Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެންއެފް

މިއީ މުނާފިގު ސަރުކާރެއް، މުއިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރެވުނީތީ ލަދުވެތިކަމާއި އެކު މަޢާފަށް އެދެން - މޮސްޓާ

21 އޯގަސްޓު 2025 | ބުރާސްފަތި 16:55

ދެ އަހަރު ވެގެން ދާއިރު ރަސްމާލެ އަށް، ފުށިދިއްގަރު ފަޅުން ކުޑަ ރަށެއްގެ މިންވަރު ވެސް ނުހިއްކުނު ކަމަށް ފާހަގަކުރައްވާ އޭނާ ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 އޯގަސްޓު 2025 | ބުރާސްފަތި 16:55
ހދ. ނޮޅިވަރަމްފަރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)، "ވޭކްއަޕް" ޖަލްސާގައި ވާހަކަދައްކަވަނީ

ހދ. ނޮޅިވަރަމްފަރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)، "ވޭކްއަޕް" ޖަލްސާގައި ވާހަކަދައްކަވަނީ

މި ސަރުކާރަކީ މުނާފިގު ސަރުކާރެއް ކަމަށާއި، ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރެވުނީތީ ލަދުވެތިކަމާއި އެކު އާއްމުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާ ކަމަށް ހދ. ނޮޅިވަރަމްފަރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މޮސްޓާ އެފަދައިން ވިދާޅުވީ ޕީއެންއެފް އިން ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި "ވޭކް އަޕް" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ގައުމުގެ ކަންކަމާއި މެދު ކަންބޮޑުވެގެން ވާހަކަދައްކާ ނަމަ، ދައްކާފައި ނުދައްކާނެ ވާހަކަ އެއް ނޭނގޭ މިންވަރަށް ގައުމުގެ ކަންކަން ދަށަށް ގޮސްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ޑޮލަރުގެ އަގު އިންތިހާ އަށް ބޮޑުވެފައި ވާއިރު ވިޔަފާރިވެރިންނަށް ޑޮލަރު ލިބެމުން ނުދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މި ސަރުކާރުން ވޭޕް މަނާކުރި މަގްސަދާއި މެދު ވެސް އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

ޑޮލަރު ނުލިބިގެން، ޑޮލަރު ހޯދަން ސަލާން ޖަހަނީ ވިޔަފާރިވެރިން. ޒުވާނުން ތިބީ ވާނުވާގައި. ވޭޕް ބޯ މީހުން، ބިޑި ބޯ މީހުން، ސިނގިރެޓް ބޯ މީހުން ތިބީ ކޮން ހާލެއްގައި ކަމެއް ސާފެއް ނޫން. ކޮން މަގްސަދެއްގައި ކަމެއް ނޭނގެ އެ (ވޭޕް) މަނާކުރީ. ލިބޭ އަގު ބޮޑުވީ. ރައްޔިތުންގެ ޖީބަށް ބާރު ބޮޑުވެފައި ސިނގިރެޓް ވިއްކާ އަދަދު މާކެޓްގައި މަދެއް ނުވޭ. ވައުދެއް ވެއްޖެއްޔާ ރޭގަނޑު އަނބި މީހާ ނިދާފައި އޮތްވާ ކޮއްޓާލާފައި މިގޮތަށް މިކަން ކުރާށޭ ބުނީމަ އާއެކޭ ކުރާނަމޭ ބުނާ އުސޫލުން ވާ ވައުދަކަށް މި ވަނީ.
ހދ. ނޮޅިވަރަމްފަރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)

މީގެ އިތުރުން ރަސްމާލެ ހިއްކާނެ ކަމަށް ބުނެ ރައީސް ޑރ.މުއިއްޒު ވެވަޑައިގެންނެވި ވައުދު ވެސް ފުއްދަމުން ނުދާތީ މޮސްޓާ ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. އެ ވައުދު ވެވަޑައިގެންނެވި ފަހުން، ދެ އަހަރު ވެގެން ދާއިރު ރަސްމާލެ އަށް ކުޑަ ރަށެއްގެ މިންވަރު ވެސް ނުހިއްކުނު ކަމަށް ފާހަގަކުރައްވާ ، މޮސްޓާ ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ސަރުކާރުން ފައިސާދޭ މީޑިއާތައް ބޭނުންކޮށްގެން އެކަން އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށް ވެސް މޮސްޓާ ވަނީ ވިދާޅުވެފައެވެ.

ފުށިދިއްގަރު ފަޅުން 1150 ހެކްޓަރުގެ ބިން އެ ސަރަހައްދުން ހިއްކާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. މި މަޝްރޫޢޫ އަކީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށިތާ 600 ދުވަސް ވީއިރު، ހިއްކަން ކަނޑައެޅި ބިމުން ހިއްކުނީ އެންމެ 129 ހެކްޓަރުކަން ވަނީ ހާމަވެފައެވެ.

ރައީސް މުއިއްޒުމޮސްޓާޕީއެންއެފް

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން

12 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން
12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
05 ޑިސެމްބަރު 2025

ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް

05 ޑިސެމްބަރު 2025
ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް