Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަޟްޙާ ޢީދު

އަޟްޙާ ޢީދު

31 އޯގަސްޓު 2017 | ބުރާސްފަތި 18:22

އިސްލާމީ މުޖުތަމަޢުތަކާއި ޚިލާފަށް ދުނިޔޭގެ އެހެން މުޖުތަމަޢުތަކުގައި ޢީދު ފާހަގަކުރަނީ ވަރަށް ތަފާތު ގޮތަކަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 31 އޯގަސްޓު 2017 | ބުރާސްފަތި 18:22
އީދު ކުޅިވަރު ކުޅެނީ

އީދު ކުޅިވަރު ކުޅެނީ

މުސްލިމުންގެ ބޮޑު ޢީދު ނުވަތަ ޢީދުލް އަޟްޙާއަކީ ދުނިޔޭގެ އެންމެހައި މުސްލިމުން އުފާފާޅުކޮށް އެކަކު އަނެކަކަށް ހެޔޮއެދުމާއި ތަހުނިޔާ ކިޔުމުގެ ދުވަހެވެ. ދުނިޔޭގެ ހުރިހާ މުސްލިމުން އެބައިމީހުންގެ ވެރި އިލާހުގެ މަތިވެރި ނިޢުމަތް ކަމަށްވާ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތަށްޓަކައި ﷲ އަށް ޙަމްދުކޮށް ތަކުބީރުކިޔާދުވަހެވެ. ދުޝްމަން ކަމާއި ޢަދާވާތްތެރި ކަމުގައިވަނިކޮށް އިސްލާމްދީނުގެ ނިޢުމަތުގެ ސަބަބުން އަޅުގަނޑުމެން ވަނީ އަޚުންކަމުގައި ލައްވާފައެވެ. އަޅުގަނޑުމެންގެ ހިތްތަކަށް މިދީނުގެ ސަބަބުން އޯގާތެރިކަމާއި ލޯބިވަނީ މާތް ﷲ ލައްވާފައެވެ. މިއަދަކީ މުސްލިމުންނަށްޓަކައި މާތްﷲ މާތްކުރައްވާ ބަރަކާތްތެރިކުރެއްވި އަޟްޙާ ޢީދު ދުވަހެވެ. އިސްލާމްދީނުގައި ޝަރުޢު ކުރައްވާފައިވާ ދެޢީދުގެ ތެރެއިން މާތްﷲ އަޅުގަނޑުމެންނަށްޓަކައި އުފާފާޅުކޮށް، ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ އެންމެބޮޑު ޢީދުގެ ގޮތުގައި ލައްވާފައިވާ ދިވެހިންގެ ބޮޑު ޢީދު ދުވަހެވެ. ތާރީޚީ ފަތްފުށްތަކުން އެނގޭ ގޮތުގައި އެވޭލާ ޒަމާނުއްސުރެ ފެށިގެން ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މީސްތަކުން އައީ ޢީދުކޮށް އުފާފާޅުކުރަމުންނެވެ. ކީރިތި ރަސޫލާ މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވިއިރު މަދީނާގެ ރައްޔިތުން ޢީދު ފާހަގަ ކުރަމުން ގެންދެއެވެ. އެކަމާއިގުޅިގެން އެއަށް ވުރެ މާތް ދެދުވަސް މާތްﷲ އަޅުގަނޑުމެން މުސްލިމުން ޢީދުކުރުމަށް ކަނޑައަޅުއްވާފައިވާކަމަށް އެކަލޭގެފާނު އެންގެވިއެވެ. އެއީ ޙައްޖުގެ މަތިވެރި އަޅުކަމާއި ވިދިގެން އަންނަ އަޟްޙާޢީދު ދުވަހާއި، ރަމަޟާންމަހަށް ފަހު އަންނަ ފިޠުރު ޢީދުދުވަހެވެ.

އަޅުގަނޑުމެން ޢީދު ފާހަގަކޮށްް މުސްލިމުން ކުޅިވަރު ކުޅެ އުފާކޮށް ހެދުމަކީ ހުއްދަވެގެންވާ ކަމެކެވެ. އެކަކު އަނެކަކަށް ޝުކުރުވެރިވެ ﷲ އަށް ތަކުބީރު ކިޔުމަކީ އިތުރުވެގެންވާ ކަމެކެވެ. އަދި އެދުވަހުގައި ހިތުގެ ކިލަނބުކަން ސާފުކޮށް އެކަކުއަނެކަކަށް ސަލާމް ކުރުން ގިނަކޮށް ސަލާމް ފެތުރުމަކީ މާތް އަޅުކަމެކެވެ. އިސްލާމީ މުޖުތަމަޢުތަކާއި ޚިލާފަށް ދުނިޔޭގެ އެހެން މުޖުތަމަޢުތަކުގައި ޢީދު ފާހަގަ ކުރަނީ ވަރަށް ތަފާތު ގޮތަކަށެވެ. އެބައިމީހުންގެ ޢީދަކީ ފާޙިޝްކަންތައްތަކާއި މުންކަރާތްތައް ހުއްދަކޮށް ގަންނަ މޫސުމެކެވެ. މާއްދިއްޔަތަށް އަޅުވެތިވުމާއި ދުނިޔޭގެ ޝަހުވަތުގެ ތެރެއަށް ގެނބިގަތުމެކެވެ. ބަނގުރާ ބުއިމާ، ޒިނޭކުރުންފަދަ ބޮޑެތި ޖަރީމާތަކަށް އަރައިގަތުމަކީ ޣައިރުމުސްލިމުންގެ ޢީދުތަކުގައި އެބައިމީހުން ހުއްދަ ކޮށްފައިވާ ކަންކަމެވެ.

އެއާ ޚިލާފަށް މުސްލިމުންގެ ޢީދަކީ ވަކި ކޮންޓްރޯލެއްގެ ދަށުގައި އޮންނަން ޖެހޭ ޢީދެކެވެ. ޢީދުގެ އުފާ ފާޅުކޮށް ﷲގެ ނިޢުމަތްތައް ބޭނުން ކުރަމުންގެންދާއިރު، އަޅުގަނޑުމެންގެ ވެރި އިލާހުގެ ބައްލަވައި ވޮޑިގަތުމާއި އެއިލާހުގެ ކޯފާގެ މަތިން ހަނދުމަ ނެތިކޮށްލައިގެންނުވާނެއެވެ. ހަވާ ނަފްސުގެ ލަގަން ދާނެ ދިމާއަކަށް ދިއުމަށް ޢީދުގައި ދޫކޮށްލުމަކީ އޯގާވަންތަ އިލާހުގެ ގަދަފަދަ ކޯފާ ޙައްޤުވެދާނޭ ކަމެއްކަން އަޅުގަނޑުމެންގެ ހަނދާނުގައި އަބަދުމެ ބަހަށްޓަން ޖެހޭނެއެވެ.

ޢީދު ނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. ޢީދު ނަމާދު ޝަރުޢު ކުރެއްވީ، ހިޖްރައިން ދެވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ރަސޫލުﷲ (ސޢޥ) ކުރެއްވީ ފިޠުރު ޢީދުނަމާދެވެ. ޢީދު ނަމާދަކީ، ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންނާއި ދަތުރުވެރިންނާއި ރަށުގައި ޤާއިމުވެތިބޭ މީހުންނާއި ، މިއެންމެންގެ މައްޗަށް ސުންނަތް ވެގެންވާ ނަމާދެކެވެ. ޢީދު ނަމާދަށް ފެންވަރާ ރިވެތިވެ ހުވަނދުލުމަކީ ސުންނަތް ވެގެންވާ ކަމެކެވެ. އެހެނީ ރަސޫލުﷲ (ސޢޥ) ޢީދު ދުވަހުގައި މިދެންނެވި ގޮތަށް ކަންތައް ކުރެއްވިކަން ޙަދީޘުން ޘާބިތުވެއެވެ.

ކޮންމެއަކަސް 1438 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަހެވެ. އަޟްޙާ ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރަމެވެ. އުފާވެރިކަންމަތީ އެދުވަސް ފާހަގަ ކުރުމަށް ގޮވާލަމެވެ. އަޅުކަންތަކުގައި ހީވާގިވެ އުޅެމުން ޢީދުގެ އުފަލުގައި ވެސް ބައިވެރިވާށެވެ. އެކަކު އަނެކަކާއި އޮތް ގާތްކަމާއި އެކުވެރިކަން އިތުރަށް ވަރުގަދަ ކުރާށެވެ. ޢީދަކީ ޢީދު ކަމުގައި ހަދާށެވެ. މިއީ މުސްލިމުން އުފާ ފައުޅު ކުރުމަށް ﷲ ކަނޑައަޅުއްވާ ދެއްވާފައިވާ ދުވަހެކެވެ. އެހެން ނަމަވެސް، އަޅުކަންތަކުގެ މަތިން ހަނދުމަނައްތާލުމަކަށް އެކަލާނގެ އަމުރެއް ނުކުރައްވަތެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2023

އިސްރާއީލަށް ތާޢީދުކުރާ ބްރޭންޑްތައް ބޮއިކޮޓް ކުރުމުގެ އަޑު ގަދަވެ، ވިޔަފާރި %70 ދަށަށް!

23 ނޮވެމްބަރު 2023
އިސްރާއީލަށް ތާޢީދުކުރާ ބްރޭންޑްތައް ބޮއިކޮޓް ކުރުމުގެ އަޑު ގަދަވެ، ވިޔަފާރި %70 ދަށަށް!
20 ޖޫން 2023

މޫސުމީ އަދި އިޤްތިޞާދީ ހީނަރުކަމުގެ އަސަރު ތޫނިސްގެ އަޟްޙާ ޢީދަށް

20 ޖޫން 2023
މޫސުމީ އަދި އިޤްތިޞާދީ ހީނަރުކަމުގެ އަސަރު ތޫނިސްގެ އަޟްޙާ ޢީދަށް
23 މާރިޗު 2020

އެންމެ ފުރިހަމަ ސިއްހަތުގައި ފެންނަ އަދުގެޖީލު ބިނާކުރަން، މުޙައްމަދު ސަޢީދުގެ މަތިވެރި ގުރުބާނީ!

23 މާރިޗު 2020
އެންމެ ފުރިހަމަ ސިއްހަތުގައި ފެންނަ އަދުގެޖީލު ބިނާކުރަން، މުޙައްމަދު ސަޢީދުގެ މަތިވެރި ގުރުބާނީ!
02 ނޮވެމްބަރު 2019

ޗައިނާގެ މުސްލިމުންނަށް ދޭ އަނިޔާތަކަށް އަރަބި ޤައުމުތަކުން ތާޢީދު!

02 ނޮވެމްބަރު 2019
ޗައިނާގެ މުސްލިމުންނަށް ދޭ އަނިޔާތަކަށް އަރަބި ޤައުމުތަކުން ތާޢީދު!
18 އޯގަސްޓު 2019

ބޮޑު ޢީދު: ދިވެހިންގެ އެއްބައިވަންތަކަމާއި، ރަށްފުށުގެ މެހުމާން ދާރީ ދައްކުވައިދިން އީދެއް!

18 އޯގަސްޓު 2019
ބޮޑު ޢީދު: ދިވެހިންގެ އެއްބައިވަންތަކަމާއި، ރަށްފުށުގެ މެހުމާން ދާރީ ދައްކުވައިދިން އީދެއް!
03 އޯގަސްޓު 2018

އިންތިޚާބު އޮޅުވައެއް ނުލެވޭނެ، މޮޅުވާނީ ތާޢީދު ބޮޑު މީހާ!

03 އޯގަސްޓު 2018
އިންތިޚާބު އޮޅުވައެއް ނުލެވޭނެ، މޮޅުވާނީ ތާޢީދު ބޮޑު މީހާ!
03 ޖުލައި 2018

އިޤްތިޞާދު ހަލާކުވަނީވެސް، ޔޫރަޕާއި ގުޅުން ކެނޑެނީވެސް ސަޢީދުމެން ފަދަ ބޭފުޅުންނާއި ހެދި!

03 ޖުލައި 2018
އިޤްތިޞާދު ހަލާކުވަނީވެސް، ޔޫރަޕާއި ގުޅުން ކެނޑެނީވެސް ސަޢީދުމެން ފަދަ ބޭފުޅުންނާއި ހެދި!
20 ޖޫން 2018

ސަޢީދު: އެންމެ ބޭކާރު ވަޒީރު

20 ޖޫން 2018
ސަޢީދު: އެންމެ ބޭކާރު ވަޒީރު
05 އެޕްރީލު 2018

ވިޔަފާރިއަށް ފަހި މާޙައުލެއް ޤާއިމްކުރުމުގައި މިނިސްޓަރ ސަޢީދު ފެއިލްވެއްޖެ

05 އެޕްރީލު 2018
ވިޔަފާރިއަށް ފަހި މާޙައުލެއް ޤާއިމްކުރުމުގައި މިނިސްޓަރ ސަޢީދު ފެއިލްވެއްޖެ
30 އޯގަސްޓު 2017

ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

30 އޯގަސްޓު 2017
ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް