Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މޫސުމީ އަދި އިޤްތިޞާދީ ހީނަރުކަމުގެ އަސަރު

މޫސުމީ އަދި އިޤްތިޞާދީ ހީނަރުކަމުގެ އަސަރު ތޫނިސްގެ އަޟްޙާ ޢީދަށް

ތޫނިސްގެ އަހުލުވެރިންގެ މެދުގައި އިންތިހާއަށް ވަނީ ކަންބޮޑުވުން އުފެދިފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 20 ޖޫން 2023 | އަންގާރަ 15:00
މޫސުމީ އަދި އިޤްތިޞާދީ ހީނަރުކަމުގެ އަސަރު ތޫނިސްގެ އަޟްޙާ ޢީދަށް

މޫސުމީ އަދި އިޤްތިޞާދީ ހީނަރުކަމުގެ އަސަރު ތޫނިސްގެ އަޟްޙާ ޢީދަށް

ހިނގަމުން މި ދަނީ އަހަރުގެ ތެރޭގައި މުސްލިމުންނާ ބައްދަލުކުރާ އެންމެ މާތް ދުވަސްތަކުގެ ތެރެއިން ދުވަސްތަކެކެވެ. ޛުލްޙިއްޖާ މަހުގެ ފުރަތަމަ 10 ދުވަހަކީ އަހަރުގެ އެހެން ދުވަސްތަކަށްވުރެ، އެ ދުވަސްތަކެއް މާތް ﷲ މަތިވެރިކުރައްވާ މާތް ކުރައްވާފައިވާ ދުވަސްތަކެކެވެ. އެހެންނަމަވެސް ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތަކަކީ ޛުލްޙިއްޖާމަހުގެ ފަހު ދިހަ ރެއަށްވުރެ މާތްކަން ބޮޑު ރޭ ތަކެކެވެ.

ޛުލްޙިއްޖާ މަހުގެ އެންމެ މާތް 10 ދުވަސް ނިމިގެން ދަނީ އަޟްޙާ ޢީދުންނެވެ. މި ދުވަހުގައި އޮތީ ޢީދު ނަމާދު ކުރުމާއި، އުޟްޙިޔާ ކަތިލުމެވެ. އެއީ ޢީދު ދުވަހު ގެރި، ބަކަރި، އަދި ޖަމަލު ފަދަ ނަޢަމްސޫތްޕަކުން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޤުރުބާންކުރުމެވެ. އެ ޤުރުބާނުގެ ސަބަބުން ﷲގެ ޙަޟްރަތަށް ކުއްތަންވުން ޙާޞިލް ކުރެވޭނެއެވެ. އެއީ ﷲގެ މަގުގައި މުދާ ހޭދަކުރުމާއި ނިކަމެތިންނަށް އިޙްސާންތެރިވުމެވެ. އެހެން ކަމުން އުޟްޙިޔާ ކަތިލުމަށް މުސްލިމުން ލޯބިކުރެއެވެ. އުޟްޙިޔާ ކަތިލަން ލިބޭނެ ފުރުޞަތަކަށް އިންތިޒާރުވެސް ކުރެއެވެ.

ކަން މިހެން އޮތް ނަމަވެސް، ދިރިއުޅުމުގެ މައިދާނުގައި ކުރިމަތިލާންޖެހޭ އެކި ކަހަލަ ގޮންޖެހުންތަކާއި ހުރަސްތަކާއެކު، އުޟްޙިޔާ ކަތިލުމުގެ ނަޞީބުން ބައެއް މީހުން މަޙްރޫމުވެދެއެވެ. ކުރިއަށް އޮތް ހަފުތާއަކީ އެ ހަފުތާއެއްގައި، ބަރަކާތްތެރި އަޟްޙާ ޢީދު ބައްދަލުކުރާ ހަފުތާއަށް ވާއިރު، ތޫނިސްގެ އަހުލުވެރިންގެ މެދުގައި އިންތިހާއަށް ވަނީ ކަންބޮޑުވުން އުފެދިފައެވެ. އާދަޔާ ޚިލާފު ހަނަފަސްކަމުގެ ސަބަބުން، ކަންބަޅިބަކަރި ފަދަ ނަޢަމްސޫފީގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. އިޤްތިޞާދީ ކާރިސާއެއްގައި މިހާރުވެސް އޮތް ތޫނިސްގެ ކުރިމަގުގައި އަދިވެސް އޮތީ އިތުރު ބަނަ ވިލާތަކުން ބެދިފައި އޮތް ރާސްތާއެކެވެ.

އަޟްޙާ ޢީދު ގާތްވާ ވަރަކަށް ކަންބަޅިބަކަރީގެ ބައިގަނޑުތައް ތޫނިސްގެ އެކި ސިޓީތަކުން މީގެ ކުރިން ފެނެއެވެ. ހައިވޭތަކުގެ ހަތަރު އަނގޮޅިތަކުގައި ކަންބަޅިތަކަށް ކާންދީ ހަދަންވެސް މީހުން ތިބޭ މަންޒަރު ފެނެއެވެ. ރަށްފުށުގެ ހިސާބުތަކުގައި ހުއިހައްޕައިގެން ގެންގުޅުނު ކަންބަޅިބަކަރިތައް، މައި ސިޓީއަށް ގެނެއެވެ. ނަމަވެސް، މިއަހަރު ފެންނަމުންދާ މަންޒަރުތަކާއި އިވޭ އަޑުތައް ތަފާތެވެ. އަވަށްތަކުގެ ތެރެއިން ކަންބަޅިބަކަރިތައް ގޮވާ އަޑު ކިރިއާ އިވޭފަދައެވެ.

ރިޟާއަކީ އުޟްޙިޔާގެ ގޮތުގައި ކަންބަޅިބަކަރި ކަތިލުމަށް ކޮންމެހެން ބޭނުންވާ މީހެކެވެ. ނަމަވެސް، އޭނާގެވެސް ޝަކުވާއަކީ އަގުބޮޑުވުމެވެ. ރިޟާ ވިސްނައިގެން ހުރީ އަތްފޯރާ އަގެއްގައި ނެތީވިއްޔާ ލޯނެއް ނަގައިގެންވެސް ކަންބަޅިބަކަރިއެއް ގަންނާށެވެ.

މިދިޔަ އަހަރު 750 ދީނާރަށް ވިއްކި ވަރުގެ ކަންބަޅިބަކަރިއެއް ތޫނިސްގައި މިއަދު ލިބެންހުރީ 900 ދީނާރަށެވެ. އެއީ ގާތްގަނޑަކަށް 300 އެއްހާ ޑޮލަރެވެ. މަހެއްގެ މައްޗަށް، މުސާރައިގެ ގޮތުގައި ރިޟާއަށް ލިބެނީވެސް އެންމެ 950 ދީނާރެވެ.

ކަނޑުމައްޗަށް އަންހެން ދަރިފުޅު އަރުވައިގެން ބާޒާރު މަތީގައި ޙަރަކާތްތެރިވަމުން ދިޔަ އެކަކީ ޚާލިދު ފަރުޚީއެވެ. ކަންބަޅިބަކަރިތައް ބަލަމުން ގޮސް، މިއަހަރު އުޟްޙިޔާ ކަތިލުމުގެ ތަނަވަސްކަން އޭނާގެ އަތުގައި ނެތްކަން ޤަބޫލުކުރަން ޚާލިދަށް އެންމެ ފަހުން މަޖުބޫރިވިއެވެ.

މުޅި ދުނިޔެ އިނދަޖައްސައިލި ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވިއިރުވެސް ތޫނިސްގެ އިޤްތިޞާދު އޮތީ ނާޒުކު ފައްތަރެއްގައެވެ. އެފަދަ ހާލެއްގައި އޮއްވައި ކޮވިޑް-19ގެ ކޮޅިގަނޑުގައި ޖެހި، ދައުލަތުގެ މާލިއްޔަތު ހުލިވިއެވެ. ދުނިޔޭގެ ފެންވަރުގައި އުފުލެމުން ދިޔަ އަގުތަކާ ވާދަކޮށް، އެ ނުރައްކަލުން ޤައުމު ހިމާޔަތްކުރުމުގައި ތޫނިސްގެ ސަރުކާރު ފެއިލްވިއެވެ.

ޢުމުރުން 38 އަހަރުގެ ނަބީލް ރަހީމީއަކީ ތޫނިސްގެ ދަނޑުވެރިއެކެވެ. އޭނާ ކިޔައިދިން ގޮތުގައި އާދަޔާ ޚިލާފު ހަނަފަސްކަމާ ގުޅިގެން، އޭނާގެ ގޮދަނާއި ބާރުލީ ދަނޑުތައް މުޅިން ހަލާކުވީއެވެ. ކަންބަޅިތަކަށް ކާންދިނުމަށް ބޭނުންވާ އެކި ކަހަލަ ބާވަތްތައް ގަތުމަށް ބޮޑު ޚަރަދެއް ކުރަން މަޖުބޫރުވިއެވެ. ނަމަވެސް ނަޢަމްސޫފިތަކަށް ބޭނުންވާ ކާނާގެ ބާވަތްތައް ގަނެވޭނެ ތަނަވަސްކަން އޭނާގެ އަތުގައި ކިރިޔާ ހުރިފަދައެވެ.

ނަބީލް މިހާރުވެސް ހުރީ އޭނާ ގެންގުޅޭ 350 ކަންބަޅިބަކަރީގެ ތެރެއިން 200 ކަންބަޅިބަކަރި ވިއްކާލަން ނިންމައިގެންނެވެ. އެ ކަންބަޅިބަކަރިތައް ގެންގުޅޭނެ ތަނަވަސްކަން، މިއަދު އޭނާ އަތުގައި ނެތީމައެވެ. މިދިޔަ އަހަރުގެ އަޟްޙާ ޢީދުގައި ކަތިލުމަށް ތޫނިސްގައި 1.2 މިލިއަން ކަންބަޅިބަކަރި ނެރުނުއިރު، މިއަހަރު އެ ޢަދަދު އުޅެނީ ގާތްގަނޑަކަށް 850000 ގައެވެ. ތޫނިސްގައި ދަނޑު ހައްދައި، ނަޢަމްސޫފި ގެންގުޅޭ މީހުންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ ގޮތުން، ތޫނިސްގެ ދަނޑުވެރިންގެ ޔޫނިއަނުން ވަނީ އެ ޤައުމަށް ކަންބަޅިބަކަރި އިމްޕޯޓްކުރަން އިންކާރުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ވަށައިގެން އިވުނީ ވޭނީ ހަޅޭކުގެ އަޑުތައް، މުޅި ތަނުގައި ހުރީ އަލިފާނުގެ އަސަރު"

"ވަށައިގެން އިވުނީ ވޭނީ ހަޅޭކުގެ އަޑުތައް، މުޅި ތަނުގައި ހުރީ އަލިފާނުގެ އަސަރު"

24 މެއި 2020
ރައީސް ސޯލިޙުގެ އަސަރުގަދަ ވާހަކަފުޅުން ދިވެހީންގެ ހިތްތައް ކުދިކުދިވެފައި!

ރައީސް ސޯލިޙުގެ އަސަރުގަދަ ވާހަކަފުޅުން ދިވެހީންގެ ހިތްތައް ކުދިކުދިވެފައި!

15 އެޕްރީލު 2020
އެލްސަލްވަޑޯ ރައީސްގެ އދ. ސެލްފީ:ސްޕީޗަށް ވުރެ އިންސްޓަގްރާމް ފޮޓޯގެ އަސަރު ބޮޑު

އެލްސަލްވަޑޯ ރައީސްގެ އދ. ސެލްފީ:ސްޕީޗަށް ވުރެ އިންސްޓަގްރާމް ފޮޓޯގެ އަސަރު ބޮޑު

27 ސެޕްޓެމްބަރު 2019
ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

27 އެޕްރީލު 2019
މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

20 އެޕްރީލު 2019

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު