބުދަ ދުވަހު އޮކިނާވާގެ ދެކުނުގައި އޮތް ޔޫއެސްއެސް ނިއު އޯލިއަންސްގައި ހިނގި އަލިފާނުގެ ހާދިސާގައި ކުދިކުދި އަނިޔާތަކަށް ފަރުވާދެވުނު އެމެރިކާ ކަނޑު ސިފައިން ގެ ދެ މީހަކު ތިބިކަމަށް އެމެރިކާގެ 7 ވަނަ ފްލީޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

"މި އަލިފާން ރޯވި ސަބަބު މިހާރު ދަނީ ތަޙުޤީޤު ކުރެވެމުން ނެވެ... ނިއު އޯލިއަންސްގެ ފަޅުވެރިން އުޅަނދުގައި ތިބޭނެއެވެ،" މި ބަޔާނުގައި ބުނެފައިވެއެވެ.

208.4 މީޓަރު ދިގު، 24،433 ޓަނުގެ މި އެމްފިބިއަސް ޓްރާންސްޕޯޓް ޑޮކް އުޅަނދު ބަނދަރުކޮށްފައި އޮތީ ވައިޓް ބީޗް ނޭވަލް ފެސިލިޓީގެ ކައިރީގައެވެ.

ޖަޕާނުގެ ކޯސްޓް ގާޑުން ބުނި ގޮތުގައި، އެމެރިކާގެ ސިފައިން ޖަޕާނުގެ އެހީތެރިކަމަށް އެދުނެވެ. ނަމަވެސް އޭގެ ފަހުން އެ އެދުން ބާޠިލުކޮށް، އަނެއްކާ އިރުއޮއްސި 7:30 ހާއިރު އަލުން އެހީތެރިކަމަށް އެދުނެވެ.

ކޯސްޓް ގާޑު، ނޭވީ އަދި އަމިއްލަ ކޮންޓްރެކްޓަރުންގެ ޖަޕާނު ގެ ހަތަރު އުޅަނދު މުޅި ރޭ ހޭދަކުރީ އަލިފާން ނިއްވުމުގައި ކަމަށް އޭއެފްޕީ އިން ރިޕޯޓުކޮށްފައިވެއެވެ.

އެމެރިކާގެ ގާތްގަނޑަކަށް 54،000 ސިފައިން ޖަޕާނުގައި ޚިދުމަތް ކުރަމުން ދެއެވެ. މީގެ ތެރެއިން ގިނަ ބަޔަކު ތިބެނީ އޮކިނާވާގައެވެ.

އެމެރިކާގެ ނޭވީޖަޕާން-އެމެރިކާޔޫއެސްއެސް ނިއު އޯލިއަންސްއޮކިނާވާވައިޓް ބީޗް ނޭވަލް ފެސިލިޓީ7 ވަނަ ފްލީޓް

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު