Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޗައިނާއާއެކު ވެވުނު އެއްބަސްވުންތައް

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

12 ޖެނުއަރީ 2024 | ހުކުރު 10:30

މަކުނުދޫއާއި ގުޅޭގޮތުން ޗައިނާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 ޖެނުއަރީ 2024 | ހުކުރު 10:30
އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް

އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް

މި ސަރުކާރުން ޗައިނާއާ އެކު 30 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި، ނަމަވެސް މައުލޫމާތު ހާމަކުރީ 20 އެއްބަސްވުމެއްގެ ކަމުން، ބާކީ 10 އޮތް އެއްބަސްވުމުގެ ތަފްސީލް ހާމަކުރަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި އިންޑިއާއާ އެކު 100 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ވާހަކަ ވަރަށް ބޮޑު ވަރަށް ބިރުވެރި ވާހަކައަކަށް ވެގެން އުޅުނު ތަން ދެކިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ދެ މަސް ވެސް ނުވަނީސް، މި ސަރުކާރުން 20 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި، އެއީ އެމްޑީޕީގެ ވެރިކަމުގެ 5 އަހަރު ތެރޭގައި ސޮއިކުރި އަދަދުގެ 5 ބައިކުޅަ އެއްބައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފައްޔާޒް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ޗައިނާ އާއެކު ސޮއިކުރީ ހަމައެކަނި 20 އެއްބަސްވުމެއްގައި ނޫން ކަމަށެވެ. ނަމަވެސް ޖުމްލަ 30 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި، މި ވާހަކަފުޅު ވިދާޅުވަނީ އެކަން އެނގިވަޑައިގެން ހުންނަވާ ކަމަށެވެ. އަދި 20 އެއްބަސްވުމެއްގެ ވާހަކަ މި ސަރުކާރުން ދައްކާއިރު، އިތުރަށް ސޮއިކުރި 10 އެއްބަސްވުމުގައި އޮތް އެއްޗެއް އެއްވެސް މީހަކަށް ނޭނގޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެގޮތުން މަކުނުދޫއާއި ގުޅޭގޮތުން ޗައިނާއާ އެކު އެއްބަސްވުމެއްގައި މި ސަރުކާރުން ސޮއިކޮށްފައިވާ ކަމަށާއި، އެއީ 30 އެއްބަސްވުމުގެ ތެރެއިން ހާމަނުކުރާ އެއްބަސްވުމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒުގެ ވާހަކަފުޅުގައި އޭނާ ވަނީ ޓްރާންސްޕޭރެންޓް ވާނެކަމަށާއި ހުރިހާ މައުލޫމާތެއް ސާފުކޮށްދޭނެކަމަށް ވިދާޅުވި ބޭފުޅުންގެ ހާލަތާ މެދު ސުވާލުކުރައްވާފައެވެ. އަދި ޗައިނާ ދަތުރާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުމެއް ނުބޭއްވޭއިރު، ފުރިހަމަ މައުލޫމާތު ވެސް ނުދެވޭކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ބައެއް އެއްބަސްވުންތަކަކީ ހުރިހާ ރައްޔިތުން ހާމަކުރެވޭނެ އެއްޗެއް ނޫން ކަމަށާއި، ދައުލަތެއްގެ ސިފަ ހުންނަންޔާ އެފަދަ އެއްބަސްވުންތައް ނުދެއްކޭނެ ކަމަށެވެ. ނަމަވެސް އެމްޑީޕީ ސަރުކާރުން އެ އެއްބަސްވުމެއް ނުދެއްކުމުން، އެ ހާމަކުރައްވާނެކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން ޖެހިވަޑައިގަންނަވާނީ އެ އެއްބަސްވުންތައް ދައްކަވަން ކަމަށެވެ.

ޗައިނާރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުހދ. މަކުނުދޫއެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް