Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައްޖު 1438

ޙައްޖު ޚުތުބާ: މަޒްހަބީ ޚިލާފުތަކާއި މުޖުތަމައުގެ ފަސާދައިން ދުރުވޭ

ހަރުކަށި ތަކްފީރީ ޚިޔާލުތައް ދޫކޮށްލުމަށް ގޮވާލެއްވި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 31 އޯގަސްޓު 2017 | ބުރާސްފަތި 13:58
ޝައިޚް ޑޮކްޓަރ ސަޢްދު ބިން ނާސިރު ބިން އަބްދުލްއަޒީޒް އައްޝަތްރީ ޚުތުބާ ދެއްވަނީ

ޝައިޚް ޑޮކްޓަރ ސަޢްދު ބިން ނާސިރު ބިން އަބްދުލްއަޒީޒް އައްޝަތްރީ ޚުތުބާ ދެއްވަނީ

މުސްލިމުންގެ މެދުގައި އުފެދިފައިވާ މަޒްހަބީ ޚިލާފުތައް ނައްތާލައި، މުޖްތަމައުގެ ފަސާދައިން ދުރުވުމަށް ޙައްޖު ޚުތުބާގައި ނަސޭޙަތްތެރިވެއްޖެއެވެ.

ބުރާސްފަތި ދުވަހު އަރަފާތު ބިމުގައި މި އަހަރުގެ ޙައްޖު ޚުތުބާ ދެއްވަމުން، ޝައިޚް ޑޮކްޓަރ ސަޢްދު ބިން ނާސިރު ބިން އަބްދުލްއަޒީޒް އައްޝަތްރީ ވަނީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އޯގާތެރިވުމަށާއި، އިޚުތިރާމް ކުރުމަށް ނަސޭހަތްތެރި ވެލައްވާފައެވެ. އަދި އަސްލު އިސްލާމް ދީނުގެ ނަމުގައި މުސްލިމުންގެ ތެރޭގައި ފެތުރެމުންދާ ހަރުކަށި ތަކްފީރީ ޚިޔާލުތައް ދޫކޮށްލުމަށާއި، ދީނުގެ ނަމުގައި އެކި ކަންކަމުގައި ހަރުކަށި ނުވުމަށާއި ދީނީ ކަންކަމުގައި މެދުމިން އިޚްތިޔާރު ކުރުމަށް ޝައިޚް ގޮވާލެއްވިއެވެ. އަދި މި ހަރުކަށި، ލާއިސްލާމީ ވިސްނުންތަކުގެ ސަބަބުން މުސްލިމުންގެ މެދުގައި އުފެދިފައިވާ މަޒްހަބީ އަދި ތާއިފީ ޚިލާފްތަކުން ދުރުވެ، އިސްލާމީ އުއްމަތުގެ މުޖްތަމަޢުތައް ފިތުނަ އާއި ފަސާދައިން ސަލާމަތް ކުރުމަށް ހުރިހާ މުސްލިމުންނަށް ޝައިޚް އިލްތިމާސް ކުރެއްވިއެވެ.

އިސްލާމީ ދުނިޔޭގެ އަމަން އަމާންކަން ނަގައިލުމަށް، އެކި ނަންނަމުގައި މުސްލިމުންގެ ތެރެއިން އެކި ފަރާތްތަކާއި، އެހެނިހެން ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތަކަކީ އިސްލާމް ދީނުގައި ހަރުކަށިކޮށް ނަހީ ކުރައްވާފައިވާ ކަންތައްތައްކަން ހަނދާން ކޮށްދެއްވާ، ޝައިޚް ވަނީ އިސްލާމް ދީނުގައި މުސްލިމުންގެ ރައްކާތެރިކަމާއި އަމަނާއި ސަލާމަތަށް ދެއްވާފައިވާ އަހައްމިއްޔަތު ފާހަގަ ކުރައްވާފައެވެ.

ފަލަސްޠީނުގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތައް ކުށްވެރި ކުރައްވާ، މުސްލިމުންގެ އެންމެ މުޤައްދަސް ބިންތައް ކަމުގައިވާ މައްކާ އާއި މަދީނާ ފަދައިން ހަމަ އެފަދަ ޤަދަރެއް ލިބިފައިވާ މަސްޖިދުލް އަޤްސާވެސް މާތް ﷲ ރައްކާތެރި ކުރައްވާނެ ކަމަށް ޝައިޚް ވިދާޅުވިއެވެ. ހަމަ މިއާއި އެކު ޔަހޫދީން ނިގުޅައިގެންފައިވާ ފަލަސްޠީނު ރައްޔިތުންގެ ހައްޤުތައް ހިމާޔަތް ކުރުމަށް އިސްލާމީ މުޖުތަމައުގެ މައްޗަށް އޮތް ޒިންމާއަށް ޝައިޚް އަލިއަޅުއްވާލެއްވިއެވެ.

ކީރިތި ރަސޫލާ (ސލވ)ގެ ދުވަސްވަރު ހައްޖަތުލްވަދާއުގައި އެކަލޭގެފާނު ހައްޖުކުރެއްވި ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި ޝައިޚް ވަނީ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތަކީ އެކަލޭގެފާނު މުސްލިމުންނަށްޓަކައި ދޫކުރެއްވި އެއްޗެއްކަން ހަނދުމަކޮށްދެއްވާ، އެއާއި އެއްގޮތަށް އަމަލުކުރުމަށް ހުރިހާ މުސްލިމުންނަށް ގޮވާލައްވާފައެވެ.

ޙައްޖާއި އަރަފާތު ދުވަހުގެ މާތްކަމަށް އަލިއަޅުވާލައްވައި، ޝައިޚް ވަނީ މަބްރޫރު ހައްޖެއް ކޮށްފި މީހަކަށް ސީދާ ސުވަރުގެ ދެއްވާނެކަން ކީރިތި ރަސޫލާ އަންގަވާފައިވާކަން ހަނދުމަކޮށްދެއްވައި، އަރަފާތު ބިމުގައި ތިބެ އެއްކައުވަންތަ ﷲ އަށް ދުޢާކޮށް އަސްތަޣްފާރުކޮށް އިބްތިހާލްވުމަށް އިލްތިމާސް ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

22 އޯގަސްޓު 2017

އުއްތަމަ ފަނޑިޔާރު ބެންގަލޫރަށް ފުރާވަޑައިގަންނަވަނީ؟ އެނބުރި ވަޑައިގަންނަވާނީ ރައީސްގެ ޙައްޖު ދަތުރުފުޅަށް ފަހު!

22 އޯގަސްޓު 2017
އުއްތަމަ ފަނޑިޔާރު ބެންގަލޫރަށް ފުރާވަޑައިގަންނަވަނީ؟ އެނބުރި ވަޑައިގަންނަވާނީ ރައީސްގެ ޙައްޖު ދަތުރުފުޅަށް ފަހު!
11 އޯގަސްޓު 2017

ރާއްޖެ ވަނީ ހެޔޮލަފާ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތް ކުރަން ޖެހިފައި: ޚުތުބާ

11 އޯގަސްޓު 2017
ރާއްޖެ ވަނީ ހެޔޮލަފާ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތް ކުރަން ޖެހިފައި: ޚުތުބާ
04 އޯގަސްޓު 2017

މަބްރޫރު ޙައްޖުގެ ސަވާބަކީ ސުވަރުގެ: ޚުތުބާ

04 އޯގަސްޓު 2017
މަބްރޫރު ޙައްޖުގެ ސަވާބަކީ ސުވަރުގެ: ޚުތުބާ
07 ޖުލައި 2017

ސިހުރު ހަދާމީހާ ގަތުލުކުރަންޖެހޭ: ޚުތުބާ

07 ޖުލައި 2017
ސިހުރު ހަދާމީހާ ގަތުލުކުރަންޖެހޭ: ޚުތުބާ
25 ޖޫން 2017

ރަމަޟާން މަހު ކުރި ހެޔޮ ކަންކަމުގެ ހަގީގީ ފައިދާ ލިބޭނީ ހެޔޮ އަމަލް ކުރުމުގައި ދެމިތިބެގެން:އީދު ޚުތުބާ

25 ޖޫން 2017
ރަމަޟާން މަހު ކުރި ހެޔޮ ކަންކަމުގެ ހަގީގީ ފައިދާ ލިބޭނީ ހެޔޮ އަމަލް ކުރުމުގައި ދެމިތިބެގެން:އީދު ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު