Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިޚާބު 2018

އިންތިޚާބު އޮޅުވައެއް ނުލެވޭނެ، މޮޅުވާނީ ތާޢީދު ބޮޑު މީހާ!

އިންތިޚާބު އިންސާފުވެރިއެއް ނޫން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 3 އޯގަސްޓު 2018 | ހުކުރު 14:47
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އިންސާފުވެރި ނުވާނެއޭ ވަރަށް ގިނަ މީހުން ބުނެއެވެ. އެހެންނަމަވެސް އޭގެ މާނަ ބައެއް ފަރާތްތަކަށް އޮޅޭ ގޮތް ވެއެވެ. އިންތިޚާބު އިންސާފުވެރި ނުވާނެއޭ ބުނަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވާނެ މާހައުލެއް ޤާއިމްކޮށްދެވިފައި ނުވާތީއެވެ. ޕާޓީތަކަށް އެޕާޓީތަކުން ބޭނުންވާ ކެންޑިޑޭޓަކު ނެރުމުގެ ފުރުސަތު ނެތުމުންނެވެ. ސިޔާސީ ޕާޓީތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައި އޮތުމުންނެވެ. ސިޔާސީ ޕާޓީތަކަށް ކެމްޕޭން ކުރަން ފުރުސަތު ނެތުމުންނެވެ. ސިޔާސީ ލީޑަރުން ޖަލުގައި ތިބުމުންނެވެ.

އެހެންނަމަވެސް ބައެއް ފަރާތްތަކަށް ހީވެފައި އޮންނަނީ އޭގެ މާނައަކީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާ ވާހަކަ ކަމަށެވެ. އިދިކޮޅު ބައެއް ފަރާތްތަކަށްވުރެ ބޮޑަށް، އިންތިޚާބު އޮޅުވާލައިގެން ރައީސް ޔާމީން ވެރިކަން ދަމަހައްޓަފާނެކަމުގެ އުއްމީދުގައި ތިބީ ވެރިކަން ކުރާ ޕާޓީގެ ބޭފުޅުންނެވެ. ބައެއް މަޖިލިސް މެމްބަރުންނާއި މުއައްސަސާތަކުގެ ވެރިންވެސް ވިދާޅުވަނީ އިންތިޚާބުން ރައީސް ޔާމީނަށް ކާމިޔާބު ނުލިބުނަސް، ވެރިކަމުގައި ހުންނަވާނީ އެމަނިކުފާނު ކަމުގައެވެ. އެމަނިކުފާނަށް ވެރިކަމުގައި ހުރެވޭނެކަން އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކޮށްދޭނެކަމަށް ސީދާ ބަހުންނާއި ވަށްބަހުން ބުނާ ވެރިން މަދެއް ނޫނެވެ. އެހެންނަމަވެސް އެކަން ކުރެވޭނެ ގޮތެއް އެކަކަށްވެސް ނޭނގުނެވެ. ނޭނގެނީ އެކަން ކުރެވޭނެ ގޮތެއް ނެތީމައެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދަކީ އެންމެ ދެލައްކަ ފޮސްދޮޅަސް ދެ ހާހެވެ. ރާއްޖޭގެ އާބާދީގެ ނިސްބަތުން މިއީ ބޮޑު އަދަދަކަސް، އިންތިޚާބެއްގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދަށް ބަލާއިރު މިއީ ބޮޑު އަދަދެއް ނޫނެވެ. ޏ. ފުވައްމުލަކަށް ބަލާލަމާ ހިންގަވާށެވެ. އަޅުގަނޑަކީ ފުވައްމުލަކު މާލެގަން އަވަށަށް ނިސްބަތް ޒުވާނަކީމެވެ. އެއަވަށުގައި ވޯޓު ފޮއްޓެއް ހުރެއެވެ. ވޯޓުލާން ފެށީއްސުރެ ވޯޓުލާ ނިމި، ނަތީޖާ އިއުލާންކުރަން ދެން އެއަވަށަށް ނިސްބަތްވާ މީހުން އޮބްޒާވަރުންނާއި މަންދޫބުންގެ ގޮތުގައި ވޯޓުފޮށި ކައިރީގައި ތިބެއެވެ. އެކަން ކުރަން ގިނަ ފަހަރު ތިބެނީ ކެމްޕޭންގައި މަސައްކަތްކޮށްފައިވާ މީހުންނެވެ. އެހެންކަމުން އެއަވަށަށް ނިސްބަތް ނުވާ މީހަކު އެވޯޓު ފޮއްޓަށް ވޯޓު ލާން އައިސްފިނަމަ އެކަން އެނގޭނެއެވެ. އެތަނުގެ ބޭރުގައި ވޯޓުލާން ކިއު ހަދައިގެން ތިބޭ މީހުންނަށްވެސް އެކަން އެނގޭނެއެވެ. އެހެންކަމުން މަކަރު ހަދައިގެން ވަގު ވޯޓެއް އެތަނަށް ލާން ދަތިވާނެއެވެ. ނާދިރު ޙާލަތެއްގައި ލެވުނަސް ލެވޭނީ ގިނަ ވެގެން ދެތިން ވޯޓެވެ.

މިދެންނެވި ވޯޓު ފޮއްޓަށް ރަށުން ބޭރުން ވޯޓުލާން ރީރަޖިސްޓަރވެފައި މީހަކު ހުރިނަމަ އެކަން އޮންނާނީ ގިނަ ފަހަރަށް ކުރީބައިގައި އެނގިފައެވެ. އެހެންކަމުން މާދުރު ހިސާބަކުން އައިސް މީހަކަށް ރީރަޖިސްޓަރ ވެގެންނޭ ބުނެ އޮޅުވާލައިގެން ލެވޭނެ ވޯޓެއް ނޯންނާނެއެވެ.

އަޅުގަނޑު ވޯޓުލުމަށް ރީރަޖިސްޓަރކުރީ މާލޭގައި ހުންނަ ފުވައްމުލަކު މީހުން ވޯޓުލާން ހަމަޖެހިފައިވާ ދެ ފޮށީގެ ތެރެއިން އެއް ފޮއްޓަށެވެ. ކުރިން ދެންނެވި ރަށު ފޮއްޓަށް ސަމާލުވާ ފަދައިން، މިފޮށްޓަށްވެސް ސަމާލުވެގެން މީހުން ތިބޭނެއެވެ. އެހެންވީމާ ނާދިރު ޙާލަތެއްގައި އޮޅުވާލައިގެންވެސް ލެވޭނީ ހަމަ ދެތިން ވޯޓެވެ.

ދެން އޮތީ ރީރަޖިސްޓްރީވުމުގެ ތެރެއިން އޮޅުވާލާ ވާހަކައެވެ. އެކަން ކުރަން އުޅޭ ވާހަކަ އެބަ އިވެއެވެ. އެކަމަކު އެއީ ހުއްޓުވޭނެ ކަމެކެވެ. އެކަމުގައި އޮތީ ފަރުދީ ޒިންމާ އަދާކުރުމެވެ. ކޮންމެ މީހަކުވެސް ރީރަޖިސްޓަރކުރުމަށްފަހު ރީރަޖިސްޓަރވިތޯ ޗެކް ކުރަން ޖެހެއެވެ. އެސްއެމްއެސް ކޮށްގެން ރީރަޖިސްޓަރވިތޯ ޔަޤީންކުރާށެވެ. ނުވަންޏާ ތިން ހަތަރު ފޯމުވެސް ލާންވީއެވެ. ރީރަޖިސްޓަރވަންދެން ފޯމު ލާނީއެވެ. ކޮންމެ ފޯމެއްގެ ފޮޓޯ ނަގަންވާނެއެވެ.

ރީރަޖިސްޓަރކޮށްފައިވާ މީހުން ވޯޓުލާ ދުވަހު އެހެން ތަނަކަށް އިލެކްޝަންސް ކޮމިޝަނުން ރަޖިސްޓްރީ ބަދަލުކޮށްފިނަމަ، އެކަން ކުރިކަމުގެ ހެކި އޭރުން ހުންނާނެއެވެ. ގައިމު ހާހަކަށްވުރެ ގިނަ މީހުންގެ ރަޖިސްޓްރީ ވެއްޖެނަމަ ގޯހެއް އުޅޭކަން އެއޮތީ އެންމެންނަށް ފެންނާށެވެ. އެފަދަ ޙާލަތެއްގައި ރައްޔިތުން މަޑަކުން ނުތިބޭނެއެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން އެފަދަ ގޯހެއް ހަދާނެކަމަށް ނުބެލެވެއެވެ. ރައީސް ޔާމީނާއި ޕީޕީއެމްއަށް ފަހިވާ ގޮތަށް ކިތަންމެ ކަމެއް ކުރިޔަސް، ރައްޔިތުން ބަސް ބުނާ ދުވަހު އިލެކްޝަންސް ކޮމިޝަން އަހާނީ ރައްޔިތުންގެ ބަހެވެ. އެދުވަހަކީ ނުފޫޒުން އެއްކިބާވެ، މިނިވަންވުމަށް އިލެކްޝަންސް ކޮމިޝަނަށްވެސް ލިބޭ ފުރުސަތެވެ.

ރައްޔިތުން ބަސްބުނުމުން ފުލުހުންނާއި ސިފައިންވެސް އެބަސް އަޑު އަހާނެއެވެ. ރައްޔިތުންގެ ބަހަކީ ސަލާމަތީ ޚިދުމަތްތަކަށްވެސް މިނިވަންވާން ލިބޭނެ ފުރުސަތަކަށް ވާނެއެވެ.

މި އިންތިޚާބު މިނިވަން ނުވިޔަސް، އިންތިޚާބުގެ ނަތީޖާ އަނބުރައެއް ނުލެވޭނެއެވެ. މޮޅުވާ ބަޔަކު މޮޅުވާނީ އެހާ ބޮޑު ތަފާތަކުންކަމަށް ބެލެވެއެވެ. ރައްޔިތުން ބަލައިގަންނަނީ ރައީސް ޔާމީންގެ 'ތަރައްޤީ'ތޯ ނުވަތަ އިބްރާހިމް މުހައްމަދި ސޯލިޙްގެ 'ޖަޒީރާ ރާއްޖެ'ތޯ އެދުވަހަކުން އެނގޭނެއެވެ. ނަތީޖާ އޮޅުވައެއް ނުލެވޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބު ކާމިޔާބު ކުރެއްވީވެސް އިބޫ، ހުވައި ކުރެއްވީވެސް އިބޫ!

އިންތިޚާބު ކާމިޔާބު ކުރެއްވީވެސް އިބޫ، ހުވައި ކުރެއްވީވެސް އިބޫ!

17 ނޮވެމްބަރު 2018
އިންތިޚާބު އޮބްޒާވްކުރަން 21،000 ލޯ، ދެން ޕީޕީއެމް އިން ކޮން ވާހަކައެއް!

އިންތިޚާބު އޮބްޒާވްކުރަން 21،000 ލޯ، ދެން ޕީޕީއެމް އިން ކޮން ވާހަކައެއް!

16 އޮކްޓޯބަރު 2018
އިންތިޚާބުން ފެނުނީ ދިވެހިންގެ ކެތްތެރިކަން

އިންތިޚާބުން ފެނުނީ ދިވެހިންގެ ކެތްތެރިކަން

25 ސެޕްޓެމްބަރު 2018
ރިޔާސީ އިންތިޚާބު: ފުވައްމުލަކު ރައްޔިތުން ގޮތެއް ނިންމައިފި!

ރިޔާސީ އިންތިޚާބު: ފުވައްމުލަކު ރައްޔިތުން ގޮތެއް ނިންމައިފި!

22 ސެޕްޓެމްބަރު 2018
އިންތިޚާބުގެ ކެމްޕެއިނަށް ނުވަމަސް، 132 ކެނޑިޑޭޓުން މަރާލައިފި

އިންތިޚާބުގެ ކެމްޕެއިނަށް ނުވަމަސް، 132 ކެނޑިޑޭޓުން މަރާލައިފި

30 ޖޫން 2018

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު