Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަޟްޙާ ޢީދު

އަދީބުގެ އީދު މެސެޖް: ދުޅަހެޔޮކަމާއި، އިންސާނީ ޙައްޤުތަކާއި، ޑިމޮކްރަސީ އާއި މިނިވަން ޖުޑީޝަރީއަކަށް އެދެން

އަދީބްގެ ބޭސްފަރުވާއަށް ވަނީ ހުރަސްއެޅިފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 31 އޯގަސްޓު 2017 | ބުރާސްފަތި 18:27
ކުރީގެ ނައިބުރައީސް އަޙުމަދު އަދީބް ޢަބްދުލްޣަފޫރު

ކުރީގެ ނައިބުރައީސް އަޙުމަދު އަދީބް ޢަބްދުލްޣަފޫރު

ހުކުރު ދުވަހު ފާހަގަކުރާ 1438 ވަނަ އަހަރުގެ އަލްޙާ ޢީދުގެ މުނާސަބަތުގައި ކުރީގެ ނައިބުރައީސް އަޙުމަދު އަދީބް ޢަބްދުލްޣަފޫރު ދިވެހި ރައްޔިތުންނަށް ޚާއްސަ މެސެޖެއް ފޮނުއްވައިފިއެވެ.

އަލްޙާ ޢީދާއި ގުޅުވައިގެން އަދީބް ފޮނުއްވެވި މެސެޖުގައި ވިދާޅުވީ، މި ދުވަހު އެމަނިކުފާނު އެދިވަޑައިގަންނަވަނީ ދިވެހި ރައްޔަތުންނަށް ދުޅަހެޔޮ ސިއްހަތެއް ދެއްވުމަށް ކަމަށެވެ. އަދި ހަމަ އެއާއިއެކު ދިވެހި ހުރިހާ ރައްޔިތުންނަށް އަސާސީ އިންސާނީ ޙައްޤުތައް ލިބިގެން ދިއުމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އަދީބް ވަނީ ރާއްޖޭގައި ޑިމޮކްރަސީ އަލުން ޤާއިމްވެ، ޝަރީއަތްތައް އިންސާފުވެރިވެ، ޝަރުޢީ ނިޒާމު މިނިވަންވެގެން ދިއުމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

އަލްޙާ ޢީދާއި ގުޅުވައިގެން އަދީބް ފޮނުއްވެވި މެސެޖުގައި ދިވެހި ރައްޔިތުންނަށް ދުޅަހެޔޮކަމަށް އެދިވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ ބޭސްފަރުވާއަށް ވަނީ ހުރަސްއެޅިފައެވެ. އެގޮތުން ލޮލުގެ އެކި މައްސަލަތަކާއި، ކެންސަރަށް ހުށަހެޅިދާން މަގުފަހިވާފަދަ އެތެރެހަށީގެ ސިސްޓާއި، ކިޑްނީގައި ހިލަ އުފެދުމުގެ ސަބަބުން އެމަނިކުފާނުގެ ފުރާނަފުޅަށް ވަނީ ނުރައްކާވެފައެވެ. ނަމަވެސް، ރާއްޖެއިން ލިބެން ނެތް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ސަރުކާރުން ވަނީ އެމަނިކުފާނަށް ހުރަސްއަޅާފައެވެ.

މީގެ ސަބަބުން ފަރުވާ ލަސްވެ، އެމަނިކުފާނަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ވެސް އިތުރަށް ގޯސްވަމުންދާއިރު، ދިވެހި ކޮންމެ ރައްޔިތަކަށް ޤާނޫނުއަސާސީން ލިބިދޭ ބޭސްފަރުވާގެ ޙައްޤުން އަދީބް މަހުރޫމް ކުރުމުގެ ސަބަބެއްގެ ގޮތުގައި ސަރުކާރުން ދައްކަނީ ސަރުކާރަށް އަދީބް ދެއްވަން ޖެހޭ ކަމަށް ސަރުކާރުން ބުނާ ފައިސާތަކެއް ދެއްވައިފައި ނުވުމެވެ. އަދީބްގެ ފުރާނަފުޅަށް ސަރުކާރުން އަގު ކިޔާފައިވާއިރު، ދައުލަތަށް އަދީބް ފައިސާއެއް ދެއްކެވުމަށް އެއްވެސް ކޯޓަކުން އަދީބްގެ މައްޗަށް ޙުކުމެއް ކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން، އަދީބުގެ މެސެޖުގައި ޖުޑީޝަރީ މިނިވަންކޮށް، ރައްޔިތުންނަށް އިންސާފުވެރި ޝަރީޢަތްތައް ލިބުމަށް އެދިވަޑައިގެންފައިވާއިރު، އަދީބްގެ މައްޗަށް ހިންގުނު ޝަރީޢަތް ދިޔަގޮތާއިމެދު އަދީބުގެ ޤާނޫނީ ވަކީލުންނާއި، ޤާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ އެހެން ފަރާތްތަކުން ވެސް ވަނީ ފާޑު ވިދާޅުވެފައެވެ.

އެކި މައްސަލަތަކުގައި އަދީބްގެ މައްޗަށް 33 އަހަރުގެ ޖަލު ޙުކުމެއް އިއްވައި، އަދީބް ޖަލުގައި އޮންނެވިއިރު، އަދީބުގެ އަތުގައި ހުރިކަމަށް ސަރުކާރުން ތުޙުމަތުކުރާ "ހަލާލު ނޫން" ފައިސާ ބޭނުން ކުރެއްވި ކަމަށް އެއްބަސްވެވަޑައިގަތް ބޭފުޅުންނާއި، ތުޙުމަތު ކުރެވޭ ގިނަ ބޭފުޅުން އަދިވެސް ތިއްބެވީ އިއްޒަތްތެރިންގެ ގޮތުގައި ސަރުކާރުގެ މަތީ މަޤާމުތަކުގައެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

މެންބަރު އީވާއަށް އިންޒާރުގެ މެސެޖްތަކެއް ފޮނުވަން ފަށައިފި

22 މާރިޗު 2017
މެންބަރު އީވާއަށް އިންޒާރުގެ މެސެޖްތަކެއް ފޮނުވަން ފަށައިފި
22 މާރިޗު 2017

ވޯޓް ނުލެވޭ ގޮތް ހެދުމަށް ސިފައިން ތާއީދު ކުރޭ: އާދަމް ޝަރީފް

22 މާރިޗު 2017
ވޯޓް ނުލެވޭ ގޮތް ހެދުމަށް ސިފައިން ތާއީދު ކުރޭ: އާދަމް ޝަރީފް
13 މާރިޗު 2017

އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

13 މާރިޗު 2017
އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު
08 މާރިޗު 2017

މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން

08 މާރިޗު 2017
މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން
07 މާރިޗު 2017

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ
24 ފެބުރުއަރީ 2017

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު