Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުސްނުއް ސުއޫދު

ރާއްޖޭގެ އަދްލު އިންސާފްގެ އިތުބާރު ގެއްލިފައި ވަނީ ޖޭއެސްސީ ސިޔާސީވެފައި އޮތުމުން: ސުއޫދު

31 އޯގަސްޓު 2017 | ބުރާސްފަތި 15:58

ފަނޑިޔާރުންގެ ސުޅޫކް ރަނގަޅު ކުރަން ޖެހޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 31 އޯގަސްޓު 2017 | ބުރާސްފަތި 15:58
ޤާނޫނީ ވަކީލް ހުސްނުއް ސުއޫދު

ޤާނޫނީ ވަކީލް ހުސްނުއް ސުއޫދު

ރާއްޖޭގެ އަދުލު އިންސާގެ އިތުބާރު ގެއްލިފައި ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ސިޔާސީ ވެފައި އޮތުމުން ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ޤާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެވެ.

ޖުޑިޝަރީ އިސްލާހް ކުރުމަށް ނުކުންނެވި 56 ވަކީލުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ ސުއޫދު ވިދާޅުވީ ރާއްޖޭގައި އަދުލު އިންސާފް ޤާއިމް ކުރުމަށް ގޮން ޖެހުންތަކެއް އެބަހުރި ކަމަށާއި އެންމެބޮޑު ގޮންޖެހުމަކީ ފަނޑިޔާރުންގެ ސުލޫކް ބަހައްޓާ ގޮތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިތުބާރު ގެއްލޭއިރު ސުލޫކް ރަނގަޅު ކުރުމަށް ޖޭއެސްސީން މަސައްކަތް ނުކުރުމަކީ އެންމެބޮޑު ގޮންޖެހުން ކަމަށް ސުއޫދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސުއޫދު ވިދާޅުވީ އެއީ ޖޭއެސްސީ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައި އޮތުން ކަމަށާއި އެކަން އެހެން ވެފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެންބަރުން އެކޮމިޝަންގައި ތިއްބެވުމުން ކަމަށެވެ.

ސުއޫދު ވިދާޅުވީ ޖޭއެސްސީ އަށް ބަދަލު ތަކެއް ގެންނަން ޖެހޭ ކަމަށާއި އަޅަން ޖެހޭ ފިޔަވަޅު އަޅަން ކެރޭ ފަދަ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ޖޭއެސްސީ ހަދަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ފަނޑިޔާރުންގެ އިލްމީ ފެންވަރު ރަނގަޅު ކުރަން ޖެހޭ ކަމަށާއި އަލަށް ހެދޭ ޤާނޫނު ތަކަށް ފަނޑިޔާރުން އަހުލުވެރި ކުރުވަން ޖެހޭ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

އެގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރި ކުރުވަން ޖެހޭ ކަމަށާއި ރަށްރަށުގެ މެޖިސްޓްރޭޓުންނަށް ޖިނާއީ އިޖުރާއަތު ނޭނގޭތީ ވެސް ރައްޔިތުންެގެ ހައްގުތަކެއް ގެއްލޭ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

އަދި ކޯޓުތަކަށް ފަނޑިޔާރުން މަދުކަމަށާއި ބައެއް ކޯޓުތަކުގައި ބޭނުންވާ ވަރަށް ވުރެ އިތުރަށް ފަނޑިޔާރުން ތިއްބެވިއިރު ބައެއް ކޯޓުތަކަށް ފަނޑިޔާރުން މަދުކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ވެސް އިންނެވި ސުއޫދު ވިދާޅުވީ ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށް އޮތް ގޮންޖެހުންތަކުގެ ތެރޭގައި ޤާނޫނު އަސާސީ ތަންފީޒް ނުކުރުން ހިމެނޭ ކަމަށާއި ގާނޫނު އަސާސީ ތަންފީޒް ނުވަނީ ތަންފީޒް ކުރުމުގެ ރޫހެއް އެއްވެސް ފަރާތެއްގެ ނެތީމާ ކަމަށެވެ. ޤާނޫނު އަސާސީއަކީ އެންމެން އަމަލް ކުރަން ޖެހޭ އެއްޗެއްކަން ޤަބޫލް ނުކުރެވެނީ ކަމަށާއި އަމިއްލައެދުން ހާސިލް ކުރުމަށް ނުވަތަ ސިޔާސީ މަސްލަހަތެއް ހާސިލް ކުރުމަށް ޤާނޫނީ އިޖުރާއަތު ތަކަށް އިހްތިރާމް ނުކުރަނީ ކަމަށެވެ. އޭގެ ބަދަލުގައި އެންމެންގެ މަސްލަހަތު ކުރިއަށް ނެރެގެން ނޫނީ ރަނގަޅު ނުކުރެވޭނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ އަދްލު އިންސާފް ޤާއިމް ކުރުމަކީ އެންމެންގެ މަސްލަހަތު އެކަމުގައި އޮތްކަން ޤަބޫލް ކޮށްގެން ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން އެގޮތަށް ގަބޫލު ނުކުރާނަމަ އެމީހަކު އުޅޭނީ އެމީހަކަށް ފެންނަ ގޮތަކަށް ކަމަށެވެ.ޤާނޫނު އަސާސީއަކީ ޤައުމުގެ މަސްލަހަތު އެއްހަމައެއްގައި ހިފަހައްޓާ އެއްޗެއް ކަމަށާއި އެކަން ކުރުމަކީ ދައުލަތުގެ ހުރިހާ ފަރާތެއްގެ ޒިންމާއެއް ކަމަށް ސއޫދު ވިދާޅުވިއެވެ.

ސުޢޫދު ވިދާޅުވީ ފޮތުގައި އޮތް ގޮތަށް ރައްޔިތުންނާމެދު ޢަމަލް ކުރެވޭނެ ކަމަށާއި ޙައްޤުތައް ލިބޭނެކަން ކަށަވަރު ކުރެވެން ޖެހޭނެ ކަމަށެވެ. އެކަން ކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ އާއި ހިސާބުން ފެށިގެން އެންމެ އާދައިގެ އޮފީހުގެ ކައުންޓަރުގައި އިންނަ ކުއްޖެއްގެ ވެސް ޒިންމާއެއް ކަމަށެވެ.

ސުއޫދު ވިދާޅުވީ ދުސްތޫރީ ފަސާނާގެ މަސައްކަތަކީ ވަރަށް ރަނގަޅު އިސްނެގުމެއް ކަމަށާއި އެއީ ޤާނޫނީ ދާއިރާގައި ހުރި މައްސަލަތައް އާއްމުންނަށް އަންގައިދިނުން ކަމަށެވެ. އަދި އެކަމުގެ މަންފާ ކޮންމެ ރައްޔިތަކަށް ވެސް ކުރާނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ބިރު ދައްކައިގެން ޕީޕީއެމަށް މެމްބަރުން ހޯދާ މީހުން އިންސާފްގެ ކުރިމައްޗަށް ގެންނާނަން: ޝަމީމް

23 ފެބުރުއަރީ 2017
 ބިރު ދައްކައިގެން ޕީޕީއެމަށް މެމްބަރުން ހޯދާ މީހުން އިންސާފްގެ ކުރިމައްޗަށް ގެންނާނަން: ޝަމީމް
22 ފެބުރުއަރީ 2017

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން

22 ފެބުރުއަރީ 2017
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް