Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބޮއިކޮޓްކުރުމުގެ ކެމްޕޭން

އިސްރާއީލަށް ތާޢީދުކުރާ ބްރޭންޑްތައް ބޮއިކޮޓް ކުރުމުގެ އަޑު ގަދަވެ، ވިޔަފާރި %70 ދަށަށް!

ބައެއް ކުންފުނިތަކަކީ އިޒްރޭލާއެކު މާލީ ގުޅުންތައް އޮންނަ ނުވަތަ އިޒްރޭލުގައި އިންވެސްޓްވެސް ކޮށްފައި ވާ ކުންފުނިތައް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2023 | ބުރާސްފަތި 09:49
ހަނގުރާމައާއެކު އިސްރާއިލަށް މަދުދޭ ބްރޭންޑްތައް ބޮއިކޮޓްކުރަން އަންނަނީ ގޮވާލަމުން

ހަނގުރާމައާއެކު އިސްރާއިލަށް މަދުދޭ ބްރޭންޑްތައް ބޮއިކޮޓްކުރަން އަންނަނީ ގޮވާލަމުން

މިޞްރުގެ ވެރިރަށް ޤާޚިރާގައި ހިންގާ މެކްޑޮނާލްޑްސްއަށް ވެރިވެފައި އޮތީ ފަޅުކަމެވެ. އެތާ ތިބިހާވެސް ބަޔަކީ، މޭޒުތައް ސާފުކޮށް، ތަން ބެލެހެއްޓުމުގެ މަސައްކަތުގައި އުޅުނު މުވައްޒަފުންނެވެ. މިޞްރުގައި ހިންގާ، ހުޅަނގަށް ނިސްބަތްވާ ކާބޯތަކެތި ވިއްކާ ހުރިހާ ތަނެއްގެ އަދުގެ ޙާލަކީވެސް ހަމަ އެއީއެވެ. ޤާޚިރާގައި ހިންގާ، ހުޅަނގުގެ ފާސް-ފުޑް ޖޮއިންޓްތައް އޮންނަނީ ފަޅަށެވެ. ދިރުމެއް ނެތި، މަރުވެފައެވެ.

މި ހުރިހާ ކަމެއް ގުޅެނީ ޔަހޫދީ އިޒްރޭލުން ޣައްޒާގައި ހިންގަން ފެށި ޤަތުލުޢާންމާއެވެ. އެމެރިކާއާއި ހުޅަނގުގެ ލޯތަކަށް އެ ޖަރީމާ ނުފެންނާތީއެވެ. އޮކްޓޯބަރު 7 ވަނަ ދުވަހު ހިންގަން ފެށި ޤަތުލުޢާންމަކީ، އިޒްރޭލަށް ތާޢީދު ކުރާ މީހުން ޤަބޫލު ކުރާ ގޮތުގައި ނަފުސު ދިފާޢު ކުރުމުގެ ޙައްޤު ލިބިގަތުމެވެ. ނަތީޖާއަކަށް ވީ، މެދުއިރުމަތީގައި އިސްލާމުންގެ އަޣުލަބިއްޔަތު އޮންނަ މިޞްރާއި ޢުރުދުން ފަދަ ޤައުމުތަކުގައި ހުޅަނގުގެ ބްރޭންޑްތައް ބޮއިކޮޓް ކުރުމުގެ ވަރުގަދަ ކެމްޕޭންތައް ހިންގަން ފެށުމެވެ. ހުޅަނގުގެ ބްރޭންޑްތައް ބޮއިކޮޓް ކުރުމުގެ ކެމްޕޭންތައް މިހާރު ވަނީ ކުވައިތާއި މޮރޮކޯ ފަދަ، ޢަރަބި އެހެން ޤައުމުތަކަށްވެސް ފެތުރިފައެވެ.

އެ ބަޔަކާ ދެކޮޅަށް ބޮއިކޮޓް ކެމްޕޭން ޢަމާޒު ކޮށްފައި ވާ ބައެއް ކުންފުނިތަކަކުގައި، ފާޅުގައި އިޒްރޭލަށް ތާޢީދުކުރާ ކުންފުނިތަކެކެވެ. ބައެއް ކުންފުނިތަކަކީ އިޒްރޭލާއެކު މާލީ ގުޅުންތައް އޮންނަ ނުވަތަ އިޒްރޭލުގައި އިންވެސްޓްވެސް ކޮށްފައި ވާ ކުންފުނިތަކެކެވެ.

އިޒްރޭލަށް ކުރާ ތާޢީދުގެ ސަބަބުން އެ ބައެއްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ސޯޝަލް މީޑިއާގައި ގޮވާލާފައި ކުންފުނިތަކާއި ބްރޭންޑްތަކުގެ ލިސްޓު ދަނީ ދިގުވަމުންނެވެ. ނަތީޖާއަކަށް ވަނީ، އެ ފަދަ ކުންފުނިތަކާއި ބްރޭންޑްތައް ދޫކޮށް، ދޭސީ ބްރޭންޑްތަކަށް ކަސްޓަމަރުންގެ އިޚުތިޔާރު ބަދަލު ކުރުމެވެ.

މިޞްރަކީ އެ ޤައުމުގެ ވެރިކަމުގެ ނިޒާމުގައި އޮތް ހަރުކަށި ކަމުގެ ސަބަބުން، މަގުތަކަށް ނުކުމެ ހަރުއަޑުން މުޒާހަރާތައް ކުރުމުގެ ފުރުޞަތު ހަނި ޤައުމެކެވެ. އެފަދަ ޙާލެއްގައި ޤައުމު އޮތް އިރު، ބޮއިކޮޓް ކުރުމުގެ ކެމްޕޭން ފުޅާކޮށް، ވަރުގަދަ ކުރުމަކީ، ރައްޔިތުންގެ އަޑު އެންމެ ބާރަށް އިއްވެން އޮތް ގޮތް ކަމަށް މިޞްރުގެ ބައެއް މީހުން ޤަބޫލު ކުރެއެވެ.

އިޒްރޭލަށް ތާޢީދު ކުރާ ބައިނަލްއަޤުވާމީ ބްރޭންޑްތައް ބޮއިކޮޓް ކުރުމާ އެއްކޮޅަށް މަސައްކަތް ކުރާ ޢުރުދުންގެ ބައެއް މީހުން، މެކްޑޮނާލްޑްސްއާއި ސްޓްރބަކްސްގެ އައުޓްލެޓްތަކަށް ވަންނާތީ ފެނެއެވެ. ފަހަރެއްގައިވެސް ޚިދުމަތް ހޯދާކަށް ނޫނެވެ. ނަމަވެސް، އެތަންތަނަށް ޚިދުމަތް ހޯދަން ވަދެ ތިބޭ، މަދު ކަސްޓަމަރުންގެ ޚިޔާލު ބަދަލުކޮށް، އެހެން ދިމާއަކަށް އެމީހުން ފޮނުވާލުމުގެ ބޭނުމުގައެވެ. އިޒްރޭލުގެ ސިފައިން ޔުނީފޯމް ދޮންނަން ބޭނުން ކުރާ މަޝްހޫރު ބްރޭންޑެއް ބޮއިކޮޓް ކުރަންވެސް، ދައުރުވި ވީޑިއޯއެއް ބެލި މީހުން ވަނީ ގޮވާލާފައެވެ.

ޢުރުދުން ދޫކޮށް، ކުވައިތަށް ޖެހިލަމާ ހިނގާށެވެ. އެއީ އަންގާރަ ދުވަހުގެ ރޭގަނޑުވެ ވަގުތެވެ. ސްޓަރބަކްސް، މެކްޑޮނާލްޑްސް އަދި ކޭއެފްސީ ހިމެނޭހެން 7 އައުޓްލެޓެއް ބަލާލިއިރު، އެ ހުރިހާ ތަނެއްވެސް އޮތީ މުޅިންހެން ފަޅުވެފައެވެ. މީޑިޔާއާއި އޭނާގެ ވަނަވަރު ހިއްސާކުރަން އިންކާރު ކުރި ސްޓަރބަކްސް މުވައްޒަފަކު ބުނި ގޮތުގައި، އެމެރިކާގެ އެހެން ބްރޭންޑްތަކަށްވެސް މިހާރު ވަނީ ނޭދެވޭ އަސަރު ފޯރަން ފަށާފައެވެ.

މޮރޮކޯގެ ރަބާތުގައި ހިންގާ ސްޓަރބަކްސް އައުޓްލެޓެއްގައި މަސައްކަތް ކުރާ މީހަކު ކިޔައިދިން ގޮތުގައި، ހަފުތާއެއްގެ ތެރޭގައިވެސް ކަސްޓަމަރުންގެ ޢަދަދުތައް ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. އެ މުވައްޒަފުވެސް އަދި ސްޓަރބަކްސް ކުންފުނިންވެސް ސީދާ ޢަދަދުތައް ހާމައެއް ނުކުރެއެވެ.

ދިފާޢަށް ކުޅެން ތެދުވި އެއް ކުންފުންޏަކީ ދިވެހިންގެ މެދުގައިވެސް ބޮޑު  މަޤުބޫލު ކަމެއް ހޯދާފައި އޮންނަ މެކްޑޮނާލްޑްސްއެވެ. މެކްޑޮނާލްޑްސް ކުންފުނިން ހުސްވި މަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، "ހިނގަމުންދާ ހަމަނުޖެހުންގަނޑުގައި އެ ކުންފުނީގެ ރަޢުޔު އޮތް ގޮތާ މެދު ފެތުރެމުންދާ ކުށް ހީތަކާއި މެދު އިންތިހާއަށް ހިތާމަ ކުރާ ކަމަށެވެ". އަދި އެ ކުންފުނީގެ ދޮރުތައް ވަނީ، ހުރިހާ އެންމެނަށްޓަކައި ހުޅުވާލެވިފައި ކަމަށްވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ. މިޞްރުގައި ހިންގާ ބްރާންޗުން، 20 މިލިއަން މިޞްރު ޕައުންޑް ނުވަތަ ގާތްގަނޑަކަށް 650000 އެއްހާ އެމެރިކާ ޑޮލަރު، އެހީގެ ގޮތުގައި ޣައްޒާއަށް ދިނުމަށް ވަޢުދު ވެފައި ވާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ބޮއިކޮޓް ކެމްޕޭނާއި ގުޅިގެން ސްޓަރބަކްސްއިން ސީދާ ވަކި އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އޮކްޓޯބަރ މަހު އެކުންފުނީގެ ވެބްސައިޓަށް ގެނައި ބަދަލަކާއެކު، އެ ކުންފުންޏަކީ އެއްވެސް ޙާލެއްގައި ސިޔާސީ ޖަމިއްޔާއެއް ނޫން ކަމަށް ބަޔާންކޮށްފައި އޮތެވެ. އަދި އިޒްރޭލުގެ ސަރުކާރާއި އަސްކަރިއްޔާއަށް އެހީ ފޯރުކޮށްދޭ ކަމަށް އަމާޒު ކުރި ތުހުމަތުތަކަށް އިންކާރުވެސް ކޮށްފައިވެއެވެ.

އިޒްރޭލުން މިހާރު ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ޢާންމުކުރި ޕޯސްޓެއްގެ މައްސަލައިގައި، ކުންފުނީގެ މަސައްކަތްތެރިންގެ އިއްތިހާދާ ދެކޮޅަށް، ސްޓަރބަކްސް ކުންފުނިން ދަޢުވާ އުފުލާފައި ވާ ކަމަށް ޚަބަރު ލިބެއެވެ.

ހުޅަނގުގެ މަޝްހޫރު ބްރޭންޑްތަކާއި ކުންފުނިތަކާ ދެކޮޅަށް އިސްލާމީ ޤައުމުތަކުން ފަށާފައި ވާ ބޮއިކޮޓް ކެމްޕޭނާ ގުޅިގެން ސުވާލު ކުރުމުން އިޖާބައެއް ދީފައި ނުވާ  ކަމަށް، ރޮއިޓާޒް އިން ބުނެއެވެ.

މީޑިއާގައި ނަން ނުޖެހުމަށް ޝަރުތުކޮށް، މެކްޑޮނާލްޑްސް މިޞްރުގެ ކޯޕަރޭޓް އޮފީހުން ވާހަކަދެއްކި މުވައްޒަފަކު ވަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު، މިއަހަރުގެ އޮކްޓޯބަރުމަހާއި ނޮވެމްބަރު މަހުގެ ވިޔަފާރި އާމްދަނީ، 70 ޕަސެންޓް ދަށަށް ގޮސްފައި ވާ ކަން ހާމަކޮށްފައެވެ.

ބޮއިކޮޓް ކެމްޕޭންގެ އަޑު އިންތިހާއަށް ގަދަވަމުން ދިޔަ ނަމަވެސް، ބައިނަލްއަޤުވާމީ މައިދާނުގައި އެންމެ ނުފޫޒު ގަދަ ޢަރަބި ޤައުމުތައް ކަމަށް ވާ ސަޢުދީ ޢަރަބިއްޔާ އަދި އެކުވެރި ޢަރަބި ޢިމާރާތް ފަދަ ޤައުމުތަކުން ކެމްޕޭންގެ މަންޒަރުތައް މާ ބޮޑަކަށް ނުފެނެއެވެ.

އިޒްރޭލްފަލަސްތީނުޣައްޒާދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު