Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުނުކުޅެދުންތެރިކަމާއެކުވެސް ޝަވަން ކުރަނީ ހިތްވަރު

އެންމެ ފަޔަކާއެކުވެސް ޝަވަންގެ އަޒުމް ވަރުގަދަ، ބޭނުންވަނީ ފައެއް!

ޝަވަން އަދި އާއިލާއިން އެންމެ ބޭނުންވަނީ އާޓިފިޝަލް ފައެއް ޖެހޭނެ މަގު ފަހިކުރަން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 9 ނޮވެމްބަރު 2022 | ބުދަ 09:16
އަހުމަދު ޝަވަން މުހައްމަދު އިންޓަ ހައުސް ފުޓްބޯޅަ މުބާރާތުގެ ތެރެއިން

އަހުމަދު ޝަވަން މުހައްމަދު އިންޓަ ހައުސް ފުޓްބޯޅަ މުބާރާތުގެ ތެރެއިން

ނުކުޅެދުންތެރިކަން ހުރުމަކީ އެއްވެސް އިންސާނެއް ކުރިއަށް ދިއުމަށްޓަކައި މަސައްކަތް ނުކުރަންވީ ސަބަބެއް ނޫނެވެ. އަދި އެއީ އެމީހަކު މުޖުތަމައުން ބާކީކޮށްލަންވީ ސަބަބެއްވެސް ނޫނެވެ. ރާއްޖޭގައިވެސް މަދުން ނަމަވެސް މިފަދަ ކުދިން ބާކީކޮށްލާ މަންޒަރު ފެނެއެވެ. ނަމަވެސް މިފަދަ ކުދިން އަންނަނީ އެމީހުންނަކީވެސް ތަފާތު ހުނަރުވެރި ބަޔަކަށް ވެވޭނެކަން ސާބިތުކޮށްދެމުންނެވެ. މީހުންގެ އިތުބާރު ހޯދަމުންނެވެ. ކުޅިވަރާއި ކިޔެވުމުގައިވެސްމެއެވެ.

މި ފަހުން ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް އާންމުވެގެން ދިޔައީ އެއްފައި ނެތް ކުއްޖަކު ފުޓްބޯޅަ ކުޅޭ މަންޒަރުތަކެވެ. އުމުރުން ހަތް އަހަރުގެ އަހުމަދު ޝަވަން މުޙައްމަދު ފުޓްބޯޅަ ކުޅޭތަން ފެނުންވީ ގިނަ ބަޔަކު ހައިރާން ކުރުވި މަންޒަރަކަށެވެ. އެއްފައިން ކޮރަމުން މުޅި ދަނޑުމަތީގައި އޭނާ ދެއްކީ ތަފާތު ހިތްވަރެކެވެ. މުޅި ހދ. މަކުނުދޫން އޭނާއަށް ލިބެމުން ދިޔައީ ތަރުޙީބާއި ތައުރީފުގެ ބަސްތަކެވެ. އުފަލުން ފެންކަޅިވެހުރެ ޝަވަންގެ މަންމަ އައިޝަތު ވިޝާހް ވެސް ދިޔައީ ދަރިފުޅަށް ހިތްވަރު ދެމުންނެވެ.

ގިނަ ބަޔަކަށް ހިތްގަމުކޮށް ފެނުނު މި މަންޒަރުގެ ފަހަތުގައި ވަނީ ވޭނާއި ކެކުޅުމެވެ. ކުރިއަށްދިއުމަށްޓަކައި ޝަވަން އުފުލަމުންދާ ބުރައެވެ. މައިމީހާގެ ލޮލުން އޮހޮރެމުންދާ ކަރުނައާ އެކު ވެސް ދަރިފުޅުގެ މުސްތަގުބަލަށްޓަކައި ވަމުންދާ ގުރުބާނީއެވެ.

ޝަވަންއަކީ އުފެދުމުގައިވެސް ނުކުޅެދުންތެރިކަން ހުރި ކުއްޖެކެވެ. މި އައިބަކީ ބަނޑަށް ފަސް މަހުގައި އޮޕަރޭޝަންކޮށްގެން ދަރިފުޅު ނަގަން ޖެހުމުން ހުރި އައިބެއްކަމަށް އޭނާގެ މަންމަ ކިޔައިދިނެވެ. އެކަމަކު ޝަވަންގެ އާއިލާއިން އޭނާއަށް ކުރާ އުންމީދު އެހާ ހިސާބުން ނިންމާނުލައެވެ.

އާއިލާގެ ފަރާތުން ޝަވަންއަށް ދިނީ ހިތްވަރެވެ. ކުރިއަށް ދިއުމަށްޓަކައި ކޮށައިދިނީ މަގެވެ. ވަރުގަދަ ކޮށްދިނީ އޭނާގެ އަޒުމެވެ.

ޝަވަންގެ މަންމަ ފާހަގަކުރި ގޮތުގައި މަކުނުދޫ ސްކޫލުން ކުރިއަށް ގެންދާ ހުރިހާ ހަރަކާތެއްގައިވެސް ޝަވަންއަށް ފުރުސަތުދެއެވެ. އަދި ޝަވަންއަށް އެހީތެރިވެދިނުމުގައި ރަށު ސްކޫލުގެ ދަރިވަރުންގެ ފަރާތުންވެސް ފެންނަނީ ވަރަށް ފުރިހަމަ ނަމޫނާއެއްކަން ޝަވަންގެ މަންމަ ވިޝާހް ފާހަގަކުރިއެވެ.

މިއީ ޝަވަންގެ ފުރަތަމަ ފުޓްސަލް މުބާރާތެވެ. 41 ނަންބަރު ޖާޒީގައި ވިދާލި ޝަވަންއަކީ ހަމައެކަނި ފުޓްބޯޅަ ކުޅުންތެރިއެއް ނޫނެވެ. އޭނާއަކީ ކިޔެވުމުގައިވެސް ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ މޮޅު ދަރިވަރެކެވެ.

ޝަވަންގެ މުސްތަގުބަލު އުޖާލާ ކުރުމަށްޓަކައި އޭނާގެ އާއިލާއިން އަންނަނީ ބޮޑެތި ގުރުބާނީތަކެއް ވަމުންނެވެ. އޭނާއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. ކޮންމެ ދުވަހަކު ބައިސްކަލުގައި ޝަވަން ސްކޫލަށް ގެންގޮސް، ގެނެސް ހެދުމަކީ ޝަވަންގެ މަންމަގެ އާދައެކެވެ.

މިހާރު ޝަވަން އަދި އާއިލާއިން އެންމެ ބޮޑަށް އެދެނީ ޝަވަންއަށް އާޓިފިޝަލް ފައެއް ޖެހޭނެ މަގު ފަހިކުރުމަށެވެ. ނަމަވެސް އާއިލާގެ މާލީ ހާލަތު އެކަމަށް ތަން ނުދޭތީ އަދި އެހުވަފެން ހަގީގަތަކަށް ނުހެދެއެވެ. މިކަމުގައި އާއިލާއިން އެދެނީ ސަރުކާރު އަދި އާންމުންގެ އެހީތެރިކަމަށެވެ.

ހދ. މަކުނުދޫ

އިތުރަށް ކިޔާލަން

19 އޯގަސްޓު 2025

މަކުނުދޫ އެއަރޕޯޓުގެ އެއްވެސް މަސައްކަތެއް ނުކުރާތާ ހަ މަސް ދުވަސް ވެއްޖެ: އައުޒަމް

19 އޯގަސްޓު 2025
މަކުނުދޫ އެއަރޕޯޓުގެ އެއްވެސް މަސައްކަތެއް ނުކުރާތާ ހަ މަސް ދުވަސް ވެއްޖެ: އައުޒަމް
12 ޖެނުއަރީ 2024

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

12 ޖެނުއަރީ 2024
ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
25 އޮކްޓޯބަރު 2023

ގޭސްފުޅި ގޮވައި ހިނގި ހާދިސާގައި ނިޔާވި ދެމީހުންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިފި

25 އޮކްޓޯބަރު 2023
ގޭސްފުޅި ގޮވައި ހިނގި ހާދިސާގައި ނިޔާވި ދެމީހުންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިފި
22 ޖޫން 2023

މަކުނުދޫ އެއަރޕޯޓުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކޮށްފި

22 ޖޫން 2023
މަކުނުދޫ އެއަރޕޯޓުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކޮށްފި
25 މެއި 2023

މަކުނުދޫގެ ގެއެއްގައި އަލިފާން ރޯވެ އަނދަނީ

25 މެއި 2023
މަކުނުދޫގެ ގެއެއްގައި އަލިފާން ރޯވެ އަނދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު