Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާސިމް ހައްޔަރުކުރުން

ޤާސިމް އިބްރާހިމްއަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ، ކުއްލިގޮތަކަށް ހައްޔަރުކޮށްފި

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށައެޅުމަށް 42 މެމްބަރުންގެ ސޮއި ހަމަކުރުމަށް ޤާސިމް މަސައްކަތްކުރާކަމަށް ތުހުމަތުކޮށްފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 21 އެޕްރީލު 2017 | ހުކުރު 00:25
ޤާސިމް އިބްރާހިމް ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިއުމަށް ލޯންޗަށް އަރުވަނީ

ޤާސިމް އިބްރާހިމް ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިއުމަށް ލޯންޗަށް އަރުވަނީ

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުއްލި ގޮތަކަށް ހައްޔަރު ކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިޜާގެ ކުރީގެ މެމްބަރު އަހުމަދު ސަމީރު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި އުޅުއްވުމަށްފަހު ގާސިމް ދިރިއުޅުއްވާ މ. މާފަންނުވިލާއަށް ވަޑައިގެންނެވިތަނާ ކުއްލިއަކަށް ފުލުހުން އައިސް ގާސިމް ހައްޔަރު ކުރީ ކަމަށެވެ. ބުރާސްފަތި ދުވަހުގެ ރޭ ގާތްގަނޑަކަށް 12 ޖަހާކަންހާއިރު ފުލުހުން މާފަންނުވިލާ އަށް ގޮސް ގާސިމް ތައްޔާރުވެލަން ކުޑަ ވަގުތުކޮޅެއް ދިނުމަށްފަހު ހައްޔަރުކޮށް ފުލުހުންގެ އުޅަދެއްގައި ގެންދެވީކަމަށް ސަމީރު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޤާސިމް ހައްޔަރުކުމަށް ނެރިފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ނަިއބް ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖިލީހަސް ހުށައެޅޭނީ މަޖިލީހުގެ 42 މެމްބަރުންގެ ސޮޔާއެކުގައި ކަމަށް މަޖިލީހުން ފާސްކުރުމާއި ގުޅިގެން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް 42 މެމްބަރުންގެ ސޮއި ހޯދުމަށް ޤާސިމް އިބްރާހިމް މަޖިލީހުގެ އެކި މެމްބަރުންނަށް ނުފޫޒު ފޯރުވަމުންގެންދާކަމަށެވެ. އަދި ޤާސިމް އިބްރާހިމް ޤާނޫނާއި ހިލާފަށް މަސައްކަތްތަކެއް ކުރާކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުއްބާރީ ޔޫސުފް ސޮއިކުރެއްވާފައިވާ ކޯޓު އަމުރުގައި އިތުރަށް ބުނެފައިވަނީ، ރާއްޖޭގެ ސަލާމަތީ ބާރުތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، ފަނޑިޔާރުންނަށް ނުފޫޒު ފޯރުމަށް ޤާސިމް އިބްރާހިމް މަސައްކަތްކުރައްވާކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި ފިތުނައާއި، ބިރުވެރިކަން އުފެއްދުމަށް މަސައްކަތްކުރަމުންދާކަމަށް ތުހުމަތުކުރެވޭތީއާއި، ޤާސިމް އިބްރާހިމް އިސްވެ ހުންނައިގެން މ. ކުނޫޒުގައި ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި އެކަންކަމަށް ބާރު ލިބޭގޮތަށް ވާހަކަދައްކަވަމުންގެންދަވާކަމަށެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ، އެ މައްސަލަތަކަކީ މިހާރު ތަހުޤީޤްކުރަމުންގެންދާ މައްސަލަތަކަކަށްވާއިރު، ޤާސިމް އިބްރާހިމް މުޖުތަމައުއަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަލައިގެ ތަހުޤީގަށް ހުރަސްއެޅޭނެކަމެއް ކަމަށެވެ. އަދި ޤާސިމް އިބްރާހިމް މުޖުތަމައުއަށް ދޫކޮށްފައި ބަހައްޓިފިނަމަ ނަމަ ހެކި ފޮރުވުމަށް މަސައްކަތްކޮށް، ހެކިދޭންތިބި މީހުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށެވެ. އޭގެއިތުރުން ޤާސިމް އިބްރާހިމް މުޖުތަމައުއަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ގާސިމް އިބްރާހީމްގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އަދި އަލްއުސްތާޒާ ހިސާން ހުސެއިން ވިދާޅުވީ ގާސިމް ހައްޔަރުކޮށްގެން ގެންދިޔައިރު އެމަނިކުފާނުގެ ގާނޫނީ ޓީމަށް މުވައްކިލް ގާސިމް އިބްރާހިމާ ބައްދަލުކުރަން ފުރުސަތު ދީފައި ނުވާ ކަމަށެވެ. ނަމަވެސް އެއީ ގާނޫނު އަސާސީ ލިބިދޭ ހައްގެއް ނިގުޅައިގަތުން ކަމަށްވެސް ގާނޫނީ ޓީމުން ވަނީ ހާމަކޮށްފައެވެ.

ފުލުހުންގެ ހުރަސްއެޅުންތަކާއެކުގައި ޤާނޫނީ ވަކީލުން ވަނީ ފަހުން، އަމިއްލަ ލޯންޗެއްގައި ދޫނިދޫއަށް ވަޑައިގެން ޤާސިމް އިބްރާހިމާ ބައްދަލުކުރައްވާފަ އެވެ.

ބައްދަލުވުމަށް ޤާނޫނީ ވަކީލުންނާއެކުގައި ދޫނިދޫއަށް ވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޤާސިމް އިބްރާހިމް އޮންނެވީ ކުރިންވެސް އޮންނެވި ގޮޅީގައި ކަމަށެވެ. އެގޮތުން ގޮޅިޔަކީ ވައި ދައުރުނުވާގޮތަށް ހުރި ގޮޅިއެއްކަމަސް ސަމީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ގޮޅީގައި ބާއްވާއިރު، އެއީ ކޯޓުގެ އެންގުމާއި ހިލާފުކަމެއް ކަމަށެވެ.

ސަމީރު ވިދާޅުވީ ޤާސިމް އިބްރާހިމް ހުންނެވީ ވަރަށް ހިތްވަރާއެކުގައި ކަމަށެވެ. އަދި ޤާސިމް އިބްރާހިމްގެ ސާބިތުކަމަށް އެއްވެސް ބަދަލެއް ނާންނަކަމަށް ސަމީރު ވިދާޅުވި އެވެ.

ގާސިމް ވަނީ މިމަހުގެ ހަވަނަ ދުވަހުވެސް ފުލުހުން ހައްޔަރު ކޮށްފައެވެ. އެ ފަހަރު އެމަނިކުފާނު ހައްޔަރު ކުރީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ގާނޫނާގައި ބުނެފައިވާ އިޖުރާތުތައް ފުރިހަމަ ނުކޮށް ކަމަށް ހައިކޯޓުގެ ޝަރީއަތުގައި ދައުލަތުން އެއްބަސްވެފައިވެ އެވެ. ގާސިމް ހައްޔަރު ކުރި މައްސަލަައިގައި އެމަނިކުފާނު ދޫކޮށްލަން ހައިކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ ގާސިމް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ގާނޫނާ ހިލާފު ބާތިލް އަމުރެއް ކަމަށެވެ.

ގާސިމް ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިޔައިރު ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރި ވެފައި ވެއެވެ. އަދި ގިނަ އަދަދެއްގެ އާއްމުންވެސް އެ ސަރަހައްދަށް ޖަމާވިއެވެ.

ގާސިމް އަކީ މިހާރު ހުކުމެއްގައި ނެތް ހަމައެކަނި އިދިކޮޅު ލީޑަރުކަން ފާހަގަ ކުރެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު